މޯލްޑިވްސް ކުއެލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން އެކްރެޑިޓްނުކޮށް، ބައެއް ކޮލެޖްތަކުން ރާއްޖޭގައި ކޯސްތައް ހިންގަމުންދާ ކަަަށް ބުނެފިއެވެ.

އެމްކިއުއޭއިން ނެރުނު ބަޔާނެއްގައި ބުނީ، ޕްރޮގްރާމް އެކްރެޑިޓޭޝަން ގަވާއިދުގެ ފަސް ވަނަ މާއްދާ ގެ ދަށުން ރާއްޖޭގައި މަތީ ތައުލީމުގެ ޕްރޮގްރާމްތައް ހިންގުމުގެ ކުރިން އެ އޮތޯރިޓީން އެކްރެޑިޓް ކުރަން ޖެހޭ ކަމަށެވެ.

ނަމަވެސް، އެ އޮތޯރިޓީން އެކްރެޑިޓްކޮށްފައި ނުވާ ޕްރޮގްރާމްތައް އިޝްތިހާރު ކުރަމުންދާ ކަމަށް ފާހަގަކުރޭ ކަމަށް އެ ބަޔާނުގައި ވެއެވެ.

މިގޮތުން، މަތީ ތައުލީމުގެ ޕްރޮގްރާމްތައް އެކްރެޑިޓްނުކޮށް ހިންގުމާއި އިޝްތިހާރު ކުރުމަކީ ރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނު ގެ ދަށުން ހަދައި ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކޮށްފައިވާ "އެކްރެޑިޓޭޝަން ގަވާއިދު" އާއި "ގައިޑްލައިންސް ފޮރ ޕްރޮގްރާމް އެކްރެޑިޓޭޝަން" ގެ ދަށުން މަނާ ކަމެއް ކަަމަށް އެމްކިއުއޭއިން ބުނެފައި ވެއެވެ.

ނަމަވެސް، ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑަށް ނުފެތޭ ގޮތަށް އަދި we އޮތޯރިޓީން އެކްރެޑިޓް ކޮށްފައިނުވާ ޕްރޮގްރާމްތައް ރާއްޖޭގައި ހިންގާ ޕްރޮގްރާމްތަކެއްge ގޮތުގައި ޢާwqމުންނަށް އޮޅުން އަރާގޮތަށް އިޝްތިހާރުކުރަމުންދާ އެ ބަޔާނުގައި ވެއެވެ.