މ. ކޮޅުފުށީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން އެ މަސައްކަތުގެ 77 އިންސައްތަ މިހާރު ނިމިފައިވާ ކަމަށް އެމްޓީސީސީއިން ބުނެފި އެވެ
އެމްޓީސީސީއިން ބުނީ ކޮޅުފުށީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 77 އިންސައްތަ ނިމިފައިވާ ކަމަށެވެ.
އަދި ބޮޑުހިލައިގެ ހަތަރުވަނަ ޝިޕްމަންޓް ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައި ކަމަށެވެ.
މި މަޝްރޫއުގެ ދަށުން، 9683 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 202 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލާނެ ކަމަށް އެމްޓީސީސީއިން ބުނެ އެވެ.
އަދި 519 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ވެސް ހިމެނޭ ކަމަށެވެ.
ޕްލޭނިން މިނިސްޓްރީއިން އެމްޓީސީސީއާއި ހަވާލުކުރި މި މަޝްރޫއަކީ 22.9 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އިބޫ

    މ.މުލީ އެއާރޕޯޓް އަޅަން ގެނެސްފައި ހުރި ހިލަތައް ގެންގޮސްގެން
    ކޮޅުފުށީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ގިނަ މަސައްކަތްތައް ނިމިއްޖެ