ސްރީލަންކާގެ އެއިމްސް ކޮލެޖުން ޕީއެޗްޑީ ނެގި މީހުންގެ ސެޓްފިކެޓް ގަބޫލުނުކޮށް، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ) އިން ދައްކަމުން ގެންދާ ވާހަކަތަކަށް ޕީއެޗްޑީ ނެގި މީހުން ރައްދު ދީފިއެވެ.

އެއިމްސް ކޮލެޖުން ޕީއެޗްޑީއަށް ކިޔެވި މީހުންގެ ފަރާތުން މިއަދު މީޑިއާތަކަށް ފޮނުވި ބަޔާނެއްގައި ބުނީ އެމީހުން ކޯސް ފެށީ ވެސް ިލިޕިންސްގެ އެލްޑަރސްގޭޓް ކޮލެޖުން ސަނަދު ލިބޭގޮތަށް، ސްރީލަންކާގެ އެއިމްސް ކޮލެޖުގައި ހިންގަމުންގެންދާ ޕީއެޗްޑީ ޕްރޮގްރާމަކީ އެމްކިއުއޭގެ ސަނަދުގެ ފެންވަރު ބެލުމުގެ އުސޫލުގެ ދަށުން ސަނަދު ދޫކުރާ މަރުކަޒު ހުންނަ ޤައުމުގެ ސަރުކާރުން ޤަބޫލުކުރާ ސަނަދެއްތޯ އާއި، އޮތޯރިޓީގެ ސްޓޭންޑަރޑް ތަކާއި ކްރައިޓީރިއާ ތަކަށް ފެތޭ ކޯހެއްތޯ ބެލުމަށް ފަހު ކަމަށެވެ. އެމްކިއުއޭ އިން 2016 ވަނަ އަހަރު އެކަން އަންގައި ރެކޮގްނިޝަން އޮފް ހަޔަރ އެޑިއުކޭޝަން ޕްރޮވައިޑަރ އެންޑް ޕްރޮގްރާމް ލިޔުން ދޫކުރި ކަމަށް ވެސް ބަޔާނުގައި ބުނެފައި ވެއެވެ.

ނަމަވެސް މި ޕްރޮގްރާމުގެ ބައެއް ކަންކަން އެމްކިއުއޭގެ ފަރާތުން ބަލަމުންދާތީ، މި ކޯހުގައި ބައިވެރިވާ ފަރާތްތަކުގެ ބޭނުމަށް ދޫކުރާ "އިންސްޓިޓިއުޓް ޕްރޮގްރާމް ރިކޮގްނިޝަން" ދޫކުރުން 2018 ޖަނަވަރީ މަހުން ފެށިގެން ވަގުތީ ގޮތުން ހުއްޓާލާފައިވާ ކަމަށާއި މި ޕްރޮގްރާމްގައި ދިވެހި ދަރިވަރެއް ކިޔަވަމުން ގެންދާނަމަ 2018 މާރިޗް 15 ވަނަދުވަހުގެ ކުރިން، އެމްކިއުއޭއަށް އަންގަން އެންގި ކަމަށް ބަޔާނުގައި ވެސް ބުނެފައި ވެއެވެ.

ބަޔާނުގައި ބުނީ މި ޕްރޮގްރާމް ކިޔަވާ ނިންމީ އެމްކިއުއޭ އަކީ ދިވެހިރާއްޖޭގެ ކޮލިފިކޭޝަން އޮތޯރިޓީއަށް ވެފައި، އޮތޯރިޓީން ސަނަދު ވެލިޑޭޓް ކުރަނީ ކިޔަވައިދޭ މަރުކަޒާއި ސަނަދު ދޫކުރާ މަރުކަޒަކީ އޮތޯރިޓީން ޤަބޫލުކުރާ ތަނަކަށް ވުމުން ކަމަށް ވާތީ، އެކަން އެއޮތޯރިޓީން ކަށަވަރުކޮށް މި ޕްރޮގްރާމަކީ އެއޮތޯރިޓީން ޤަބޫލުކުރާ ޕްރޮގްރާމެއް ކަމަށް އަންގަވާފައި ވާތީ ކަމަށެވެ. "އަދި އަޅުގަނޑުމެން ބައެއް ދަރިވަރުން ކިޔެވުން ނިންމާ ސަނަދު ލިބުނު އިރުވެސް، އެއޮތޯރިޓީގެ މި ނިންމުމަށް ބަދަލެއް ގެނެސްފައި ނުވޭ." ބަޔާނުގައި ބުނެފައި ވެއެވެ.

ބަޔާނުގައި ބުނީ "އެމްކިއުއޭ އަކީ އަކީ ދިވެހިރާއްޖޭގެ ކޮލިފިކޭޝަން އޮތޯރިޓީއަށް ވެފައި، އެ އޮތޯރިޓީގެ އެންގެވުންތަކާއި އުސޫލުތަކާ އެއްގޮތަށް ދަރިވަރުން ޢަމަލުކޮށްފައި ވަނިކޮށް، އެ އޮތޯރިޓީން ކުރިން މިކަމާ ގުޅޭގޮތުން ނިންމަވާފައިވާ ނިންމެވުންތައް ރިވައިސްކޮށް، އައު ނިންމުން ތަކެއް ނިންމަވާ، އެ ނިންމުންތައް ފަހަތަށް ހިންގަވާ، އެ ނިންމުންތައް ނިންމެވި އިރު އެ އޮތޯރިޓީގެ ލަފަޔާއި އިރުޝާދާ އެއްގޮތަށް ކުރިއަށް ގެންގޮސް ނިންމާފައިވާ ޕްރޮގްރާމެއްގެ ސަނަދު ވެލިޑޭޑް ނުކުރުމަށް ނިންމައި، ދަރިވަރުންގެ އެއްވެސް އިހުމާލެއް ބާރެއް ނެތް ކަމެއްގައި ދަރިވަރުން 'ޕީނަލައިޒް' ކުރުމަކީ ވަރަށް ވެސް ބޭއިންސާފުން ކުރިކަމަކަށް ވާތީ، ބައެއް ދަރިވަރުން މި މައްސަލަ ވަނީ ސިވިލް ކޯޓަށް ހުށަހަޅާފައެވެ."

ދިވެހިރާއްޖޭގެ ކޮލިފިކޭޝަން އޮތޯރިޓީން ސެޓް ފިކެޓްތައް ވެލިޑޭކް ކުރުމަށް ޢަމަލުކުރަމުން ދާ އުސޫލަކީ ދަރިވަރަކު ކޯސް ނިންމާ ވެލިޑޭޓްކުރަން ހުށަހެޅުމުން އެ ވެލިޑޭޓް ކުރުން ކަމަށާއި ނަމަވެސް، މި މައްސަލާގައި ބައެއްދަރިވަރުން ސެޓްފިކެޓް ވެލިޑޭޓް ކުރަން އެ އޮތޯރިޓީއަށް ހުށަހަޅާފައި ނުވާ އިރުވެސް، ދަރިވަރުން މަސައްކަތް ކުރާ އިދާރާތަކަށް ސީދާ ޑރ.ހަންނާނު ގުޅުއްވާ ޕާސަނަލް ލެވެލްއެއްގައި މިކަމުގެ ތެރެއަށްވަދެ ދޭން ނުޖެހޭ މައުލޫމާތާއި ކުރަން ނުޖެހޭ ކަންތައްތައް ކުރަމުން ދާކަމަށް ވެސް ބަޔާނުގައި ބުނެފައި ވެއެވެ.

ލަންކާގެ އެއިމްސް ކޮލެޖުން ޕީއެޗްޑީ ހަދަން ފެށި މީހުންގެ އަދަދު 54 އަށް އަރާކަމަށް ވެއެވެ. ނަމަވެސް އެމްކިއުއޭ އިން އެ ކޯސް ބަލައި ނުގަންނަކަން އެނގުމުން ގިނަ މީހުން ވަނީ ކޯސް ހުއްޓާލާފައެވެ. އެ ކޮލެޖުން ޕީއެޗްޑީ ނިންމީ ފަސް މީހެކެވެ. އޭގެ ތެރެއިން ކޯޓަށް މައްސަލަ ހުށަހެޅީ ތިން މީހެކެވެ.

ސްރީ ލަންކާގެ އެއިމްސް ކޮލެޖުން ޕީއެޗްޑީ ސެޓްފިކެޓް ވިއްކާ ކަމަށް ބައެއް މީހުން ބުނެއެވެ. އެކޮލެޖުން ޕީއެޗްޑީއެއް ވިއްކަނީ 10000 ޑޮލަރަށް ކަމަށް ވެސް ބައެއް މީހުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ވެދުން ސަލާމް

    ތިވާގޮތަކީ ހައްނާނަށް ބައި ނުލިބެނީ

    10
    5
  2. ޝާޑްގެ ބިޓްގެ ކުރީގެ ބިޓް

    ލޯންގް ސްޓޯރީ ޝޯޓް، އަހަރެންވެސް ލަންކާގެ އެމްސް އިން ކިޔަވަން ފެށިން ވަކިހިސާބަކުން ހުއްޓާލީ ޝައްކުއުފެދިގެން! އެޢީ ފޭކް ތަނެެް، ހުރިހާ ދަރިވަރުންނަށްވެސް އެކަންއެގޭ!

    11
    1
  3. ނޫރު

    ޕީއެޗްޑީ އަކީ ޔޫކޭ އޮސްޓްރާލިއާ، މެލޭއިން ވިއްކާ އެއްޗެއް، 10000 ޑޮލަރަށް ސެޓްފިކެޓް ގަތްކަމަށް ބުނާއިރު އެއީ ހަގީގަތެއްނޫން. ސެޓްފިކެޓްއަކީ ހަމަ ޑރ. އެއަށް ބަދަލް ނާދޭ، އެމްކުއުއޭ، އަކީ ދިވެހިން ސެޓިފައި ކުރާ ތަބެއްނޫން. ޑރ ކަމުގެ ސަނަދު ލިބުނު މީހުންނަށް އެލަގަބު ދިނީ ބައިނަލް އަގްވާމީ އަދި ޔުނިސްކޯ ްްބޫލް ކުރާ ކޮލެޖް އަކުން. a

    6
    5
  4. ގަނީ

    އަބްދޯ ޝާހިދު އަތުން ހަރަދުވި ފައިސާގެ ދެގުނަ އޭނަ މިއިންވެސް ދަމާގެންދާނެ ސަރުކާރު ތެރެއިންނާއި ކޯޓްގެ ފެންޑާގައި ފުޅި ބަހާގެންވިޔަސް

  5. ގުއްޑެ

    ތީޔާމިން ވެރިކަމުގަ އެމްކިޔޫއޭ އެޕްރޫވްކުރީ ޕީޕީއެމްގަތިބީ ޑިގުރީ މާސްޓަރޒް ޕީއެޗްޑީ މީހުންނަށް ހަދަންވެގެން، މުހައްމަދު އިސްމާއިލްވެސް ނެގިމާސްޓަރޒް މުލީއާގޭ ކާރުމުސްތަފާވެސް ތިފާސްހޯދި.

    4
    9
  6. ކިނބޫ

    ކޮންމެ ކަމަކުންވެސް ވައްކަން

  7. ވަގުއެސައިންމެންޓް

    ދާދި ފަހަކުން އަހަރެން ދަންނަ ގްރޭޑް 7 ފެންވަރުގެ އެތައް ބައެއް ލަންކާއިން ބިޒިނެސް އެޑްމިނިސްޓްރޭޝަން އިން މާސްޓާޒް ފާސް ހާސިލް ކުރި. އެއީ 1 އަހަރުގެ ޕާޓް ޓައިމް ކޯހެއް. މާލޭގައި ސަރުކާރުގެ ވަޒީގައި ފުލްޓައިމްކޮށް އުޅެފައި މަހަކު ދޭއް ނުވަތަ ތިން ދުވަހު ލަންކާ އަށް ދަނީ. އެސައިންމެންޓް މާލެ ހިފައިގެން އައިސް ހަވާލު ކުރަނީ އެސައިންމެންޓް ފައިސާ އަށް ހަދާދޭ ވައިބާ ގްރޫޕްއަކާއި. އެސައިންމެންޓައް ޚާއްސަ އެތައް ވައިބާ ގްރޫޕެއް ފޯން ނަމްބަރާއި އެކުއެބަހުރި. މިއީ ސަރުކާރުން މިހާރު މަނާކޮށްފައި އޮތް ކަމަކަށްވިއަސް މެކުހައް ޖަހާފައި އޮތްކަމެއް ވިޔަފާރިއެއް.

    ބަންގާޅު މީހުން ބުނާގޮތައް މައްސަލަ ނެތީދޯ، ސަރުކާރުން އެ ފާސް ތައް ގަބޫލުކޮށް ބޮޑެތި ޕްރޮމޯޝަންތައް ވަގު ފާސް ގެންނަ މީހުންނައްދެނީ އެމީހުން ގެ ފެންވަރެއްނެތަސް. އަދި ގިނަ އޮފީސްތަކުގައި މިހާރު ހުއްޓާލާފަ އޮތް ޓެކްނިކަލް އެލަވަންސްވެސް އެފާސްތަކަށް މިހާރުދޭން ފަށައިފި. ރައްޔިތުން ގެ ޓެްކްސް ފައިސާ އިން މިހުރިހާ ލާރިއެއްދެނީ. ހުރިހާ ކަމެއްގައިވެސް މިއޮތީ ކޮރަޕްޝަން.

  8. ހާމިދު ޝާހިދު

    ޕީއެޗްޑީ ފައިސާ ދައްކައިގެން ގަނެލާފައި އެމްކިޔު އޭއިން އެ އެޕްރޫވް ކުރާކަށް ބާރެއް ނޭޅޭނެ. ޕީއެޗްޑީ އަކީ ނުހަނު ބޮޑު ފެންވަރެއް ހުންނަންޖެހޭ އެއްޗެއް.

  9. ނާސިރު11

    ކޮންމެ ވާހަކައެއް ދެއްކިޔަސް އެމްކިޔުއޭއިން ތިޔަކޯސް ޤަބޫލުނުކުރާނެ ކަމަށް ތިޔަކޯސްހެދި އެންމެނަށްވެސް އެނގޭގޮތަށް ޢާއްމު އިއުލާނެއްކުރި. އެކަމު ތިޔަކޯސް ނިންމި 5 މީހުންނަކީވެސް ގަދަބާރުން އެޕްރީވްކުރުވާނެކަމަށް ގޮންޖަހާފަ ކޯސްނިންމި ބައެއް. އަބްދުﷲޝާހިދުގެ ބާރުންބާރުލިބިގެން ހަގުއަނބިގޮއްޔެއާ ކޮއްކޮނާދިރަޔާ، ނާދިރާގެ ފްރެންޑުންކަމަށްވާ މަމްދޫހާ މިގްރޫޕް ހެދީ.