މާލޭގައި އަގުބޮޑު ގުރައެއް ވަގަށް ނެގި މީހަކު ހޯދަން ފުލުހުން ފޮޓޯއެއް އާއްމުކޮށްފިއެވެ.

ފުލުހުން ބުނީ އެ މީހާއަކީ އޮގަސްޓް 8 ވަނަ ދުވަހުގެ ވަގުތެއްގައި މާފަންނު ބިސްބުރު ކައިރި، ޖަވާހިރު ހިނގުމުން 3500 ރުފިޔާގެ އަގުހުރި ގުރައެއް ވަގަށް ނަގާފައިވާ މީހެއް ކަމަށެވެ.

އަދި މާފަންނު ޕޮލިސް ސްޓޭޝަނުން ކުރަމުންދާ ތަހުގީގަށް އެ މީހާ ހޯދަން ބޭނުންވެ، ފުލުހުން މިހާތަނަށް ކުރި މަސައްކަތުން ކާކުކަން ދެނެގަނެވިފައި ނުވާތީ އެ މީހާ ހޯދިފައިނުވާ ކަމަަށް ފުލުހުން ބުނެފައި ވެއެވެ.

ފުލުހުން ވަނީ އެ މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ މާފަންނު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9660183 އަށް ގުޅުމަށް އެދިފައެވެ.

 

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މި ފުރުސަތުގައި ފާހަގަކޮށް ޝުކުރު ދަންނަވަމެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މޫސާ

    އެމްޑީޕީ ދިދަ ޖެހި ބައިސްކަލެއްތީ. ތިމީހާ ނުފެންނާނެ.

  2. ބަލްގިސް

    .ތިއީ ތިހާއަގުބޮޑު ގުރައެއް ނޫން މިގޭންގެއްލުނު 18000ރުފިޔާގެ ގުރައެއް އަދިވެސް ނުޙޯދޭ..

  3. ބިދޭސީ އެއް

    ތިއީ ބިދޭސީ އެއްކަން ޔަގީނެވެ. ފެންނަފެނުމަށް ވައްތަރީ ބަންގާޅީ ވަގަކާ އެވެ.

  4. ބަލި އެއް

    ކުޑަ ހުސޭނު ފޮށި ވަގަށް ނެގި މީހާ އާ ވައްތަރީ.