ގިނަ އަދަދެއްގެ ބަނގުރާ ފުޅިތަކަކާ އެކު ސިނަމާލެ ބްރިޖުން ދެ މީހަކު ރޭ ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތާ ގުޅިގެން މާލެ ސިޓީގައި ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައި ވަނީ 32 އަހަރުގެ ދިވެހި ދެ ފިރިހެނުން ކަމަށެވެ.

އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓުން ހިންގި އޮޕަރޭޝަންގައި ހައްޔަރުކޮށްފައި ވަނީ އެ މީހުން ދުއްވި ކާރު ސިނަމާލެ ބްރިޖު މަތިން ހުއްޓުވައި ބަލައި ފާސް ކުރުމަށް ފަހުއެވެ.

އެ ކާރުން 264 ފުޅި ބަނގުރާ ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން މިހާރު ގެންދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަހައްމަދޫ

    ނިމޭއިރު އެކާރާއި އެފުޅިތައް ކުށްވެރިވާނީ. ރަނގަޅަށް ވިއްޔާ އޭއްޗިހިތައް އޭގަހުންނާނީ އެމީހުންނަށް ނޭންގި

    10
  2. ހަސަންބެ ގެ ކަލޯ

    ރަލަކީ ވަކި ބޮނޑެޑް ވެއަރ ހައުސްކޮށް ކޮންޓްރޯލެއްގެ ދަށުން ލައިސަންސް ފަރާތްތަކަށް ދޫކުރެވޭ އެއްޗެއް.

    ކާރުގައި އެހުރި ރާދޫކުރި ފަރާތް ހޯދައި އެމީހުންގެ ލައިސަންސް ކެންސަލް ކުރަންވީ ނޫންތޯ
    އެނޫންގޮތަކަށް މިގޮތަށް ރާ ފެތުރޭ ފެތުރުން ނުހުއްޓުވޭނެ..

    އަބަދުވެސް މި ބަލަނީ ރާހިފައިގެން ދާ މީހާޔާއި ވެހިކަލް، އަސްލު ކޯޒު ނަތްތާލާކަށް ނޫޅޭ ދެންކިހިނެއް ކަމެއް ހުއްޓުވާނީ..؟

    މިހާރު ތިކުރާކަމަކީ "އަމާބުނީ ތީ ފަރަށްދިއުން" ގާނޫނުގައި އޮތަތީވެ ހިފަހައްޓަނީ!

  3. ނިޔު އިޔާ

    އޭ! ނިޔު އިޔާ ސްޓޮކް ތި ދުއްވާލީ!