ކުރީގެ ރައީސް ޢަބްދުﷲ ޔާމީނުގެ މައްޗަށް ދައުވާކޮށްފައިވާ މައްސަލަތަކުގައި އެމަނިކުފާނާއި ދެކޮޅަށް ހެކިބަސްދިނުމަށް ހެކިވެރިޔަކާއިއެކު "ޑީލެއް ހަދަން" އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުޙައްމަދު ރިޔާޒު މަޝްވަރާތައް ކުރާ އަޑުއިވޭ އޯޑިއޯއެއް ލީކް ވެއްޖެއެވެ.

ލީކްވެފައި ވަނީ މުހައްމަދު ރިޔާޒް ކާކާއިއެކު ދެއްކި ވާހަކަތަކެއް ކަމެއް ކަށަވަރެއް ނުވެއެވެ. ނަމަވެސް އެއީ ޔާމީނާއި ދެކޮޅަށް މައްސަލައެއްގައި ބޭނުން ކުރެވިދާނެ ހެކިވެރިއެއްކަން ރިޔާޒްގެ ވާހަކަތަކުން އެނގެއެވެ.

އޯޑިއޯ އިން އެނގޭ ގޮތުގައި ރިޔާޒް ހެކިވެރިޔާ ކައިރީގައި ވިދާޅުވަނީ ޔާމީނުގެ މައްޗަށް ގިނަ އަދަދެއްގެ ރަށްތަކުގެ މައްސަލާގައި ދައުވާކުރާނެ ކަމަށެވެ.އެ މައްސަލަތަކުގައި ހެކީގެ ގޮތުގައި އެ ރަށާއި ގުޅިގެން ހިނގި މުއާމަލާތްތައްވެސް އެބަހުރިކަމަށާއި އަދި "އަނެއް ސައިޑުގައި" ހެކީގެ ގޮތުގައި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓާ ޢަބްދުﷲ ޒިޔަތާއި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުވެސް އެބަތިއްބެވިކަމަށް ރިޔާޒު ވިދާޅުވެއެވެ.

ރިޔާޒް ހެކިވެރިޔާ ކައިރިން އެދިވަޑައިގަތީ ދެ ފަރާތުން ވާހަކަދައްކައިގެން ދައުލަތުން ދެވޭނެ ލުޔަކާއި ގުޅޭ ގޮތުން މަޝްވަރާކުރުމަށެވެ. "ދައުލަތުގެ ފަރާތުން ލުޔެއް ދިނުމުގެ އުސޫލުން، ދެ ފަރާތުން ވާހަކަދައްކައިގެން ދޭނެ ލުޔަކީ ކޮބައިތޯއާއި ތިކޮޅުން ދޭނެ އެހީތެރިކަމަކީ ކޮބައިތޯއާއި، އޭގެ ވެލިއުއަކީ ކޮބައިތޯއާއި، އޭގެ ވެލިއު ބޮޑުކަމަށްވާނަމަ މިކޮޅުން ދޫކޮށްލާ ގޮތްވެސް ބޮޑުވާނެ،" ރިޔާޒު ވިދާޅުވިއެވެ.

ރައީސް ޔާމީނާ ދެކޮޅަށް ހެކިބަސް ދިނުން ރިޔާޒު ސިފަކުރެއްވީ ވިޔަފާރިއެއްގެ ގޮތުގައެވެ. "މިއީ ވައްތަރެއްގެ ވިޔަފާރިއެއްތާ ދޯ؟،" ރިޔާޒު ހެކިވެރިޔާ ކައިރީގައި ވިދާޅުވިއެވެ.

ޔާމީނާ ދެކޮޅަށް ހެކިބަސްދިނުމުން ހެކިވެރިޔާއަށް ލުއިތައް ދިނުމާއި ގުޅޭ ގޮތުން ރިޔާޒް، ރައީސް ސޯލިހާއި މަޝްވަރާ ކުރިކަން ވެސް އޯޑިއޯ އިން އެނގެއެވެ. "ދައުލަތް އޮތީ އޮޕެންކޮށް. (ދައުލަތް އޮތީ ހުޅުވިފައި) އަޅުގަނޑު ރައީސާ (ރައީސް ސޯލިހާއި) ގުޅައިގެން ވާހަކަދެއްކުމަށްފަހު، (ރިޔާސީ) ކޮމިޝަނުގެ ރައީސާއި އޭސީސީގެ ރައީސްއާ ވާހަކަދައްކައިފިން،" ރިޔާޒު ވިދާޅުވެއެވެ.

ރިޔާޒު އިތުރަށް ވިދާޅުވި ގޮތުގައި ހެކިވެރިޔާއަށް ދެވޭނީ ކިހާވަރެއްގެ ލުޔެއްކަން ޔަގީންވާނީ އެ ފަރާތުން ރައީސް ޔާމީނާ ދެކޮޅަށް ދައުލަތަށް ދޭނީ ކިހައިވަރެއްގެ އެހީތެރިކަމެއްކަން އެނގުމުންނެވެ.

ދައުލަތުން ބޭނުންވާނަމަ މައްސަލަތަކުގައި ހިމެނޭ މީހުންނަށް ލުއިތައް ދިނުމުގެ ފުރުސަތު އޮތްނަމަވެސް އެފުރުސަތު އޮންނަނީ ޕްރޮސެކިއުޓަރ ޖެނެރަލް އަށެވެ. ކުށެއްގެ ތުހުމަތު ކުރެވޭ މީހުންނަށް ނުވަތަ ހެކިވެރިންނަށް ލުއިތައް ދިނުމުގެ ބާރު ގާނޫނީ ގޮތުން ފުލުހުންނަކަށް ނޯވެއެވެ.

ލީކްވެފައިވާ އޯޑިއޯ އާއި ގުޅިގެން މިހާތަނަށް ފުލުހުން އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ.

ޔާމީނާ ދެކޮޅަށް ހެކިބަސް ހޯދަން ރިޔާޒް ޑީލެއް ހަދަން މަސައްކަތް ކުރި އޯޑިއޯ ލީކްވެފައި ވާއިރު ރ.އަތޮޅު ފުއްގިރި ކުއްޔަށް ދިން މައްސަލައިގައި ދައުވާ އުފުލާފައިވާ މއ. ކުރިކީލަހިޔާ، އަހުމަދު ކުރިކް ރިޒާ، ޔާމީނާ ދެކޮޅަށް ހެކިވެރިއެއްގެ ގޮތުގައި ބޭނުން ކުރަން ރިޔާޒް މަސައްކަތް ކުރި ކަމަށް އޭނާގެ ވަކީލުން ކުރިން ކޯޓުގައި ވެސް ވިދާޅުވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

27 ކޮމެންޓް

  1. އައްބޭބެ

    މި އީ މަ ބުނާ ވާހަކަ. ހައިވަކަރު އޮޑި ނަންވާނީ.

    32
    2
  2. ކޯބެ

    މީހަމަރާވައިގެން ސޯލިހާދެމީހުންހިންގާ ޖަރީމާއެއް މިމީހުންނަށްހީވަނީ މިދުނިޔޭގެ އެންމެން މަރުވަންދެން މިމީހުންގެ ބާރު ގައުމުގަ ހިނގާނެކަމަށްތަ ؟......!!؟!؟؟؟ އެހެންހީނުކުރަށްވާ ގާނޫނުގެ އަތްކަލޭމެންނަށް އަރާހަމަކުރާދުވަސް ވަނީ ދާދި ކައިރީގަ.

    41
    2
  3. ކޮރަކަލި

    ތީ ރައިސްޔާމީނު ކޮންމެފަހަރަކު ވެސް ކުޅޭ ކުޅިއެއް ތިކަމަށް ޔާގުންޑާ ވަރަށް މޮޅުވާނެ!

    5
    60
  4. ހުސޭނުބޭ

    އެހެންވީމާ ތިކިޔާ އޭސީސީ އަކީ ކަރަޕްޝަނުގެ ބޮޑު ހާއްޔެއްތާ. ކިޔާނެކަމެއްނެތް. ހުރިހައި ތަނެއްގައިވެސް ބޮޑެތި ވަގުން. މުލުވަގަކީ ހިންނަވަރު އިބުރާހީމް

    45
    2
  5. ހެޔޮއެދޭ ގައުމު

    ތިޔަކަހަލަ ކިތަންމެ އެއްޗެއްހުންނާ ފެންނަން ދައްކަވަން ހުރި އެއްޗެއް ދައްކަވާނެ

    36
    1
  6. ޒާ

    ތީ އަދި ވަރަށް ފެންވަރު މަތިވެގެން އުޅޭ ގޮލައެއް. ހަމަބިމަށް ތިރިވާނެ ދުވަސް މާދުރަކު ނެތް. ތިފަދަ މަގާމަށް ދަހިވެތި މުޑުދާރު މީހުންގެ ސަބަބުން މުޅި ފުލުސް އޮފީސް އޮތީ ކޮރަޕްޓް ވެފަ. ރައްޔިތުންގެ ލޯތްބެއް ތިމީހުނަށްނެތް.

    40
    1
  7. އިބިލީސް

    ކޮބާ މައްސަލައަކީ. ރައީސް ޔާމިން ނުކާ ކަމަކަށް ނުވާނެ. މުޅި ޤައުމުގައި ކޮރަޕްޝަން އިންތިހާ އަށް ފަހުގެ ތާރިހެއްގައި ކުރި މީޙަކީ ޔާމީނާއި އަދީބު. ގޭންގްތަކަށް ލާރިބަހާ ފުލުހުންނަށް އަތްނުލެވޭ ވަރަށް ބައެއް ގޭންގްތަށް ކުރި އެރުވި. އިންޑިއާ އާއި މިސަރުކާރާ މިކުރާކަންތައްތަށް އެއްވެސް ވަރަކަށް ރަގަޅެއްނޫން. އެކަމު ޔާމިނާ އަދީބު ޖެހޭނީ ކުޑަގޮޅީގައި ބާއްވަން. މުޅި ޤައުމު ފަސާދަކުރި ދެ މީހުން.

    3
    50
    • ނާރު

      މަޗާ މިހާރު ހިންގާ ކޮރަޕްޝަން ނިކަން ގަޔާވެގެން ހާމަކޮއްބަލަ ހާއްސަކޮއް ކުންފުނިތައް

      29
      1
    • ކަމަމަ

      ޠިބުނީތާ ޔާމީނާ އަދީބުއޭ ބޮޑުބައި ކެއީ އަދީބުކަން އެންމެނަށްވެސް އެނގޭ ވަހީދުގެ ވެރިކަމުގަ ޓުއަ ރިޒަމް މިނިސްޓަރަކަށް ހުރެ ފަޅު ތައް ވިއްކައިގެން ކޭ ވާހަކަ އޭރު އެމްޑީޕީ މީހުން ގޮވި.އޭރު ޔާމީނުގެ ވެރިކަމެއް ޔާމީނަށް ބާރު ފޯރުވޭ ހިސާބެއްގަަ ވެސް ނޫން ހުރީކީ. ޔާމީނުވެސް ކެޔޯ އެކަމަކު އެންމެ ބޮޑަށް ކޭމީހާ ކީއްވެހޭ ހެކިވެރި ޔެކޭ ކިޔާފަ ގޭގަ ބަހައްޓާފަ ހުރީ

      17
    • ވަގުސަރުކާރު

      ބަލަ ފެލާލި ޖަލްސާގައި ފެލާލި ލިސްޓު އިއްވިއިރު އަޑު ނާހާ ކަންފަތަށް އުގުރި ޖަހައިގެން ދޯ އިނީ. ބިރުން ފިއްކަޑައިގެން ދާވަރަށް މި ގައުމުގެ ބައިތުލްމާލް ފެލާލައިފިކަން މި އެގުނީ.. އެންމެފަހުން ގައުމުގެ ސިޔާދަތު ވެސް ވިއްކައިގެން ޖީބުތަކަށް ޕަކަޅާކޮށްގެން މިތިބެނީ. މިއަށްވުރެ ބޮޑެތި މުޖްރިމު ވަގުންގެ ސަރުކާރެއް މި ގައުމަށް އައިބާ؟؟؟!!!
      ޥަގު ސަރުކާރު. ބޮޑެތި ވަގުންނާ ލާދީނީ ބައިގަޑު ސަރުކާރު. އެލްޖީބީޓީ ސަރުކާރު.

  8. ސޫއޫދު

    ނުހައްގުހުކުމެއްކުރަންއުޅޭނަމަ ދާންޖެހޭނެ އަޑުއަހާލަންމީއީބޭރުގައުމެއްގެ ބޭނުމުގަ އަޑީގަދިވެއްސަކުހުރެގެންކުރާގޯނާއަދި ދިވެއްސަކު ވެރިކަމުގެދަހިވެތިކަމުގަދައުލަތް ބޭނުން ކޮއްގެންކުރާކަމެއް

    23
    4
  9. ކޮރަލް

    އިސްތިއުފާ ދޭން ޖެހޭ މައްސަލަ އެކެވެ.

    32
    2
    • ނާރު

      މަޗާ މިހާރު ހިންގާ ކޮރަޕްޝަން ނިކަން ގަޔާވެގެން ހާމަކޮއްބަލަ ހާއްސަކޮއް ކުންފުނިތައް

      13
  10. ތެދު ބަސް

    ފުލުހުންގެ ތެރޭގައި ހުރި ބޮޑު ޢައްދާރެއް، މިބައިގަނޑަކަށް މަރުވާނެކަންވެސް ވަނީ ހަނދާންނެތިފައި ތޯއްޗެއް،

    32
    2
  11. އާދަނާ

    ތިޔަރިޔާޒް ރައްޔިތުން މަގުމައްޗަށްނިކުމެ މާގާމުންބޭރުކުރަން އެބަޖެހޭ، ގާނޫނީ އިދާރާތަކަށް މިމީހުންކޮންމެބަޔަކުލިއަސް ރައްޔިތުންގެ ފައިސާއިން މުސާރަނަގައިގެން ތިބެ މިކުޅެނީ ބޭނުންހާއެއްޗެއް!

    28
    2
  12. މާމީ

    ތިކަން ދައްކާ ނަން އިރާދަކުރެއް ވިއްޔާ

    25
    2
  13. އަވަސްހިނި

    މިތިބީ މިމީހުންގެ ފެންވަރު... ދިވެހިރައްޔިތުންނަށް ޚިދުމަތްދޭ ތަނުގައި އުޅޭ ގައްދާރުން މި ފެންނަނީ.

    28
    2
  14. ޖަމިއްޔާ

    ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ!

    26
    2
  15. ހެހެހެކެކެ

    މާދަމާގެ މަތިން ހަނދާން ނައްތާލާފަ މިދައުރު ކުރެވެން އޮތް ކަމެއް ކޮށްލާ.... މިއަދު ކަލެއާ ކަލޭގެ ބޮލަށް ހުތްއަޅާމީހުންނަށް. މާދަމާ ރައްޔިތުން ނަށް

    25
    2
  16. ރަން ރީނދޫ

    ދެން މިކަންތައް ބަސްޓް ވީމާ ދާނީ އަލަގިރި ކައިރިޔަށް ނޫން ،ހިތަށް ތަސައްލީ ހޯދަން.

    21
    2
  17. ވީޥާ

    ކީކޭބުނާނީ ދެން

    23
    1
  18. ރާއްޖެ

    ކުރިންވެސް ތިޔަކަހަލަ އޯޑިޔޯ ހަދައިގެން އަތަށް ގޮވީ. އަނެއްކަވެސް ހުކުމް ކުރުން ލލަސްކުރަން ފޭކް އެއްޗެއް ހަދާލީދޯ...

    4
    32
  19. އާދަމް

    ބަލާބެލުމަށް ހީވަނީ މި ރިޔާޒު މީ ވަރަށް އަހްލާޤް ރަނގަޅު މީހެއްހެން. ނަމަވެސް މިއަދު ޔަގީންވެއްޖެ މީނަގެ މައްޗަށް ހުރި ސީރިއަސް ތުހުމަތުތަކަކީ ކޮންމެސް ވަރެއްގެ ހަގީގަތެއް އެކުލެވޭ ކަންތައްތަކެއްކަން...........

    19
    2
    • ޙެހެހ

      ޚކޮންއިރަކު މިމީހުން ރަނގަޅުވީ ، މުއައްސަސާއަށް ހަރާމްކޯރުވެގެން ވަޒީފާއިން ބޭރުކުރީ ، އެކަމަކު ސިޔާސީ ބާރުހޯދާގެން މިތިބީ ވަޒީފާއަށް އައިސް ، ފުލުހުންގެ މުއައްސަސާގެ އިތުބާރުގެއްލުވާލީ މިމީހުން ، ޟމަރުހޫމް ރައިދާގެ މައްސަލައަށް ބަލާލީމަ އެނގޭނެ މީނަގެ ފެންވަރު ، މީވަރަށް ދެރަކަންކަން ، ސިޔާސީ ހިޔާހޯދާގެން އަލުން ވަޒީފާތަކަށް އައުން ، މިކަން އެބަޖެހޭ ނިމުމަކަށް އަންނަން

  20. ރިޔާރުއަށް

    ރިޔާޒު މެން ކޮއްފާނޭ ތިޔަކަހަލަ ކަންކަން ވަރަށް ރުފިޔާއަށް ވަރަށް ފަސޭހައިން ހެއްލޭ ގޮލައެއް އެއީ

    18
    1
  21. ޝަނީ

    ފުލުހުންގެ ހުންނަ މިބާވަތުގެ އަމަލުތަކަކީ ރައްޔިތުން ތަހައްމަލް ކުރަމުން އަންނަ ކަންކަމެވެ. އެއްވެސް ސަރުކާރަކުން މިފަދަ ކަންކަން އިސްލާހު ކުރަން އުޅުނުތަނެއް ނުދެކެމެވެ. މިފަހަރު ކުރީގެ ސަރުކާރު ހިންގި ރައީސްމީހާއަށްވެސް އޭރު އިސްލާހު ނުކުރި މިބާވަތުގެ ކަންކަން މިއޮތީ ތަހައްމަލް ކުރަން ޖެހިފައެވެ. ލިބުނު ފުރުސަތުގައި ކަންކަން އިސްލާހު ނުކުރުމުގެ ނަތީޖާ އަމިއްލައަށް ތަހައްމަލް ކުރަން ޖެހިފައެވެ. މިއީ ވެރިން އިބުރަތް ހާސިލް ކުރަން ޖެހޭ ކަންކަމެވެ.

    15
    1
  22. އައްލާގެ އަފީފް

    މިކަހަލަ ފުލުހުން ހެހެހެ މާތްވެގެންވާ އިސްލާމް ދީނާއި ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާއި ޤާނޫނު ތަކަށް ތެދުވެރިވެ ޤާނޫނާއި ގަވައިދުތައް ތަމްފީޛް ކުރުމުގައި އަހުރެން ގާއިމްވެ ދެމިހުންނާނަން ! މިއީތަ ގާނޫނު ތަމްފީޛު ކުރާ ގޮތަކި؟ ކޮންމެ ފަރުދަކާއިމެދު ކުލުނާއި އިޙްތިރާމާއި އެކު މުއާމަލާތް ކުރާނަން ހެހެހެހެ ހާދަ ސަޅިއޭ ތިޔަ މުއާމަލާތް ކުރާގޮތް ! މިގޮލާމެން ބުނާނެ ސިޔާސީ ނުވާށޭ ކިހިނެތްތަ ސިޔާސީ ވަނީ؟ ތިޔަ ޔުނިފޯމް ގަނޑު ބާލާފަ އެހެން ކަމެއްގަ އުޅެން މަށަށް ފެންނަނީ