ގާޒީ ސްކޫލްގައި ކޮރަޕްޝަނާއި ފުރައްސާރައިގެ މައްސަލަތައް އޮތް ކަމަށް ބުނެ، އެ ސްކޫލްގެ މުވައްޒަފުންތަކެއް މިއަދު މުޒާހަރާ ކުރަން ފަށައިފިއެވެ.

އެ މުޒާހަރާގައި ގާޒީ ސްކޫލްގެ ޓީޗަރުން ވެސް ދަނީ ބައިވެރިވަމުންނެވެ.

މުޒާހަރާގެ ބައިވެރިން ދަނީ އެ ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލް އައިމިނަތު ރިޔާޒާ އާއި އެ ސްކޫލުގައި ކުރިން މަސައްކަތް ކުރި އެހެން ދެ މުވައްޒަފެއްގެ ކޮރަޕްޝަންގެ މައްސަލަތަކެއް ފާހަގަކޮށްފައެވެ.

ފާހަގަކޮށްފައިވާ މައްސަލަތަކުގެ ތެރޭގައި ކޮރަޕްޝަންގެ މައްސަލަތަކާއި އަދި ފުރާއްސާރައާއި ބިރު ދެއްކުމުގެ މައްސަލަތައް ހިމެނެއެވެ.

އެހެންވެ އެ މައްސަލަތައް ބެލުމަށް މުޒާހަރާ ކުރާ ފަރާތްތަކުން ދަނީ ޑިމާންޑް ކުރަމުންނެވެ. ހާއްސަކޮށް ގާޒީ ސްކޫލުގައި ކުރިން މަސައްކަތް ކުރި އެޑްމިނިސްޓްޜޭޓަރު ޝިޔާޒާގެ މައްސަލަތައް ހިމެނެއެވެ.

ފާހަގަކޮށްފައިވާ ކޮރަޕްޝަންގެ މައްސަލަތަކުގެ ތެރޭގައި ސްކޫލުގެ ސެކިއުރިޓީ ނުހައްގުން ގަވައިދާ ހިލާފަށް ބަޔަކާއި ހަވާލުކުރުމާއި ސްކޫލުގެ ޕީޓީއޭއިން ހިންގާފައިވާ ހަރަކާތްތަކުން ލިބުނު ފައިސާ ސްކޫލުގެ ބަޖެޓަށް ނުވަނުން ހިމެނެއެވެ.

އޭގެ އިތުރުން ސްކޫލު މަރާމާތުކުރަން އަންނަ ފަރާތްތަކުން ސްކޫލުގެ މުވައްޒަފުންނަށް ޖެއްސުން ކުރުމާއި ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލް ރިޔާޒާ އަމިއްލައަށް ގަވައިދުތަކެއް ކަނޑައެޅުމާއި މަސައްކަތުގެ ބިރު ދެއްކުން ވެސް ފާހަގަކޮށްފައި ވެއެވެ.

އަދި ސްކޫލުގައި މަސައްކަތް ކުރި ޑްރައިވަރަކު މުވައްޒަފުންގެ އަތުން ފައިސާ ނަގައި ފަހުން ނުދޭކަން ވެސް ފާހަގަކޮށްފައި ވެއެވެ.

ގާޒީ ސްކޫލުގެ ކުރީގެ މުވައްޒަފަކު ވިދާޅުވީ ސްކޫލުގައި ބޭނުންކުރާ މީމިސް ސޮފްޓްވެއާ ވެސް މިހާރު އޮތީ ހެކް ކޮށްފައި ކަމަށާއި އެ ޕޯޓަލްއަށް ވަނުމުން ފެންނަނީ "ގާޒީ ސްކޫލު ކޮރަޕްޝަން" ޖަހާފައި އޮތް ތަން ކަމަށެވެ.

މުޒާހަރާއާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީގެ ބަހެއް ނުލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ހަސަން

    ތިކަންތައް ތަކަކީ މީގެ ދެތިން އަހަރު ކުރިން އަޅުގަނޑުމެން ފާހަނގަކޮށް އެދިއުކޭޝަނަށް ވެސް ހުށަހެޅި ކަންތަށްތަށް ތިަމުގެ ޒިއްމާނަގަން ގެހޭ އެކަކީ މޫސަ މޫސަގެ ނާގާބިލުކަމުން ށްކޫލު ތިހިސާބަށް ތިދިޔައީ

  2. އިއްބެ

    ތިނުނޫން މުއަސަސާއެއް މިއަދު ނެތް. 0 ޓޮލަރެންސް މުލިގައުމުގަ. އިންސާﷲ ރ.ޔާމީން 2023

  3. ޢަބްދުލްމުހައިމިން

    ރަސްމީ ދުވަހެއްގެ ރަސްމީ ގަޑީގައި ޓީޗަރުން ނުކުމެ މުޒާހަރާ ކުރުމަކީ ހިތާމަހުރި ކަމެއް. ދަރިވަރުންނަށް ކޮށައިދެވެނީ ވަރަށް ނުބައި މަގެއް. ކޮރޮޕްޝަން މައްސަލަތައް ބަލަން، އެކަން ކުރަންޖެހޭ އިދާރާތަކަށާއި މުޥައްޒަފުންނަށް ހުށަހަޅައި، ތިބޭފުޅުންނަށް މަތިކުރެވިފައިވާ ޒިންމާ ތަކާގެން ކުރިޔަށް ވަޑައިގަތުމަށް ޓީޗަރުންނަށް ގޮވާލަން.

    1
    2
  4. ބިރަ

    ޔތރ

  5. ހުސޭނުބޭ

    އެޑިއުކޭޝަންގެ ބަސް: ތިކަން ދެލޮލުން ބަލަމުން މިދަނީ

  6. Anonymous

    އަމީނިއްޔާ ސްކޫލްގައި ވެސް އެކަންތައް ވަރަށް ބޮޑަށް އެބައޮތް. އޭސީސީ އިން ވަދެ ބަލަންވީ.

  7. މުނާ

    އެކަމަކު އަދިވެސް ނަން ވަނީ އަރަބިއްޔާ ސުކޫލް

  8. ގުއިރަޮނު

    ކޮބާތަ އާސަތުއަލީ.

  9. ޖަމިއްޔާ

    ނިކަމެތި ބަލިމީހުން ފެލާލައިގެން ރިސޯޓް ހުޅުވާ މުޑުދާރު ނާޝިދާއި އޭނާގެ ބައިވެރިންގެ ހިތަކީ ކަޅުލައްތައް ޖެހިފައިވާ ހިތްތަކެއްތަ؟

  10. ތިލޭރު

    ކަރަޕުސަނުގެ އަށްޕަ އެހުރީ މެޗުބަލަން ގަތަރުގަ ކިހާތާހިރު ކެޔޮކޭވަރު އެނގޭނީ ބިތުފަންގިނެގީމަ