އެމްޑީޕީގެ ދަފްތަރުން އުނިވި މެންްބަރުން އަލުން ޕާޓީ އަށް ވަނުމުގެ ފުރުސަތު ދެވެންދެން ރިޔާސީ ޕްރައިމަރީ ފަސްކޮށް ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕެއިން ޓީމުން ގޮވާލައިފިއެވެ.

އަންނަ މަހުގެ 28 ވަނަ ދުވަހު އޮންނަ އެމްޑީޕީގެ ޕްރައިމަރީގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދު ވާދަކުރައްވާ އިރު، ދެ ބޭފުޅުން ވެސް ކެމްޕެއިން ވަނީ ފައްޓަވައިފައެވެ. މިއީ އެމްޑީޕީގެ ސިޔާސީ ދިގު ތާރީހުގައި އެ ޕާޓީން ބާއްވާނެ އެންމެ ފޯރިގަދަ، ވާދަވެރި ރިޔާސީ ޕްރައިމަރީއެވެ.

ނަޝީދުގެ ކެމްޕެއިނު ޓީމުގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ އެމްޑީޕީގެ ދަފްތަރުން 39،000 މެމްބަރުން އުނި ކުރި މައްސަލަ ޝަކުވާއެއްގެ ގޮތުގައި އެމްޑީޕީގެ ޝަކުވާ ކޮމިޓީ އަށް ހުށަހަޅުއްވާފައިވާނެ ކަމަށެވެ.

"މިހާރުވެސް ރައީސް ނަޝީދުގެ އެންމެ ބޮޑު ޝަކުވާ ވާނީ ހުށައަޅުއްވާފައި. 39،000 މެންބަރުންގެ ޝަކުވާ ވާނީ ހުށައަޅާފައި،" މަޖިލިހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ އޭނާ ވިދާޅުވިއެވެ.

ޕާޓީން ވަކިކުރި މެންބަރުންގެ ތެރޭގައި 2005 ވަނަ އަހަރު އެ ޕާޓީއާ ގުޅުނު ޕާޓީގެ އެންމެ ދުވަސްވީ މެންބަރުން ހިމެނޭ ކަމަށާއި އެމީހުން ވަކި ކުރީ އުސޫލުގެ ތެރެއިން ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެ ޝަކުވާތަކަށް ހައްލު ހޯދައި ނުދީ ޕްރައިމަރީ ބާއްވައިގެން ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

""ހަގީގަތުގައި އެމްޑީޕީން މިވަގުތު ކުރަންވީ މަސައްކަތަކީ ޕްރައިމަރީ ބޭއްވުމުގެ މަސައްކަތް މަޑުޖައްސާލާފައި، އެމްޑީޕީން ވަކިކޮށްފައި އޮތް 39.000 މެންބަރުންގެ ހައްގުތައް ހޯދައިދެވޭނެ ކަހަލަ ގޮތަކަށް މަސައްކަތްކޮށް، މަސައްކަތް ނިންމުމުގެ ކުރިން ޕްރައިމަރީ މަޑު ޖައްސާލުން،" ހަސަން ލަތީފް ވިދާޅުވިއެވެ.

ސަލްޓަން ޕާކްގައި ނަޝީދުގެ ސަޕޯޓަރުންނާއެކު ރޭ ބޭއްވި ޖަލްސާގައި ނަޝީދު ވެސް ވިދާޅުވީ އެމްޑީޕީގެ ދަފްތަރުން އުނިކުރި 39،000 މެމްބަރުންގެ ތެރޭގައި އެމަނިކުފާނަށް ވޯޓު ދެއްވާނެ ގިނަ ބޭފުޅުން ހިމެނޭ ކަމަށެވެ. އެކަމަކު، އެ ޕާޓީގައި މިހާރު ތިބި މެމްބަރުންގެ ވޯޓުން އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމުގެ ޔަގީންކަން ނަޝީދު ވަނީ ދެއްވައިފައެވެ.

އެމްޑީޕީން އާންމު ކުރި ވޯޓާސް ލިސްޓުގައިވާ ގޮތުން 57،714 މީހުންނަށް ވޯޓުލެވޭނެއެވެ. މި ލިސްޓާ މެދުގައި ޝަކުވާ އެއް އޮތް ނަމަ، އަންނަ އާދިއްތަ ދުވަހު 4:00 އާ ހަމައަށް ޝަކުވާ ހުށަހެޅޭނެއެވެ. ޕްރައިމަރީގައި ވޯޓުލެވޭނީ މި މަހުގެ 18އާ ހަމައަށް ޕާޓީގެ މެމްބަރެއްގެ ގޮތުގައި ރަޖިސްޓްރީވެފައިވާ މީހުންނަށެވެ.

އެމްޑީޕީން ވޯޓާސް ލިސްޓު އާއްމުކުރިއިރު، އެމްޑީޕީން ވަކިކުރި މެންބަރުންނަކީ "އަސްލު އެމްޑީޕީ މެންބަރުން" ކަމަށާއި އެއީ ސޯލިހަށް ވޯޓް ނުދޭނެހެން ހީވާ 39,000 މެންބަރުން ކަމަށް ނަޝީދު ރޭ ވަނީ ވިދާޅުވެފައެވެ. ނަޝީދު ވަނީ ވޯޓާސް ލިސްޓް ގަޑުބަޑުކޮށްފައިވާ ކަމަށް ބުނެ ފާޑު ވިދާޅުވެފައެވެ.

އެމްޑީޕީގެ ދަފްތަރު ގަޑުބަޑު ކޮށްފައިވާ ކަމަށް ނަޝީދު ކުރާ ތުހުމަތުތައް އެމްޑީޕީން ވަނީ ދޮގު ކޮށްފައެވެ. އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޕާޓީގެ ދަފްތަރަށް ބަދަލު ގެނައީ ގައުމީ މަޖިލީހުން ފާސްކޮށްފައިވާ ގަރާރާއި އެއްގޮތައް ކަމަށެވެ. ޕާޓީން ވަކިވި މެންބަރުންނަކީ އެހެން ޕާޓީތަކުގެ މެންބަރުން ކަމަށް ވެސް އެމްޑީޕީން ބުނެއެވެ.

ހަސަން ލަތީފް ވިދާޅުވީ ޝަކުވާ ހުށައެޅުމަށް އެންމެ ތިން ދުވަހުގެ މުއްދަތެއް ދިނުމަކީ ބަލައިގަންނަން އުނދަގޫ ކަމެއް ކަމަށެވެ. އެ ފުރުސަތު އެހާ ހަނިކުރުމަށް ފަހު އެކަން ހުށައެޅުމަށް ފުރުސަތު ދިނީ އޮންލައިންކޮށް ކަމަށާއި ޕާޓީގެ ދުވަސްވީ މެންބަރުންގެ ތެރޭގައި ވަރަށް ދޮށީ އުމުރުގެ މީހުންވެސް ހިމެނޭ ކަމުން އެފަދަ މެންބަރުންނަށް އޮންލައިންކޮށް ޝަކުވާ ހުށައެޅުމުގެ ފުރުސަތު ދިނުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ސާވޭތަކުން ދައްކާ ގޮތުން ގާތްގަނޑަކަށް 80 ޕަސެންޓާ ގާތްކުރާ އަދަދަކަށް މިދެންނެވި ވަކިކުރި 39،000 މެންބަރުންގެ ތެރޭގައި ތިބީ ރައީސް ނަޝީދަށް ތާއިދުކޮށް އަދި މި ޕްރައިމަރީގައި ވެސް ވޯޓު ދިނުމަށް ތައްޔާރަށް ތިބި މެންބަރުން،" ހަސަން ލަތީފް ވިދާޅުވިއެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޔާން

    ދުވަސްވީ މެންބަރުން އަމިއްލައަށް ޕާޓީއިން ވަކިވަކިވީ މިޑްޓާމް ހަދާފައި ބަރުލަމާނީ މަރުފަލިން ކަނޑުމަތި ނުފިލާގެން. ޕްރައިމަރީ ވެސް ލަސްކޮށްލަންވީ މިއަހަރު އެކަލޭގެ ހައްޖަށް ވެސް ދާން ބޭނުންވެދާނެ. ފަސްހަފަހަރު އުމުރާއަށް ވެސް ގޮސް ފޮޓޯ ތަޅާލަންޖެހޭނެ. އިސްލާމީ މަރުކަޒު ގުއްބުން ބަނޑިފިލުވައިދޭންވެސް އެތަނަށް ވެސް އަރަންޖެހޭ. މިއޮށް ހުރިހާ ދުވަހު ވަގު އެކައުންޓްތަކުން ދީނަށާއި ރަސޫލުންނަށާއި ހެއްދެވި ފަރާތަަށް މަލާމާތާއި ފުރައްސާރަ ކުރުމުުގައި. 2023 އަށް އަޅާލީމާ އިސްލާމިކް ވެރިކަމޯ ކުރަން ބޭނުންވަނީ ކިޔާ ރައްރަށަށް އަރާ މިސްކިތްތަކުގައި ފޮޓޯ ނެގުން އޮތީ. ޔަހޫދީ ކަލޭގެ އަބަދަކު ދިވެހިން ބޯކާލައިގެން ނޫޅެވޭނެ

    8
    2
  2. ކިޔުންތެރިޔާ

    މިކަލޭގެ އަބަދުވެސް މިގޮތަށް ގައިގޯޅިވެގެން ފޮޓޯނެގުމާއި، ދީނާއި ބީރައްޓެހި ހުރިހާކަމެއް ހުއްދަ ކަމެއްގެ ގޮތުގައި ޕްރޮމޯޓް ކުރުމަށް ކުރަމުން މިގެންދާ މަސައްކަތްތަކަކީ ވަރަށް ނާތަހުޒީބު މަސައްކަތްތަކެއް. ފިރިމީހާގެ ކުރިމަތީގަ އެހެން ފިރިހެނެއްގެ ކޮަނޑަށް އަތްއެއްލައިގެން ގައިގޯޅިކޮށް އިންނަން ލަދެއްވެސް ނުގަނޭދޯ؟

    6
    3
  3. ކާލި

    ގޭގެޔަ ގޮސް ދަރިންގެ ނެޕީވެސް ބަދަލުކުރާނެ މިސޮރު އަލަގިރީގެ ބޭބެ