ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރާއްޖެއިން ބޭރަށް ކުރައްވާ ކޮންމެ ދަތުރަކުން އެހީ ލިބޭ ދަތުރެއް ނޫން ކަމަށް ރައީސްގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެ އެވެ.

މިއުވާން އެގޮތަށް ވިދާޅުވީ ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނެވެ.

އެގޮތުން ހަރަދުތައް ކުޑަ ކުރުމަށް މަސައްކަތް ކުރަމުންދާ މި ދަނޑިވަޅު ރައީސް ސޯލިހު ގިނަ ދަތުރުފުޅުތައް ކުރައްވަމުން ގެންދަވާތީ ވަރަށް ބޮޑެތި ފާޑުކިއުން އަމާޒުވަމުންދިއުމާއެކު ހަރަދުތަކުން އެކަށީގެންވާ ނަތީޖާ ނެރެވޭތޯ ނޫސްވެރިޔާ ސުވާލު ކުރެއްވި އެވެ.

އެ ސުވާލަށް ޖަވާބު ދެއްވައި މިއުވާން ވިދާޅުވީ ކޮންމެ ބޭރު ދަތުރުފުޅެއްގެ ނަތީޖާއެއްގެ ގޮތުގައި ބަލަނީ އެ ދަތުރާ ގުޅިގެން ލިބޭ ހިލޭ އެހީ ނޫން ކަމަށެވެ. ނުވަތަ ލޯން ފަދަ އެހީއެއް ނޫން ކަމަށެވެ.

އަދި ބައެއް ދަތުރުފުޅު ތަކަކީ ދެ ގައުމުގެ ގުޅުން ގާއިމްކުރުމަށް މަލްޓި ލެޓަރަލް ކަންކަމުގައި ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް އިތުރު އެހީތައް ހޯދުމަށް ކުރަމުންދާ ދަތުރުތަކެއް ކަމަށް މިއުވާން ވިދާޅުވިއެވެ.

"އެހެންވީމާ ކޮންމެ ދަތުރަކީ އެ ދަތުރެއްގެ ރިޓާން ފައިސާއިން ބަލާ ދަތުރެއް ނޫން.". މިއުވާން ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިމިގެން ދިޔަ ވޯލްޑް ކަޕް ބައްލަވަން ވަޑައިގަތުމުން ވެސް ގިނަ ބައެއްގެ ފާޑުކިއުން އޮތީ އަމާޒުވެފައެވެ.

މިއުވާން ވިދާޅުވީ ރައީސް ވޯލްޑް ކަޕް ބައްލަވަން ވަޑައިިގެންނެވީ ގަތަރުގެ ދައުވަތަކަށް ކަމަށެވެ. އަދި ޓިކެޓް ނެންގެވީ ވެސް ރައީސް އަމިއްލަފުޅަށް ކަމަށެވެ.

އެ ދަތުރުގައި ރައީސްގެ ސަޕޯޓް ސްޓާފުންވެސް ގެންދެވި ކަމަށް އޭނާ ވިދާޅުވި އެވެ. އެހެން ނަމަވެސް އެ ސްޓާފުންނަށް ހަރަދުކުރީ ރައީސް އޮފީހުންކަމެއް ނުވަތަ އެ ބޭފުޅުން އަމިއްލައަށް ކަމެއް ވިދާޅެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. މަބޭ

    ކޮންމެފަހަރަކު ސަރުކާރުންކުރާކަންކަން ދިފާއުކުރަންހަދައިގެން މިހުވާނައްތިވާގޮތަކީ އަމިއްލައެއްޗައް ފައިންއެރެނީ

    30
  2. ރަން ރީނދޫ

    ދަތުރަކުން އެހީއެއް ލިބުނަސް ރައްޔިތަކަށް ގައުމަކަށް އެ އެއް ނުލިބޭނެ. މާ ވަގުން ކޮޅުގޮހޮރަށް ކަހާލަނީ.

    15
  3. ރާއްޖެ

    މަތިންދާ ބޯޓަކަށް އަރައިގެން ކޮންމެ ދުވަހަކު މަހަށް ދާ ވާހަކަތޯ ތި ދައްކަނީ. ކޮންމެ ދުވަހަކު މަސް ނުބޭނޭނެޔޭ.

    16
  4. ހުސޭނުބޭ

    އެކަމަކު ރައީސްގެ ކޮންމެ ދަތުރަކީ ރައްޔިތުންގެ ފައިސާއިން އެތަކެއް މިލިއަނުން އަޗާތެޅުމެއް

  5. އުގުރި

    ރައްޔިތުންގެ ލާރީގައި ދުނިޔޭގެ އެތައް މިތަނުގައި ބުރު ޖަހާލުމަކީ އިބޫގެ ހޯބީއެއް..

    10
  6. ރައްޔިތުމީހާ

    އޭ މޮޔަވާނު އެހެންވީމާ އެހީ ލިބިފައިވަނީ ކޮންދަތުރެއްގައިކަން ހާކުރެވިދާނެތޯ؟
    އަހަރުމެން އެހީއެއްކަމަކަށް ނުބަލާނަން ލޯނުގެގޮތުގައި ލިބޭއެއްޗެއް