މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު "ރިލްވާން ފަދައިން މަރާލެވިފައިވާ ކުދިންނަށް އިންސާފު ހޯދައިދޭނަން" ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ބަސްފުޅެއް މީސް މީޑިއާގައި މިއަދު ވައިރަލް ވެއްޖެއެވެ.

"ރިލްވާން ފަދައިން މަރާލެވިފައިވާ ކުދިންނަށް އިންސާފު ހޯދައިދޭނަން." ކަމަށް ރައީސް ނަޝީދު ވިދާޅުވީ ޖޫން މަހުގެ 25 ވަނަ ދުވަހު ރިލްވާންގެ އާއިލާ އަށް ކުރެއްވި ސްކައިޕް ކޯލެއްގައެވެ.

"ރިލްވާންގެ މައްސަލައިގައި އަދި ރިލްވާން އާއި އެއްފަދައިން މަރުވެފައިވާ މަރާލެވިފައިވާ އެތައް ކުދިންނެއް އެބަވޭ. އެހުރިހާ ކުދިންގެ މަރުގެ ހަޤީޤެއް ހޯދޭނެ އިންކްއަރީއެއް އުފައްދާ އަޅުގަނޑުމެންގެ ސަރުކާރެއްގައި އެކަން ކުރާނަން." ރައީސް ނަޝީދު އެދުވަހު ވިދާޅުވިއެވެ.

މިއަދު ރައީސް ނަޝީދުގެ ވާހަކަފުޅު ވައިރަލް ވެފައި ވަނީ ރިލްވާން ނިޔާވެފައިވާ ކަމަށް ރައީސް ޔާމީން ވިދާޅުވުމުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުން ރައީސް ޔާމީނަށް އަމާޒުވެފައި ވަނިކޮށެވެ.

މިއަދު ރައީސް ޔާމީން ދެއްކެވި ވާހަކަފުޅެއްގައި ރިލްވާން ނިޔާވެފައިވާ ކަމަށް ވިދާޅުވި ނަމަވެސް ރައީސް ޔާމީން ވަނީ އެހެން ވިދާޅުވެވުނީތީ ފަހުން މަޢާފަށް އެދިވަޑައިގެންފައެވެ. އަދި ރިލްވާން ދިރިހުއްޓާ ފެންނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.

ރިލްވާން ގެއްލިފައި ވަނީ 8 އޮގަސްޓް 2014 ގައެވެ.

ރިލްވާން ގެއްލުމުެ ފަހަތުގައި ވަނީ ކޮން ކަންތައްތަކެއް ކަމެއް ސާފު ނުވިއަސް އޭނާ ގެއްލުނު ރޭ ބަޔަކު އޭނާ އަށް ފާރަލިކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. އޭނާ ގެއްލުމުގައި ގޭންގްތަކާ ގުޅުން އޮތް ކަމަށް ބުނެ ބަޔަކު ހައްޔަރު ވެސް ކުރި އެވެ. އޭގެތެރެއިން ދެމީހެއްގެ މައްޗަށް ކްރިމިނަލް ކޯޓުގެ ޝަރީޢަތް ހިންގި ނަމަވެސް ކުށް ސާބިތުވެފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

  1. ވެލެޒިނީ

    ވެލެޒިނީ ވެސްބުނި ކެނެރީ ނަސީދު ކައިރީ އަހާސޭ ރިލްވާންވީ ކޮންތާކުހޭ ރިލްވާނު ވީތަނެއް ކެނެރީ ނަސީދަށް އިނގޭނޭ ، ރިލްވާނުގެ މަންމަ އަހާބަލަ ކެނެރީ ނަސީދު ކައިރީ ރިލްވާން ވީތަނެއް

  2. އަބްދުއްލާ

    ރިޒްވާން ގެއްލުމާ އަފްރާސީމް މަރުގެ ފަހަތުގަ ތިޔަބޭފުޅާ ހުންނެވިކަމާމެދު ސައްކު ކުރެވޭ. ތިބޭފުޅާ ވިދާޅުވި އަފްރާސީމްގެ ގާތިލުން މެދުއިރުމަތީގައުމަކަށް ފުރައިގެންދިޔަވާހަކަ .އަފްރާސީމް ގަތުލު ކުރިމީހުން މަނިކުފަނަށްފޯނުކުރެއްވީތަ ؟ އެހާވަރަށްއެކަން އެގުނީ . ރިޒްވާނުގެ މައްސަލާގަ ސައްކުކުރެވެނީ އެދުވަސްވަރު މިނިވަންނޫހާ އައިރިސްޓައިމްގާ މަނިކުފާނުގެ ދިނަށް ފުރައްސާރަކުރި އިންޓަވިއު .މިލިއުން އިންާޓަވިޔު މިނަވަންނޫހުގާ ލިއުނީ ރިޒްވާން މިލިއުމާ ދެކޮޅުހަދާނެރުނު ނޫސްބަޔާނުގަ ވިދާޅުވީމެއްނު ކޮމާކޯޅީގަ އެހުރީ ނޫސްވެރިޔާގެ އަމިއްލަ ހިޔާލޭ ހަނދުމަފުޅު އެބަހުރިތަ ؟

  3. ޜިފާ

    ޢަމިއްލަޔަށް ކުޑަކުޑަ ޤައުމެއްގަ ވެރިކަން ކުރަން ނޭގުނު މީހަކަށް ދެން ވާނީ ކޮންކަމެއް،،ތިޔައުޅެނީ ރިޝުވާނުގެ އާއިލާއަށް ހުވަފެން ދައްކަން ވެގެން ....

  4. ރުޒާނާ ޗޮއްޕަޓު

    އޭނަ މަރުވެއްޖެތަ!!!!!! ބަލާބަލަ ކަލޭގެ ހުރި ނުބައިކަން.

  5. މޮޔަ ގޮލާ

    ނުހޯދައިދީ ތިހުންނަނީ. ކީއްވެ. ކޮން ދުވަހެއް އަންނަންދެން ކަލޭ ތިހުންނަނީ؟ ތީ ހުކުމް ކޮށްފަ ހުރި ޓެރަރިސްޓެއް. މަގާމަކަށް ކުރިމަތި ލައިގެން އުޅޭ މީހެއް ނޫން. ލެވޭނެ މީހެއް ނޫން. ދެން ކޮން ބޭނުމެއް ތި ބޭނެނީ

  6. ޖޮއްބެ

    ތަންތާގައި މަރުމޯލުން ތިބޭ އެކަމަކު މިވަރުގެ ކަމެއް ނުދެކެން.

  7. ޔަހޫދީ

    ކަލޭ ބުނި ލެޕްޓޮޕަކާ ރިސޯޓަކުން ޤައުމު ހިންގާ

    ނަމޭވެސް. ކިތަށް ލެޕްޓޮޕާ،ކިތައް ރިސޯޓު ދިނިން؟ ނަސާރާ ދީން ފެތުރުން ނޫން ކަމެއް

    ނުވި. ބޮޑު ޔަހޫދީ. ކަލެއަށް ހަލާކު ހުރި

  8. ޖޮއްބެ

    އަނހަ އެންމެފަހުން ގޮސް، މިސްކިތު ހުޅުޖެހިމީހާ އަށްވެ ނިމުނީދޯ. މިގައުމުގެ އެންމެން މިއުޅެނީ ރިޟްވާނަށް ވީގޮތެއް ނޭނގިގެން މިކަލޭގެއަށް އެނގިއްޖެ އޭނާ މަރާލާފައިވާކަން.....؟؟؟؟ ޕަކާސް.

  9. އަބްދުއްލާ

    ރިޒްވާން ފަދައިން މަރާލެވިފައީ މިލިއުމުގާ މިއޮތީ ނަސީދު ވިދާޅުވި ގޮތަށް ތޯ ؟ އެހެންކަމަށް ވާނަމަ ރިޒްވާން މަރާލިކަމަށް ނަސީދު އަށް އިއުތިރާފް ނުވެވޭބާ ؟ އަޅުަގަނޑުމެނަށް ރިޒްވާންމަރުވި ކަމެއްނޭގޭ އެކަމަކު ނަސީދަށް އެކަން އެގިއްޖެ ދޯ

  10. ދޮންކަނބުލޮ

    ކޮބާހޭ ޢަލީ ޙުސެންފުޅުގެ މަރުގެ ތަހުޤީޤު، އަންނި ވެރިކަމުގައި ގެއްލުނުމީހެއް، އެކަމުގެ އިންސާފު ނުހޯދި މީހަކަށް، ދެން ކޮން އިންސާފެއް ހޯދޭނީ،
    ހުސްދޮގު ހުސްދޮގު................

  11. ޏަމްޏަމް

    ސޮނިފޯލީ ކައޭގެ ގަމާރުކަން އިހުނައްވުރެ އިތުރުވެއްޖެ ކައެއަށް ކުރެވޭނެ ކަމަކީ ނަސޯރާއިން ރާއްޖެ ގެނެސް ފައްޅި އެޅުން މިނޫން ކަމެއް ކައެއަކައް ނުކުރެވޭނެ.

  12. ދޮށިމޭނާ

    ކަލޯ ތިޔަހަރީ ރަނގަޅަށް ވެސް ޗޮނިވެއްޓިފައި ކޮބާ ތިޔަ ބޯގަޅި ވެރިކަމުގައި ކޮށާލި އަފްރާސީމް އިންސާފު ހޯދައިނުދެވުނީ ޗޮނިފޭބި ވަރުންދޯ؟ މިހާރު ޗޮނި ފައިބަނީ ތަރައްގީގެބާނީ ފަސް އަހަރުގެ ތެރޭގައި ގެނެސްދެއްވި ތަރައްގީ ފެނިގެން ތޮޗޮނިފާބަނީ ދޯ؟

  13. ގާސިމު

    ޢެހެން ބުނެފަވެސް އެއާއިލާއައް މަލާމާތުގެ ހިނިގަނޑެއް ގަޅާލީ. ހުރި ނުބައި ނުލަފަކާން

  14. ޙަސަން

    ކަލޯއަށް މީހަކު ސަލާމަތްކުރަން އުޅެވޭނީ ހަމައަށް ދެލޯ ހުޅުވިގެންނޫންތަ. އަދިވެސް މިތަނަށް ކަލޯ ފާބެގަންނަންޖެހޭތަ. ތި އިބޫއަށް ދޫކޮށްލަބަލަ. ކަލޯނޫނަސް މިޤައުމުގަ ސިޔާސީ ދަންނަމީހުން އެބައުޅެޔޭ. ވެރިކަން ނުކުރެވިގެން 3 އަހަރުތެރޭ ވައިވެގެން ދިޔަ މީހަކު އަހަރެމް އަނބުރާ ބޭނުމެއްނޫން. ސޮރީ. އެކޮޔާ ދެންހުރެލާ. ވެރިަކަމަކާ ކޮއެފުޅަކީ ކުފޫ ހަމައެއްނުވޭ.

  15. މޫސާ

    ޤާޒީ ވަގައްނަގާ އެކެހެރި ކުރި ރެކޯރޑު މުގުރާލި ރައީސަކީ މުޅިދުނިއެއިން ވެސް ނަޟީދު. ދެން ކޮން އިނސާފެއް ގާެއިމް ކުރެވޭނީ އިބޫ. ހަމަ ޖެހޭނީ އެއްތާކު އަދި ވެރިކަނ ލިބުނަސް ވާނީ މާބޮޑަށް ގޯސް.

  16. އާބިދާ

    އަންނި ކަލޭމެންނަށް އަހަރުމެން ދުވަހަކުވެސް ވޯޓެއް ނުދޭނަން ތިއީ އިސްލާމް ދީނުގެ އަދުއްވެއް

  17. ނުޢައިމު

    މީނަގެ ޚުދުމޮޚްތާރު ވެރިކަމުގައި މަރާލެވުނު 28 މީހުންގެ ޙައްޤު މީނައަށް ހޯދައިދެވުންތަ؟ މިހާރު ކީކޭތަ މިކިޔަނީ؟

  18. ޙާޖީ ތުއްތު ދީދީ

    އަނެއްކާ ތި އަންނީ ގާތު ރިޟްވާނު ބަހައްޓައިގެން ނޫންތަ ތިހުރިހާ ވާހަކައެއް ތި ދައްކަނީ؟؟

  19. ޒާ

    އަނގަ ނުތަޅާ ފުރަތަމަ ކަލޭގެ ޖަލު ހުކުމް ތަންފީޒުކޮށްބަލަ.

  20. މަޤާމް

    މީ އިންސާފު ހޯދަދޭން ކާކު. މިކަލޭގެ ހައިސިއްޔަތަކީ ކޮބާ. ހުރީ ކޮންތާކު. ބޮނީ ކޮންއެއްޗެއް. ވަރަށް ސަލާމް

  21. އަލީ

    ކޮންދުވަހުކުން އަދި ކޮން ހައިސިޔަތުކުން ބާ؟؟

  22. ލާހިކު

    ނަޝީދޫ!!!!!! ކަލެއަށް ހީވޭތައް އެހެންމީހަކަށް ހިމާޔަތާއި އިންސާފު ހޯދާ ދެވިދާނެހެން، ފުރަތަމަ ތިމާ މީހާގެ ލޯ ރަނގަޅަށް ހުޅުވޭތޯ ބަލާ، އެއަށްފަހު ކަލޭގެ ވެރިކަމުގެ 3 އަހަރު ތެރޭގަ ޕްރިޕެއިޑް ޝިއުނާ އަށް ބޭސް ގަތުމުގެ ނަމުގައި ދީފައިވާފައިސާ އާއި ފަޅުރަށްތައް ދިވެހީންނަށް ހޯދާދީ. އަދިވެސް އެފަދައިން އެތައް ބަޔަކަށް ނަހަމައިން ރައްޔިތުންގެ ފައިސާބަހާފަ އެބަހުރި. އެ އެއްޗެހި ހޯދާދީ. އެއިރުން އިންސާފު ލިބޭނެ.

  23. ނަޝީދުގެ ތިލަފަތް/އެމްޑީޕީގެ ފިކުރު

    މިއީ ވަކިމީހަކަށް ވަކިކުލައަކަށް ނުބަލައި އެމީހަކު ފާޅުކުރާ ޝުޢޫރުތަކާއި ޚިޔާލުތަކަށް ބަލައި މީހަކު އިޚްތިޔާރު ކުރުމުގެ ވަގުތެވެ. މިވަގުތު ބަލަންޖެހޭނީ، ރިޔާސީ ނިޒާމާއި ބަރުލަމާނީ ނިޒާމުގެ ތަފާތެވެ. ރަސްކަން ކުރެއްވުމާއި، ރައީސުލްޖުމުހޫރިއްޔާކަން ކުރުމުގެ ތަފާތެވެ.