ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މި އަހަރު 2،162 މައްސަލައިގެ ޑިއުޓީ ޕްރޮސެކިއުޝަން ނިންމާލާފައިވާ ކަމަށް އެ އޮފީހުން މިއަދު ބުނެފިއެވެ.

ޕީޖީން މީޑިއާތަކާ ހިއްސާ ކުރި ތަފާސް ހިސާބުތަކަށް ބަލާ އިރު، މި އަހަރު އެކަނި ވެސް 1،920 ވަނީ ކޯޓަށް ފޮނުވައިފައެވެ. އަދި 1،234 މައްސަލަ ކޯޓުން ވަނީ ކާމިޔާބުކޮށްފައެވެ.

މި އަހަރުގެ އެންމެހާ ތަފާސް ހިސާބުތައް "އާމަހި" ވެބްސައިޓުން ފެންނާނެއެވެ.

"މި ތަފާސްހިސާބުތަކުން މި ނިޒާމު ހިނގަމުންދާ ގޮތުގެ ތަސައްވުރެއް ސިކުނޑިއަށް ގެނެވޭނެއެވެ. އަޅުގަނޑުމެންގެ ސިޔާސަތަކީ ވީހާވެސް ހާމަކަން ބޮޑު ގޮތެއްގައި މައުލޫމާތު ހާމަކުރުމެވެ. މިކަމަށް ފަހިވާނެ އިތުރު ދޮރުތައް 2023 ވަނަ އަހަރުގެ ތެރޭގައި އަޅުގަނޑމެން ހުޅުވާނަމެވެ،" ޕީޖީން މީޑިއާތަކަށް ފޮނުވި މެސެޖްގައިވެއެވެ.

"ތިބޭފުޅުން ހިތްޕުޅު ހަމަޖެހިވަޑައިގަންނަވާ މިންވަރަށް މައުލޫމާތު ހާމަކުރެވޭކަމަށް އުންމީދު ކުރަމެވެ. އަދި އެކިއެކި ސަބަބުތަކަށްޓަކައި ބައެއް މަޢުލޫމާތު ހާމަނުކުރެވޭކަމަށްޓަކައި, އަދި ބައެއް ބޭފުޅުންގެ ސުވާލުތަކަށް ވަކި ޖަވާބެއް ނުދެވި ވެދާނެކަމަށްޓަކައި މަޢާފަށް އެދެމެވެ."

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އެކަމަކު މުޖުތަމައު އަށް ބަލާލީމަ ކާމިޔާބު ކުރެވުނު ތަނެއް ނޫން ފެންނަނީކީ…އަދުލުވެރިކަން ހޯދުނީމާ ދޯ ކާމިޔާބަކީ…ބަޔަކަށް ހުކުމްތަކެއް މަހާލެވުނީމަ އަދި އެއީ ކާމިޔާބެއް ނޫން…އަދުލުވެރިކަން ހޯދިއްޖެ ނަމަ މުޖުތަމައު އަށް ބަލާލީމަ އެކަން އިހްސާސް ވާނެތާ..!