ފެބްރުއަރީ 01 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރިނަމަ ގައުމު ފާލުން ނެއްޓިގެންދާނެ ކަމަށް ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ހުސައިން ވަހީދު ވިދާޅުވެއްޖެއެވެ.
ހުސައިން ވަހީދު މިހެން ވިދާޅުވީ މިރޭ "ވަގުތު" އަށް ދެއްވި އިންޓަވިއުއެއްގައެވެ.
ހުސއިން ވަހީދު ވިދާޅުވީ ފުލުހުން ވެސް އަދި ކޮންމެ ބަޔަކު ވެސް އަމަލު ކުރަން ޖެހޭނީ ޤާނޫނީ އަމުރުތަކަށް ކަމަށާއި ފެބްރުއަރީ 01 ގައި އަމުރު ނެރުނީ ސުޕްރީމް ކޯޓުން ކަމުގައި ވީނަމަވެސް އެއަމުރަކީ ޤާނޫނީ އަމުރެއްތޯ ސުވާލު އުފެދޭ ޚިލާފުތަކެއް އެބަހުރި ކަމަށެވެ.
"ކުރުކޮށް ދަންނަވާނަމަ އެއަމުރު އޮތީ އަދުލް އިންސާފަށް ހުރަސް އެޅޭ ގޮތައް" ހުސައިން ވަހީދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ "ސުޕްރީމް ކޯޓަކީ އިޙްތިރާމް ލިބިގެންވާތަނެއް. އަދި އެކޯޓުގެ އަމުރުތައް ދިފާޢު ކުރުން އެންމެންގެ މައްޗަށް ލާޒިމުވޭ. ނަމަވެސް އެފަދަ ތަނަކުން ކޮށްފާނެ ކަމަށް ގަބޫލު ކުރަން އުނދަގޫ އަމުރެއް ނެރުނީ."
ހުސައިން ވަހީދު ވިދާޅުވީ ބައެއް ކަހަލަ ހުކުމް ތަކަކީ އެ ހުކުމަކަށް އަމަލު ކުރުމުން އާންމު މަސްލަހަތު ގެއްލިގެންދާ ފަދަ ހުކުމެއް ނަމަ އެ ހުކުމެއް އިސްތިއުނާފް ކުރުން ނުވަތަ އިލްތިމާސް ކުރުމަކީ ޒަމާނުންޒުރެ އަމަލު ކުރަމުންދާ ބެސްޓް ޕްރެކްޓިސް ކަމަށާއި ގާނޫނު ތަކުގައި ޖުމުލަ މަސްދަރަކީ އާންމު މަސްލަހަތު ކަމަށެވެ.
"އާންމު މަސްލަހަތައް އަސަރެއް ކޮށްފާނެފަދަ އަމަލެއް އެއްވެސް ތަނަކުން ކުރަން އަމުރު ކުރި ނަމަވެސް، އެ އަމުރެއްގެ ނަތީޖާ އަކީ ކޮބައި ކަން ދެނެގަނެ ފިޔަވަޅު އެޅުމުގެ ކުރިން ސާފުކުރަންޖެހޭ ކަންކަން ސާފުކުރަން ޖެހޭނެ." ހުސައިން ވަހީދު ވިދާޅުވިއެވެ.
ހުސެއިން ވަހީދު ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމުގައި ހުންނަވައިގެން އެފަދަ އަމުރެއް ތަންފީޒު ކުރައްވާނަންތޯ ސުވާލު ކުރުމުން އޭނާ ވިދާޅުވީ އެ އަމުރުގައި ބަލަންޖެހޭ ބައިވަރު ކަންކަން ހުރި ކަމަށެވެ. "އަޅުގަނޑެއް ނޫން އެއްވެސް ކޮމިޝަނަރަކު އެއަމުރަށް އަމަލު ކުރަން އަވަސް އަރުވާލައިގެން ކުރިއަކަށް ނުގެންދާނެ" ކަމަށެވެ.
އެ އަމުރުގެ ސަބަބުން ދިވެހި ވެއްޓަށް އައިސްދާނެ ނުތަނަވަސްކަމާ ނުރައްކާތެރި ކަމަށް ބަލާ އެ އަމުރު ތަންފީޒު ކުރުމުގެ ކުރިން މަޝްވަރާ ކުރަންޖެހޭ ފަރާތްތަކާ މަޝްވަރާ ކުރަންޖެހޭ. އަދި ހަމަ އެހެންމެ އެ އަމުރަން އަމަލުކޮށްފިނަމަ ދިމާވާނެ ކަންކަމާ ބެހެގޮތުން ވާހަކަ ދެއްކެން ޖެހޭނެ. އަދި އެ އަމުރު އެ އޮތް ގޮތަށް އޮއްވާ އެ އަށް އަމަލުކުރުން އަޅުގަނޑަކަށް ފަސޭހައެއް ނުވާނެ." ހުސައިން ވަހީދު ވިދާޅުވިއެވެ.
ހުސައިން ވަހީދު ވިދާޅުވީ ރާއްޖެ އަކީ މުސްލިމް ގައުމެއް ކަމަށާއި އިސްލާމް ދީނުގައި ވެސް އިސްކުރަނީ މަސްލަހަތު ކަމަށެވެ. "އެހެންކަމުން އަޅުގަނޑު ގަބޫލު ކުރަނީ އަމުރަށް އަމަލު ނުކުރުމަކީ ދީނީ ވާޖިބެއް" ކަމަށެވެ.
"ޤާނޫނީ ވަކީލުން ވެސް ގަބޫލު ކުރާނެ ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ އެއަމުރަކީ އަމަލު ކުރެވޭނެ އަމުރެއް ނޫން ކަން. ނަމަވެސް ހަމައެކަނި ޤާނޫނީ ވަކީލެއްގެ ސެޓްފިކެޓް އޮތް ވަކީލެއް ނަމަ ދަންނަވާނެ ވާހަކައެއް ނެތް." ހުސައިން ވަހީދު ވިދާޅުވިއެވެ.
ހުސައިން ވަހީދު ވަނީ ސުޕްރީމް ކޯޓުން ފެބްރުއަރީ 01 ގައި ނެރުނު އަމުރަށް ފަހު ފުލުހުންނާއި ސިފައިން އަމަލު ކުރެއްވި ގޮތައް ތައުރީފް ކުރައްވާފައެވެ.
"އަޅުގަނޑު ދިވެހި ފުލުހުންނާއި ސިފައިން އެރޭ އަމުރުގެ ކަންކަމުގައި އަމަލު ކުރެއްވި ގޮތައް ސެލިއުޓް ކުރަން. އެރޭ ފުލުހުން އެދެއްކެވީ ހުއްބުލް ވަތަނުގެ ވަރަށް ރީތި ނަމޫނާއެއް. އެކަމަށް އެފަރާތްތަކަށް އައްސަރިބަސް ދަންނަވަން." ހުސައިން ވަހީދު ވިދާޅުވިއެވެ.
ހުސައިން ވަހީދު ވިދާޅުވީ ސުޕްރީމް ކޯޓުގެ އަމުރާއި ގުޅިގެން ރައީސް ޔާމީން ވެސް އަމަލު ކުރެއްވީ ވަރަށް ފުރިހަމައަށް ކަމަށެވެ.
"ރައީސުލްޖުމްހޫރިއްޔާ އެހުތޫރަތްތެރި ދަނޑިވަޅުގައި އެގެންގުޅުއްވި ހިކުމަތު އަމަލީއަކީ ހިތްވަރުގަދަ ކަމާއި ގައުމުގެ ސަލާމަތްތެރިކަމަށް އެމަނިކުފާނު ބަހައްޓަވާ ސަމާލުކަން، ހުޝިޔާރުކަން އަދި ގައުމީ ލޯބީގެ އިންތިހާ." ހުސައިން ވަހީދު ވިދާޅުވިއެވެ.
ހުސައިން ތިޔަ ވިދާޅުވީ ރަނގަޅަށް .ހަގީގަތުގަ އެ އަމުރު ލިޔެ ޕޯސްޓްކުރީ ފަނޑިޠާރުން ކަމަކަށް ގަބޫލު ނުކުރެވޭ ކިތަންމެ ކަމެއް އެ އަމުރުން ދޭހަވޭ .އެ އަމުރެކޭ ނަސީދު ގޭބަންދުގަ ހުއްޓާ ނަސީދު މިނިވަން ކުރަންނެރުނު ލިއުމެކޭ ތަފާތެއްނެތް. އެލިއުން ބަޔަކު ލިޔެ އިންޓްނެޓަށް ލުމުން ދަޅަޖެހިފާތިބި ބަޔަކު އެއަށްއަމަލުކުރީ، ވީމާ އިތުރަށް ތަހުގީގު ފުޅާކުރަންޖެހޭ
ޜައީސްޔ ޔާމީން ލިޔެފަދޭ ހުކުމް ތަންފީޒް ކުރުން އެއީ ކޮންކަހަލަ ކަމެއްތޯ !!
ޤައުމު ހަމަ މަގަށް ގެނައުމަށް ސީޕީގެ މަޤާމް އަށް އަލުން ގެންނަން ގޮވާލަން.
ސޮރީ ދެން ނެއް ފުރުސަތެއް ތިހެން ވާވައްދައިގެން ވަރަށް ލަންޑު ދީފި ކިރިޔާ ވެރި މީހާ ސަލާމަތުން އެހުންނެވީ...
ޙައްޤުބަސް ވިދާޅުވުމުގައި އިސް ނެންގެވީތީ ހުސެންއަށް އައްސަރިބަހާއި ސާބަސް ރައްދުކުރަން. ވީ ސެލިއުޓް ޔޫ ޓޫ ސަރ
މައުމޫނު އާއި ގައުމަށް ގައްދާރުވެފައިވާ ދެ ހުކުމޭގެ މައްސަލަ ޕީޖީ އަށް ފޮނުވުމުން ޖެހޭނެއޭ ޕީޖީން އެކަން ރަނގަޅަށް ބަލާ އަވަހަށް އެމައްސަލަ ކޯޓަށް ފޮނުވަން. ތިޔާއީ ގައުމަށް ގައްދާރުވެފައިވާ ތިން މީހުން ކަމަށް ތުހުމަތު ކުރެވޭތީވެ އެކަން ޖެހޭނެ ލާރޖް ކޮށް ޖައްސަން. މިރާއްޖޭގެ ރައްޔިތުންގެ %85 ވޯޓް އިން ހޮވާފައިވާ ބިއުޓިފުލް އެން އޯސަމް އެން ފްލޯލެސް ވެރިކަމެއް އެންމެ މަތީ ކޯޓުގައި ތިބޭ ދެ ހުކުމޭ އަކު ބަގާވާތެއް ގެނެސްގެން ރަންރީނދޫ ބޮޑޭ އަތުން ކަޓް ކާލައިގެން ވެރިކަން ވައްޓާލަން އުޅުނަސް އެކަން އެހެން ނުވާނެ ކަން މިހާރު ތަމެން ރަންރީނދޫ ޓްވިޓަރޭ އަށް އިނގެންވާނެ އެއް ނޫން ތޭ ބިކޮޒް މަމެން ނަކީ މީ ދަ ހާކިމާއިންނޭ ތަމެން ތިޔާއީ ނޮން ހާކިމާއިންނޭ. އޯއް ކާންޓް ޔޫ ސީ ތަމެންގެ ނެތޭ އެއްވެސް ބާރެއް މިހާރު ރޭގަނޑު 10:30 ގައި ގެއަށް ވަންނަން ދެން ކުއްލި ނުރައްކަލުގެ ހާލަތު އުވާލާނީ ތަމެން މުޒާހަރާ ހުއްޓާލުމުންނޭ. އައި ކީޕް މޭކިންގް އިޓް އޮން ދިސް ވޭ ބޭބީ ބޭބީ ބޭބީ އޯއް ޕްލީޒް ގޯ ހޯމް އޯއް ކާންޓް..
ތިޔަވެސް އަދީބުގެ މީހެއް.. މަޤާމުގަ ހުރެގެން ލައްކަ ޖަރީމާ ހިންގީމަ ވަކިކުރީ ރައީސް.. މިހާރުދެން ސަރުކާރަށް ވައިޖަހަން ސަނާ މިކިޔަނީ އޮޅުވާލާފަ.
އަސްލު ތިޔައީ ހަގީގީވާހަކައެއް
ތީޔަ ބުނަނީ މީހާރު އަލީފުދާލުންނާއީ ތަންތަނުން ރާއްޖޭގެ ހާަތާމެދު ކަންބޮޑުވެ ގައުމުތަކުން ޓުރެވަލް އެޑުވައީޒަރީ ނެރެ ގައުމު ކުއްލީހާލަތައް ވައްޓާލީމަ ވެސް މީހާރު އަދީ ގައުމު އޮތީ ފާލުން ނުނައްޓާތޭ..
އިބްރަތްތެރި ވާހަކައެއް ތިފަދަ ތަޖުރިބާ ހުރި ބޭފުޅެއް ތިހެން ވިދާޅުވީމަ ވަރައް ގިނަ މީހުން ގަބޫލްކުރާނެ.
ހެއޮވިސްނޭ މި ގައުމާ މި ގައުމުގެ ދީން ދެކެ ޅޮބިވާ އެއްވެސް މީހެއް ނުބުނާނެ އެ ކުހުމަކީ ރަނގަޅުނިތްމުމެއްކަން ، މި ގައުމު ބަޔަކުމީހުންގެ އަމިއްލަ އެދުމަށް ހަލާކުގެ ތެރެއަށް ގަންބާލަން އުލުނަސް އަށްލޯހުގެ ރަހުމަތުން މި ގައުމު މިވަނީ ސަލާމަތް ވެފަ.
ގާނޫނަށް ތަބާނުވާށޭތަ މިބީތާބުނަނީ
ތިގޮތަށް ވެރިކަން ކުރެވޭނޭ މި ގައުމުގެ ކޮންމެ ފަރުދަކަށްވެސް. އެމީހެއްގެ ހުރިހާ އެނެމީސްއެއް ފުރަތަކަ ޖަލަށް އަޅާފަ ނުވަތަ މުޖުތަމައު އާއި އެކަހެރިކޮށްފަ.
ދެކޮޅަށް އެއްޗެއް ބުނަން ކެރޭވަރު މީހަކު ނެތް.
1 ފެބްރުއަރީ 2018 ގެ ސްޕްރީމް ކޯޓްގެ
އަމުރު ތަމްފީނުކޮށް ދޫކޮށްލެއްވުމަކީ ދިވެހިރާއްޖެއަށް ރައީސުލް ޖުމްހޫރިއްޔާ ކޮށް
ދެއްވި ވަރަށް މަތިވެރި ޖިހާދެއްކަން ކަށަވަރެވެ
އެ އަމުރު ތަމްފީޒް ކުރިނަމަ ދިވެހިރާއްޖޭގެ
މިނިވަންކަން ތާއަބަދަށް ގެއްލުނީސް ކަން ކަށަވަރެވެ
ސީޕީ ހުސެން މެން އަދިވެސް އެތިބީ ނަމޫނާ މީހުންގެ ގޮތުގަ. ދެން ރިޔާޒް އަށް ބުނެލަން އޮތީ ރިޔާޒު ހުރި ނަމަ ތިއަށް އަމަލު ކޮށްފާނޭ. ނަޒާހަތްތެރިކަމުގެ ކޮޅެއްވެސް ނުހުންނާނެ. އެހެނވީމަ އަމުރުތައް ކޮންމެ ގޮތަކަށް ހުއްޓަސް ކުރާނެ. އަމިއްލަ އަށް ބުނީ ދޯ ރާއްޖޭގެ ކަންކަން ގޯސްކުރީ އަމިއްލަ އަށޭ. ނެރެން ނުޖެހޭ ނުނެރެވޭނެ އަމުރު ތައް ނެރެ ގައުމު މިހާލަތައް ގެނައީ. ޑްރަގުގެ ބޮޑުންނާއި ބޮޑެތި މުޖުރިމުން ރާއްޖޭގެ މަގުތަކަށް ނުގަވާއިދުން ނެރެ ދޫކޮށްލި ކަމަށް އަދި ގައުމުގެ އަމަނާއި އަމާން ކަން ރިޔާޒް ސީޕީ އަކަށް ހުރި ހިސާބުން ދުއްވާލިކަމަށް އަމިއްލަ ބުނެފި. ވަރަށް ސަލާމް
ބިރުން ގޮސް ގަޔައްރެވިދާނެތީ ހުކުމް ތަންފީޒް ނުކުރީ.... ވ.ވާހަކަ
މިހާރުވެސް ގައުމު ހުރީ ފާލުން ނެއްޓިފަ ކަމަށް ގަބޫލު ކުރާ މީހުން މަދެއް ނޫން
ހުސައިން ވަހީދު ، ބްރޯ ސަލާމް ބުނި.
ހެޔޮބަސް ގަބޫލު ކުރަންވާނެ
ހުސެން ވަހީދު ލަދުގަންނަން ޖެހޭނެ ތިވާހަކަ ދައްކަން