ހަލިމަގު (ހައިވޭ)އިން ހުޅުމާލެ އަށް އަރާ ސަރަހައްދުގައި ކާރެއް ފުރޮޅާލައިފިއެވެ.

މިރޭގެ ވަގުތެއްގައި ހުޅުމާލޭގައި ކާރެއް ފުރޮޅާފައިވާއިރު، އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވާ މަންޒަރު ފެނިގެން ދެއެވެ.

މި ހާދިސާ ހިނގަން މެދުވެރިވީ ކިހިނެއް ވެގެންކަން ސާފެއް ނުވެއެވެ.

އާއްމުވެފައިވާ ވީޑިއޯއިން ފެނިގެން ދަނީ ހުޅުމާލެ އަށް އަރާ މަގުގައި ކާރެއް ފުރޮޅާލާފައިވާ ތަނެވެ. އަދި އެ ސަރަހައްދުގައި ބައެއް އާއްމުންނާއި ފުލުހުން ހަރަކާތްތެރިވަމުންދާ ތަނެވެ.

މި އެކްސިޑެންޓާއި ގުޅިގެން ފުލުހުން ވިދާޅުވީ ހުޅުމާލެ އެމްޑަބްލިވްއެސްސީއާ ދިމާލު ހަލިމަގު ކައިރިން ކާރެއް ފުރޮޅާލައި އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ މައުލޫމާތު މިރޭ 22:30 ގައި ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

ފުލުހުން ސީން އެޓެންޑްވިއިރު ކާރު ދުއްވަން އިން 45 އަހަރުގެ ދިވެހި ފިރިހެނަކަށް އަނިޔާ ވެގެން ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ މި އެކްސިޑެންޓާއި ގުޅިގެން ފުލުހުން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޢަހޫ

    ދުއްވާލެއްމަޑުވީމަ ފުރޮޅާލީބާ

    15
    3