ރައްޔިތުން މަޖިލީހުގެ ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުލްލަތީފް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ކުރި ތާއިދު އަނބުރާގެންގޮސް ރައީސް މުހައްމަދު ނަޝީދަށް ތާއިދުކުރަން ނިންމައިފިއެވެ.

ޔާސިރު ދެންމެ ކުރި ޓްވީޓެއްގައި ވިދާޅުވީ ފާއިތުވި ހަތަރު އަހަރު ދުވަހު އޭނާ ވާނީ ސަރުކާރަށް ބޭނުންވާ ހުރިހާ އެއްބާރުލުމެއް ދީފައި ކަމަށެވެ. ނަމަވެސް ކުޅުދުއްފުށީގައި ކުރިއަށް ގެންދާ މަޝްރޫއުތައް ކުރިއަށް ދަނީ މާބޮޑަށް ލަސްކޮށް ކަމަށް ޔާސިރު ވިދާޅުވިއެވެ.

"އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ރައީސް ނަޝީދު ހޮވުމަށް އަޅުގަނޑު ފުރިހަމައަށް ތާއިދު ކުރަން ނިންމާ އަދި މިހާތަނަށް ރައީސް ސޯލިހަށް ކުރަމުން އައި ތާއީދު އަނބުރާ ގެންނަން ނިންމައިފި." ޔާސިރު ވިދާޅުވިއެވެ.

ޔާސިރަކީ އެމްޑީޕީގެ ދެފެކްޝަންގެ ބައިބައިވުންތައް ފެންނަން ފެށިފަހުން ރައީސް ސޯލިހް ދޫކޮށް ނަޝީދާ ގުޅިވަޑައިގެންނެވި ފުރަތަމަ މެންބަރެވެ. ނަމަވެސް ކުރިން ނަޝީދު އަރިހުގައި ތިއްބެވި ވަރަށް ގިނަ މެންބަރުން މިހާރު ވަނީ ނަޝީދު ދޫކޮށް ރައީސް ސޯލިހަށް ތާއިދު ކުރަން ނިންމާފައެވެ.

ޔާސިރު ނަޝީދަށް ތާއިދުކުރަން ނިންމިއިރު އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ފޯރި އަންނަނީ ގަދަވަމުންނެވެ.

ރިޔާސީ ޕްރައިމަރީގައި ރައީސް ސޯލިހާއި ނަޝީދު ވާދަކުރަން ނިންމުމުން މިއީ އެމްޑީޕީގެ ތާރީޚްގައި އެޕާޓީން ބާއްވާ އެންމެ ވާދަވެރި އިންތިހާބަށް ވާނެ ކަމަށް ވަނީ ބެލެވިފައެވެ. މީގެ ކުރިން އެމްޑީޕީން ބޭއްވި އެންމެ ވާދަވެރި އެއް އިންތިހާބަކީ 2008 ވަނަ އަހަރުގެ ރިޔާސީ ޕްރައިމަރީ އެވެ.

2008 ވަނަ އަހަރު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ނަޝީދުގެ އިތުރުން ޑރ.މުހައްމަދު މުނައްވަރާއި ރީކޯ މޫސާ މަނިކު ވާދަކުރިއެވެ. އެފަހަރުގެ ޕްރައިމަރީގައި ނަޝީދު ވޯޓާސް ލިސްޓް އޮޅުވާލާ، ވޯޓް ގަޑުބަޑު ކުރިކަމަށް ތުހުމަތުކޮށް ޕްރައިމަރީއަށް ފަހު ޑރ.މުނައްވަރު އެމްޑީޕީން އިސްތިއުފާ ދެއްވިއެވެ. އޭރު އޭނާ އަކީ އެމްޑީޕީގެ ރައީސް އެވެ. ނަޝީދު އޭރު ހުންނެވީ އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައެވެ.

2013 ވަނަ އަހަރު އެމްޑީޕީން ރިޔާސީ ޕްރައިމަރީއެއް ބޭއްވުމެއް ނެތި ޓިކެޓް ދިނީ ނަޝީދަށެވެ. 2018 ވަނަ އަހަރު ޕްރައިމަރީގައި ވާދަކުރީ ނަޝީދު އެކަންޏެވެ. ނަމަވެސް ނަޝީދު އޭރު ހުންނެވީ ޖަލު ހުކުމެއްގައި ކަމުން އެމްޑީޕީގެ ޕްރައިމަރީގެ ވޯޓު ލުން ކޯޓު އަމުރެއްގެ ދަށުން ހުއްޓުވަން ފުލުހުން މަސައްކަތް ކުރިއެވެ. އެފަހަރު އެމްޑީޕީގެ ޕްރައިމަރީ އޮތް ދުވަހު ފުލުހުންނާއި އެމްޑީޕީގެ މެންބަރުންނާއި މެދު ކުރިމަތިލުންތައް ހިނގައި ބައެއް މީހުން ހައްޔަރު ވެސް ކުރިއެވެ.

ޕްރައިމަރީއަށް ފަހު ވެސް ނަޝީދު ރައީސް ކަމަށް ކުރިމަތިލުމުގެ ޝަރުތު ހަމަނުވުމުން 2018 ވަނަ އަހަރު އެމްޑީޕީގެ ކެންޑިޑޭޓެއްގެ ގޮތުގައި ރައީސް ސޯލިހް ނިކުންނެވީ ޕްރައިމަރީއެއްގައި ވާދަ ނުކޮށް، ގައުމީ މަޖިލީހުން ރައީސް ސޯލިހަކީ އެމްޑީޕީގެ ކެންޑިޑޭޓް ކަމަށް ނިންމުމުންނެވެ.

ރިޔާސީ ޕްރައިމަރީ އޮންނާނީ ޖަނަވަރީ މަހުގެ 28 ވަނަ ދުވަހު އެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޑގގ

    ސާބަހޭ ޔާސިރު

    14
    10
  2. ޙަަަހަ

    ކުޅުދުއްފުށި މީހުންނަކި ދުވަހަކުވެސް ހިތްފުރޭނެ ބައެއްނޫން ، މިހާރުވެސް ކާޑްގެ ބާވަތްތައް ބޭރުންސީދާ ރަށަށް އަންނައިރު އެންމެ ރުފިޔާ އެއްވެސް ކުޑައެއްނުކުރޭ ، މިވަރުބަޔަކު ހިތްފުރޭނެތަ

    18
    20
  3. ޙަހަ

    ލަނޑަޔާ ވާނީ

    22
    3
  4. އއއެ

    މިދެމީހުންކުރެ ރަނގަޅީ އައްނި. ސާލިހުއަކީ ކޮރެޕްޝަނައް އެއްމެބޮޑު ދޮރެއް ހުޅުވި އެއްމެ ފުޅާދާއިރާއެއްގަ ދައުލަތުގެ ފައިސާ ނަމެއްގަ ވަޒީފާއޭ ކިޔާފަ ވޯޓުހޯދަންބެހި މީހާ.

    14
    3
  5. ދަރަނި ދަންތުރަ

    ކުޅުދުއްފުށި ރައްޔިތުން މަޖުލީހަށް ހޮވީ ދެ ރުނބާ ، ސިޓީ ގެ ރައީސް އަކަށް ޖާޑިއެއް ، އެމީހުންގެ މަސައްކަތުން ތަރައްގީ ދިޔާވެގެން ކުޅުދުއްފުށްޓަށް ތިހިރަ ފައިބަނީ ވާރޭފެން ފައިބާ ހެން ދެން ބާރަށް އަތްޖަހާ

    17
  6. ކަމަނަ

    ޥައިބާރުކޮޅެއްގަ ދެއްތޮ ޔާސިރު. ޢަހަރެމެން ތިޔާސިރަކަށްވެސް މޭޔަރަކަށްވެސް ތާއީދެއް ނުކުރަން އެއްއިރަކުވެސް.އަމިއްލަ މަންފާއަށް ހުރިހާކަމެއްވެސް.ރަށަށް ލިބުނު ތަރައްގީއެއްނެތް ތިޔަމީހުން ގޮނޑީގަތިއްބަކަސް.

    20
    1
  7. ކަތްދަ

    ޠިޔާސިރުމެން މުއްސަނދި މަހުޖަނުންނަށް .ރަށުގެ ނިކަމެތިން ނިކަމެތިކަން މެކުހަށްޖަހައިދީފި.
    ޢަދިވެސް އަންނާތި ވޯޓު ހޯދަން.