ގައުމީ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އައްޑޫސިޓީ، މީދޫގައި ހިނގާލުމެއް ބާއްވަން ނިންމައިފިއެވެ.

މީދޫ ޖަމިއްޔާ ޖަމާއަތްތައް ގުޅިގެން ބާއްވަ މި ހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 6:00 ގައި ސ. އަތޮޅު މަދުރަސާ ކުރިމަތިންނެވެ.

މި ހަރަކާތް އިންތިޒާމު ކުރާ ފަރާތުން ބުނެފައިވަނީ ހިނގާލުން ކުރިއަށްދާނީ ސްކޫލުން ފެށިގެން ކޯގަންނާއި ހަމައަށް ބޮޑުމަގުން ކަމަށާއި ހަރަކާތް ނިންމާލުމަށް ހަމަޖެހިފައިވަނީ ދުވަހުގެ ހާއްސަ ދުއާއަކުން ކަމަށެވެ.

މި ހަރަކާތަކީ ކްލަބް ލޮތަރި، މުލިމަތި ޔުނައިޓެޑް، މީދޫ އެކުވެރިންގެ ޗޭނު، ނަލަފެހި މީދޫ، ޝާއިރުންގެ ވާދީ އަދި މީދޫ އަވަށު އޮފީހާއި އިތުރު ޖަމިއްޔާތައް ގުޅިގެން ބާއްވާ ހަރަކާތެކެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކަމަނަ

    ގައުމެއްގައި ތިބި އެތައްބަތަކު ރޮއްވާފަ ކޮން އެއްބައިވަންތައޭ ކިޔަނީ ހުރި ހަލާކެްްގެ ބޮޑުކަމާއެ

    6
    1
  2. އާދަނާ

    މީއުމެއްތަ، މިތަނަކީ ސަދޫމަށްވުރެ ކަންތައްގޯސްތަނެއް މިހާރު ދެންކޮން އެއްބައިވަންތަކަމެއްތޯ އޮންނާނީ، މީދޫބޯބުރާންތިން ހޭބަލިވީތަ، ހަމީހުންއުޅޭތަނަކުން ކޮންމެދުވަހަކުވެސް ފެންނާނެ ހަމީހުންއެކީ ހިނގަލާތަން!

  3. Anonymous

    ތީކުރީގެ އުއްތަމަ ފަނޑިޔާރު މީދޫކައްލަބާދީދީގެ ރޭވުމެއް ހެންހީވަނީ؟؟