ސްރީ ލަންކާގައި ދިރިއުޅޭ ދިވެހިންނަށް ހާއްސަކޮށް ގުރުއާން ކޯސްފަދަ ކޯސްތައް ހިނގޭނެ ގޮތްތަކާއިބެހޭ ގޮތުން މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާތައް ކުރެވިގެން ގޮސްފައި ވަނީ ރާއްޖެއިން ސްރީ ލަންކާއަށް ކަނޑައަޅުއްވާފައިވާ ސަފީރު އަލީ ފާއިޒު އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ޢަލީއާއެކު ބޭއްވި ބައްދަލު ކުރެއްވުމުގެ ތެރެއިންނެވެ.

މި ބައްދަލުވުމުގައި ސްރީލަންކާގައި ދިރިއުޅުއްވާ ދިވެހިންނަށް ދީނީ މަޢުލޫމާތު ދެއްވުމަށް އެހީތެރިކަން ފޯރުކޮށްދިނުމާގުޅޭ ގޮތުން މަޝްވަރާކުރެއްވިއެވެ.

އެގޮތުން ލަންކާގައި ހުންނަ މޯލްޑިވިއަން އެޑިއުކޭޝަނަލް އެންޑް ކަލްޗަރަލް ސެންޓަރު ނުވަތަ ސޯސަންވިލާގައި ހުކުރު ކުރުމަށްޓަކައި، އިސްލާމިކް މިނިސްޓްރީން ނެރޭ ޚުޠުބާ، ލަންކާގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނަށް ލިބޭނެ އިންތިޒާމު ހަމަޖެއްސުމާގުޅޭ ގޮތުންނާއި ލަންކާގައި ދިރިއުޅޭ ދިވެހިންނަށް ޚާއްސަކޮށް ޤުރުއާން ކޯސްފަދަ ކޯސްތައް ހިނގޭނެ ގޮތްތަކާއިބެހޭ ގޮތުން މަޝްވަރާ ކުރިއަށް ދިޔައެވެ.

މި ބައްދަލުވުމުގައި އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ޢަލީ ވިދާޅުވީ މިނިސްޓްރީގެ މެންޑޭޓްގެ ތެރޭގައި ހިމެނޭ ކަންކަމުގެ ތެރެއިން އިސްލާމްދީން ފެތުރުމާއި، އިސްލާމްދީނުގެ މައުލޫމާތުތައް ފޯރުކޮށްދީ، ގުރުއާން ކޯސްފަދަ ކޯސްތައް ހިންގޭނެ ގޮތްތަކަށް ބަލާނެ ކަމަށާއި، އެކަންކަން ކުރުމަށް މަސައްކަތް ކޮށްދޭނެ ކަމަށެވެ.

އަދި އިސްލާމީ ތަޢުލީމު ފޯރުކޮށްދީ، ދީނީ މަޢއުލޫމާތު އާންމުންނަށް ފޯރުކޮށްދިނުމަށްޓަކައި ރާއްޖޭގެ ދީނީ ޢިލްމުވެރިން ލަންކާއަށް ގޮސް، ލަންކާގައި ތިބޭ ދިވެހިންނަށް ދަރުސް ދިނުން ކަންކަން ކުރެވޭނެ ގޮތްތައް ބަލައި، އެގޮތަށް މަސައްކަތް ކޮށްދޭނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. Anonymous

    ކިތައްމެ ކޯހެއްހިންގާ ރައްޔިތުން ބޯކާން އުޅުނަސް މިހާރު އެމެނަށް ތިކުރަން އުޅޭކަން އެގޭކަމަށް އެއްބަޔަކު އެބަ ކިޔާ.

  2. އަލީ އާޒިމް

    ހަހަަހަހަ މި ޒާހިރު އާއި އިމްރާން ކޮމަންޑޫ ދާއިރާ ގެ ބައި އިލެކްޝަން ގައި މަރޮށީ މީހުންނަށް ލާރީ ވަޒީފާ ދޭނެ ވާހަކަ ބުނެ ރައްޔިތުން ހައްދާ ހައްލާ ކަން ކަން ކޮށްފައި މީހުންނަށް ދޮގު ހަދާ އޮޅުވާލައި އެފަދަކަން ކަން ކޮށްފައި ހުރި މީހެއް

  3. ގައުމީ ލޯބި

    މޮޅުވާހަކަ ނުދައްކާ މިހާރު ހުޅުމާލޭގެ މިސްކިތްތަކުން ބަނގި ނުގޮވާ.. އެއްގޮތަކަށްވެސް..

    މިދެންނެވީ ބަންގި ގޮވަނީ އަޑުގަދަ ކުރާ އޮފްކޮށްގެން ތިބެ

    މީތޯ އިސްލާމިކް މިނިސްޓްރީ އަނގާގޮތަކީ؟

    10
  4. ހައްދުންމަތި

    ހަމަ ގުރުއާނޭކިޔާފައި ފޮޓޯނެގިޔަސް ނުވޭ ދޯ

    ފުރަތަމަ މިސްކިތުގެ އަޑު ހިފަހައްޓަބަލަ

    ބަންގީ ގެ އަޑުކަންޑުވާލި މިނިސްޓަރު ތީ ކޮންހާ ވާހަކައެއްތޯ ތިދައްކަވަނީ؟

  5. އަލީ

    ތިޔަގޮތައް މިސަރުކާރު ވެރިކަމައްއައިސް ރާއްޖޭގެ ހުރިހާމިސްކިއްތަކެއްގައި އޭ ސީ ބަހައްޓާ ހުރިހާމިސްކިއްތަކެއްގައި ގުރުއާންކުލާސްތައް ހިންގަވާ ހުރިހާ ސުކޫލުކުދިންނަށް ހެނދުނުގެ ނާސްތާދޭ. އެހެންމީހުން ގަމާރުންނަށް ހަދަނީތަ .

  6. ހެއްވާމަޖާ

    ދިވެހިސަރުކާރުގެ ދެ އިދާއިން ކަމަކާ މަޝްވަރާކުރިޔަސް އެކަން މިވަނީ މާސިންގާ ޕްރޮޖެކްޓެއް ހިންގާކަމަށް. އެއް އޮފީހުން އަނެއް އޮފީހަށް ކަމަކަށް އެދި ސިޓީއެއް ފޮނުވާލިޔަސް އެކަން ވަނީ މާބޮޑު މާވަރުގަދަ ނިންމުންތަކެއް ނިންމިކަމަށް. މިކަހަލަ ސްޓަންޓް ނޫން ކަމެއް ނުފެނޭ. މީނާ މިތަނާ ހަވާލުވެފައި ފުރަތަމަ ކުރި ކަމަކީވެސް ކުރީގެ އަބިގޮއްޔެ ގޭގައި ކިޔަވަން އައިސް އުޅުނު ވާވުއަތޮޅު މީހަކަށް ބޮޑު މަގާމެއް ދީފައި އެމްބަސީއަށް ގެންދިޔައީ.

  7. އަލީ ބުނީ

    ދިވެހި ރާއްޖޭގަ ތިކުރާކަމެއް ކޮއްބަލަ.