ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ފަށަން ވެގެން ދިން ތަގުރީރުގައި، އެމަނިކުފާނަށް ދެވަނަ ދައުރެއް ދޭން ޖެހޭ އެންމެ ސަބަބެއް ވެސް ނުދެއްކުނު ކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.

ޑރ.ޖަމީލަކީ 2013 ވަނަ އަހަރު ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގެންނެވިއިރު ނައިބު ރައީސް އެވެ. ނަމަވެސް ރައީސް ޔާމީނާއި ޑރ.ޖަމީލްގެ ހިޔާލު ތަފާތުވުންތައް ބޮޑުވެ އެންމެ ފަހުން ޕީޕީއެމްގެ އަޣުލަބިއްޔަތު އޮތް ރައްޔިތުންގެ މަޖިލީހުން ވަނީ 2015 ޖުލައި 21 ގައި ޑރ.ޖަމީލް ނައިބު ރައީސް ކަމުން ދުރުކޮށްފައެވެ.

ނައިބު ރައީސް ކަމުން ވަކިކުރުމުން ޑރ.ޖަމީލް ގައުމުން ބޭރުގައި ހުންނަވައިގެން ރައީސް ޔާމީންގެ ސަރުކާރާއި ދެކޮޅަށް ގިނަ މަސައްކަތްތަކެއް ކުރެއްވިއެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ގެންނަން ގިނަ މަސައްކަތްތަކެއް ކުރެއްވިއެވެ. ނަމަވެސް ރައީސް ސޯލިހްގެ ސަރުކާރުގެ ވަރަށް ކުރީކޮޅު ރައީސް ސޯލިހްގެ ސަރުކާރުގެ ކަންކަމާއި ދެކޮޅަށް ޑރ.ޖަމީލް ވާހަކަފުޅު ދައްކަވަން ފެއްޓެވިއެވެ.

ރައީސް ސޯލިހް ދެވަނަ ދައުރަކަށް ރިޔާސީ ޓިކެޓް ހޯއްދެވުމުގެ ކެމްޕޭން ފެށުމުން ޑރ.ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ސޯލިޖްހގެ ޖަލްސާއިން ފާހަގަވީ ތިން ކަމެއް ކަމަށެވެ. ފުރަތަމަ ކަމަކީ "ތިމާގައިގައި ނެތް ކޮލިޓީއެއް ހުރިކަމަށް ދައްކަން އުޅުމުން ވީ ތަކްލީފު ކަމަށާއި އެމަނިކުފާނުގެ އަޑުވެސް ގަޑުބަޑު ވެފައި" ހުރިކަން ކަމުގައި ޑރ.ޖަމީލް ވިދާޅުވިއެވެ.

ރޭގެ ޖަލްސާގައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދާ މެންބަރު ރޮޒައިނާ އާދަމް ވެސް ވާހަކަފުޅު ދައްކަވާފައި ވާތީ އެކަމަށް އިޝާރާތްކޮށް ޑރ.ޖަމީލް ވިދާޅުވީ ޑީއާރުޕީ އަލުން އުފަންވި މަންޒަރު ސިފަވެގެން ދިޔަ ކަމަށެވެ.

ތިންވަނަ ކަމެއްގެ ގޮތުގައި ޑރ.ޖަމީލް ވިދާޅުވީ "ސަރުކާރެއް ޑިފެންސަށް ކުޅެ، ދެވަނަ ދައުރެއް ދޭންޖެހޭ އެންމެ ސަބަބެއްވެސް ނުދެއްކުން." ކަމަށެވެ.

ރައީސް ސޯލިހް ރޭ ކެމްޕޭން ފެއްޓެވިއިރު ރިޔާސީ ޓިކެޓް ހޯއްދަވަން އެމަނިކުފާނާ ވާދަކުރައްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. Anonymous

    ތިއީ ކަމެއްވާ މީހެއްތަ. ޔާމީނުގެ ވަކީލުކަމާ ހަވާލުވެ ތިހިރީ އެފަކީރަށްވެސް ދޯކާ ދީފަ. ވައްކަން ކުރިކަން ދުވާލު އިރުފެންނަފަދައިން ސާބިތު. ކަލޭމެން އެންމެން ބޭނުންވަނީވެސް ޔާމީނު ޖަލުގައި ބާއްވަން. އެކަމަކު މިރައީސްގެ ފައިންޕުޅުން އުޅެވިފަވާތީ މިޖެހެނީ މިކަހަލަ ވާހަކަތަކެއް ދައްކަން. އޭރުންތާ ކޮމެންޓެއްވެސް ދީ ނޫހަކަށް އަރާލެވޭނީ.

    8
    5
  2. ޣާޞ

    ޖަމީލު ބޭނުންވާގޮތް ވެފަތާ އެއޮތީ ޔާމިނު ޖަލައްލެވުނީތާ މުޅިންވެސް މިކަހަލަ ދެފުއްކެހެރި ގިނައީ

    7
    5
  3. ސަބަބުލިސްޓް

    ރައީސް ސޯލިހުބުނީ ސަބަބުލިސްޓެއް ހަދާފަ ޖަމީލުގެ އެޕްރޫވަލްއަށް ފޮނުވާނަމޯ ޖަމީލު އެޕްރޫވް ނުކޮށްފިއްޔާ އިބޫ ކުރިމަތި ނުލާނަމޯ

    3
    1
  4. ނުނން

    ބަލަ ޔާނު ދޭންވީދޯ ދެވަނަ ދައުރެއް ޑޮލަރުމާރުކޮށް ކަންތައްކުރަން.......

    1
    3
  5. ހ މ ޒ

    ރައީސް ސޯލިޖްހގެ ޖަލްސާއިން ފާހަގަވީ ތިން ކަމެއް ކަމަށެވެ. ފުރަތަމަ ކަމަކީ "ތިމާގައިގައި ނެތް ކޮލިޓީއެއް ހުރިކަމަށް ދައްކަން އުޅުމުން ވީ ތަކްލީފު ކަމަށާއި އެމަނިކުފާނުގެ އަޑުވެސް ގަޑުބަޑު ވެފައި"

  6. އަލްޖިބްރާ

    ވެރިކަން ލިބުނަސް ހަވާލެއް ނުކުރާނަމޭ ގޮވީވެސް ކަލޭ ! ޔާމީނަށް ހެއްދެވި ނުހެއްދެވިއަށް ބެވީވެސް ހަމަ ތިޔަ ޖަމީލު ! އެކަމަކު މިހާރު ތިޔަދަނީ އެމީހާގެ ފައިތިލާގާ ދޫލަމުން ! މީކިތަށް ފަހަރަށް ކުރާ ކަންތަށް ތަކެއްތަ ؟ ލަދުހަޔާތް މަދަސް ކަލޭވަރެއް ނެތެއްނު ؟

  7. ނަމަސްތޭ

    ފުވައްމުލަކު މަގުތަކުގައި ބޮނޑި ބަޠް އަޅާނިމެނީ އެހެރަ