ޕީޕީއެމްގެ ސަފުތައް ބަދަހި ކަމަށާއި، އަދި އަޒުމެއް ނުގުޑާ ކަމަށް ޕީޕީއެމްގެ ނައިބުރައީސް އަދި މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެމްބަރު ޣައްސާން މައުމޫނު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން 11 އަހަަރަށް ޖަލަށް ލުމަށް ހުކުމް ކުރުމުން ކުރެއްވި ޓްވީޓެއްގައި ޢައްސާން ވަނީ، ޕީޕީއެމްގެ ސަފުތައް ބަދަހިކަމަށް ވިދާޅުވެ، އެމަނިކުފާނު 2023ގައި ވެރިކަަމަށް ގެނައުމަށް އިންތިހާބު ކުރަން ހިތްވަރާއެކު ނުކުމެވަޑައިގެންނެވި ކަމަށް ވިދާޅުވެފައެވެެ.

"ގަދަފަދަވަންތަ މާތްﷲގެ ހަޒްރަތުން ނަސްރު އެދިތިބެ، ގައުމުގެ ހައްގުގައި، ރައީސް ޔާމީން ސަލާމާތްކޮށް އެމަނިކުފާނު 2023 ގައި ވެރިކަމަށް އިންތިހާބު ކުރަން މި ނުކުތީ ހިތްވަރާއެކު". ޣައްސާންގެ ޓްވީޓްގައި ވެއެވެ.

ރައީސް ޔާމީން 11 އަހަރަށް ޖަލަށް ލާން މިއަދު ކްރިމިނަލް ކޯޓުން ހުކުމްކޮށްފައި ވަނީ އެމަނިކުފާނުގެ މައްޗަށް ދައުލަތުން އުފުލި ރިޝްވަތު ގަބޫލު ކުރުމާއި މަނީ ލޯންޑްރިން ދައުވާ ސާބިތުވެގެންނެވެ.

ކްރިމިނަލް ކޯޓުން އިއްވި ހުކުމުގައި މަނީ ލޯންޑްރިން މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އިއްވީ ފަސް މިލިއަން ޑޮލަރުން (77 މިލިއަން ރުފިޔާ އިން) ޖޫރިމަނާކޮށް ހަތް އަހަރު ދުވަހަށް ޖަލަށް ލުމަށެވެ. އަދި ރިޝްވަތު ގަބޫލުކުރުމުގެ މައްސަލައިގައި އިއްވީ ހަތަރު އަހަރު ދުވަހަށް ޖަލަށް ލުމަށެވެ.

ޔާމީންގެ މައްޗަށް ހުކުމް އިއްވީ ރިޝްވަތު ގަބޫލު ކުރުމުގެ ކުށުގެ އެއްދަރަޖަ މަތި ކުރުމަށް ފަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނަރީޝް(ޑެޕިއުޓީ މޭޔަރު ފުރޮމް މާލޭސިޓީ)

    ރައީސް ޔާމިނު ނެތްތަނެއް ފޫބެއްދުމަށް އަޅުގަނޑަކީ ހަމައެކަނި ޗޮއިސް ދެއްތޮ!

    3
    2
  2. އަލްޖިބްރާ

    ބަދަހިވެފަ ތިބޭ ! ޖަލުހުރީ މަރުހަބާ ކިއަން ތައްޔާރަށް !

    2
    2