ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ ދެމެދު ޖެހިގެން އުޅޭ ހަގީގީ މައްސަލައަކީ ރައީސް ސޯލިހު ވެރިކަން ނުކުރެއްވުން ކަމަށް މަޖިލިހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު، ހަސަން ލަތީފު ވިދާޅުވެއްޖެއެވެ.

ހަސަން ލަތީފް އެގޮތަށް ވިދާޅުވީ ނަޝީދާއި އެމަނިކުފާނު ދެމެދުގައި މިހާރު ހިޔާލު ތަފާތުވެފައިވަނީ ވެރިކަމުގައި ހުރުމާއި މެދުގައި ކަމަށް އިއްޔެ ރައީސް ސޯލިހު ވިދާޅުވުމުން އެކަމަށް ރައްދު ދެއްވަމުންނެެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އެމްޑީޕީން ނެރޭނެ ރިޔާސީ ކެންޑިޑޭޓެއް ހޮވުމަށް ބާއްވާ ޕްރައިމަރީއާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހަސަން ލަތީފް ވިދާޅުވީ ނަޝީދަށް މައްސަލައަކަށް ވެގެން އުޅެނީ ރައީސް ސޯލިހު ވެރިކަމުގައި ހުރުމާއި މެދުގައި ނޫން ކަމަށެވެ.

ނަމަވެސް މައްސަލައަކަށް ވެގެން އުޅެނީ ރައީސް ސޯލިހު، އެމްޑީޕީގެ ވެރިކަމެެއްގައި އެމްޑީޕީގެ މެނިފެސްޓޯ ތަންފީޒުނުކުރުން ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

ހަސަން ލަތީފް ވިދާޅުވީ ރައީސް ސޯލިހު ވެރިކަމަށް ވަޑައިގެންނެވީ ވަރަށް ބޮޑެތި ވައުދުތަކާއެކު ކަމަށެވެ.

"ތަކުރާރުކޮށް ރައީސް ނަޝީދު އެ ވިދާޅުވަމުން އެ ގެންދަވަނީ އެ ވާހަކަ، ރޭގެ ޖަލްސާގައި ވެސް ރައީސް ނަޝީދު އެ ވިދާޅުވީ އެ ވާހަކަ. ކުރުކޮށް ދަންނަވާ ނަމަ، ޖުމްލަކޮށް ރައީސް ނަޝީދުގެ މައްސަލައަކީ ރައީސް ސޯލިހު ވެރިކަމުގައި ހުންނެވުމެއް ނޫން. ވެރިކަމުގައި ނުހުންނެވުން. ވެރިކަން ކުރައްވާތަން ފެނިވަޑައިނުގަތުން. ކަމެއް ނުކުރެއްވުން. އެއްވެސް ކަމަކާ އަޅާ ނުލެއްވުން. ފަރުވާ ކުޑަވުން. އިންތިހާއަށް ރިއެކްޓް ނުކުރުން" ހަސަން ލަތީފް ވިދާޅުވިއެވެ.

ހަސަން ލަތީފް ވިދާޅުވީ އެމްޑީޕީގެ މެނިފެސްޓޯ ބާއްވާފައި ރައީސް ސޯލިހު އުޅުއްވަނީ އެހެން ކަމަކާ ހެދި ކަމަށެވެ.

އޭނާ ވިދާޅުވީ އިންތިހާއަށް ކޮރަޕްޝަން އޮތް އިރު ކޮރަޕްޝަން ހިންގަމުންދަނީ ވެސް ރައީސް ސޯލިހުގެ އަރިސް ބޭފުޅުން ކަމަށެވެ.

ކޮރަޕްޝަން ނައްތާލުމަކީ އެމްޑީޕީގެ ވައުދެއް ނަމަވެސް ރައީސް ސޯލިހު ހުންނަވަނީ ލޯ މަރާލައިގެން ކަމަށް އޭނާ ވިދާޅުވިއެވެ.

"ބޮޑެތި ހިޔާނާތްތައް ވެފައިވާ ބޭފުޅުން މާ ކައިރީގައި ތިއްބަވާކަން. މާ ގިނަ ލަފާ އަދި މަޝްވަރާ ދެއްވާ. އަދި ރައީސް ސޯލިހުގެ ކެމްޕޭނަށް ހަރަދު ކުރައްވާއިރު އެކަންކަމަށް އަޅާނުލައްވާ ހުންނެވީމަ އެމްޑީޕީގެ މީހުން ސިފަ ކުރަނީ ވަރަށް ނުބައި ގޮތަކަށް" ހަސަން ލަތީފް ވިދާޅުވިއެެވެ.

ރާއްޖެ ދުށް އެންމެ ބޮޑު ހިޔާނާތް ކަމަށްވާ އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ހިމެނޭ ބޭފުޅަކު ރައީސް ސޯލިހުގެ ކެމްޕޭނަށް ހަރަދުކުރައްވަން ނިންމަވާފައި ވާތީ އޭނާގެ މައްސަލަ ނުބަލާ ކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ކެނެރީ

    ލަނޑަޔާ ވާނީ ލަނޑަޔާ ކަލޯ ހަަސަނާ

  2. މަރީ

    ތީ އަންނީގެ ޕަޕެޓެއްކަން ނޭގޭމިހަކު ނުއުޅޭނެ

    3
    1
  3. ރަން ރީނދޫ

    ދެރަކަމެއް ނުން. އޭނާ ވަށްކޮއް ރޮށިދަމާ ނިމެންދެން މަޑުން ތިބެބަލަ.

  4. އެލެކުސް

    ހަސަނަށް ކިހާވަރެއްލިބުން ކަޅުފައިސާއިން ލިބުނު ހަސަންމެން ވައްކަންކުރީ ގެއިންވެސް ގެޔަށް ކިޔަވަންގެނަ މަންޖެއެއް ހަލާކުކޮއްކޮއްތި ހުންނަނީ، ހުރިހާ ކަމަކުން ވައްކަން ޒީރޯ ޓޮލަރަންސް ދޯމީ؟؟؟

    3
    1
  5. ނަށްލަ

    ސޯލިހުގެ މަށްސަލަވަރަށްބޮޑު އިސްލާމީވެރިކަމެއް ނުކުރުމާއި ރަށްޔަތުން ހަނާކުރުންމީނަގެ އެންމެބޮޑު މަށްސަލަޔަކީ ދެންއަނެއްމަށްސަލައަކީ މީހަކުއެއްޗެއް ލިޔެފަދިނީމަ އެއެއްޗެއް ޕޯޑިއަމްތަކުގަ ކިޔުން ދެންއޮތް ނުކުތާއަކީ ސޯލިހަށް ވެރިކަންކުރުމުގެ ލަޔާގަތާ ގާބިލުކަންނެތުން މިއީ ހިތާމަކުރަންޖެހޭ ވަރަށްބޮޑު މަށްސަލައެއް މިކަން މިހިންވުމުންގައުމު މިދަނީ ބަނގުރޫޓުވަމުން.

    3
    1
  6. ވާނުވާ

    ސޯލިހުވާ ކެއްތެރި ޕާޓީ ތެރެއިން ދޮގުހަބަރުތަށް އިނތިހާއަށް ފަތުރާ އިރުވެސް އެމަނިކް ފާނުއެހުންނެވީ ރައްޔިތުން ނަށް ޙިދުމަތްކުރުމުގަ އަންނި ގެ ކަމަކީ ރައްޔިތުންނަށް ހެޔޮއެދޭ ކަމަށް ހެދިގެން ފިތުނަ އުފެއްދުން އަގުލަބިއްޔަތަށް ތަބާވާން ނޭގުނީމާ އެމީހެގެ އެތެރެ އޮންނާނެ ގޮތް ވަރަށް ސާފް. ވެރިކަން ކުރަން ނޭގުނު މީހަކަށް ވެރިކަން ދިނުމުގެ އެއްވެސް ބޭނުމެއްނެއް

    6
    5
  7. Anonymous

    ސޯލިހު ކެތްތެރީކީނޫނެވެ. އެއްޗެއްނޭގޭތީ އިންނަނީއެވެ. މީހަކުލިޔެދީފަ ދިންއިރަކުންތާ ރިއެކްޓްކުރެވޭނީ.

  8. ޢަބްދުއްލަޠީފު

    އޭނަޔަކީ ވަރަށް ދަތުރު ކުރާހިތްވާ މީހެއް. އެކަން އެބަކުރޭނު. ހެވެއްނު ވެރިކަން ނުކުރެވުނަސް. އެކަމާ އަޅާލާނެ މީހަކު ހުރީކީނޫން. ނުބީހެންޏާ ކަނޑާހަމަ އުޞޫލު އޮންނަ މިކަހަލަ ގައުމެއްގަ ޞާލިޙުގެ ބަދަލުގައި ބުޅަލެއް ހުއްޓަސް އެންމެ ހެޔޮތާ؟