މ. ކޮޅުފުށީގައި ބަޔަކު ރޯދައަށް ހެއްދި ކަރާ ދަނޑެއް ސުންނާފަތި ކޮށްލައިފިއެވެ.

އެ ދަނޑުގެ ވެރި މީހާ މޫސާ ފިރާގުގެ ފިރިހެން ދަރިފުޅު މުހައްމަދު ފަޒީލް "ވަގުތަށް" ބުނީ މި ހާދިސާ ހިނގާފައިވަނީ އަންގާރަ ދުވަހު ކަމަށެވެ.

ކޮޅުފުށީ އުތުރު އަވަށުގައި ދިރިއުޅެމުންދާ އެ އާއިލާއިން ރޯދައަށް ހައްދާފައިވާ ކަރާ ދަނޑު ހަލާކުކޮށްލާފައިވާ ކަމުގެ ހަބަރު ލިބުނީ އެ ދުވަހުގެ ހެނދުނު މީހެއްގެ ފަރާތުން ކަމަށާއި އަވަހަށް ދަނޑަށް ގޮސް ބެލި އިރުގައި ސަލާމަތުން އެއްވެސް ކަރައެއް ނެތް ކަމަށް ފަޒީލް ކިޔައި ދިނެވެ.

ފަޒީލް ބުނީ ދަނޑުގައި ހައްދާފައިވާ ކަރާތައް ހުރީ ފައިން އަރާ ޗަސްކޮށްފައި ކަމަށެވެ. އަދި ބައެއް ކަރާތައް ޖެހިގެން ހުރި ދަނޑަށް އުކާލާފައި ހުރި ކަމަށް އޭނާ ބުންޏެވެ. ފައިން ޗަސް ކޮށްފައި 20 ވަރަކަށް ކަރާ އޮތް ކަމަށް އޭނާ ބުންނެވެ.

އަދި ކަރާ ދަނޑުން ކަރާ ބިނދެގެން އެކަން ކުރި ބަޔަކު އެ އެއްޗެހި ކައިފަ ވެސް ހުރި ކަމަށް އޭނާ ކިޔައިދިނެވެ.

ކަރާ ދަނޑު ސުންނާފަތި ކޮށްލުމުގެ ސަބަބުން އެ އާއިލާއށް ވަރަށް ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށް އޭނާ ބުންޏެވެ. އޭނާ ބުނި ގޮތުގައި ފެނަށް ދިޔައީ ވަރަށް ގިނަ ދުވަހު ކުރި ބުރަ މަސައްކަތެވެ.

ރޯދައަށް އެ ދަނޑު އޮތީ ކަރާއިން ބަރާވެފައި ކަމަށާއި އެ ދަނޑުގައި ހައްދާ ކަރާ މާލެ އަށާއި އަތޮޅު ތެރޭގައި ވެސް ވިއްކާ ކަމަށް ފަޒީލް ބުންޏެވެ.

"އަޅުގަނޑުމެންގެ ކަރާ ދަނޑަށް އެކަނި ގެއްލުންދީފައި ވަނީ. ކައިރީގައި ހުރި ދަނޑުތަކަށް ނެތް ގެއްލުމެއް ދީފަ. އެހެންވީމަ ބެލެވެނީ މިއީ ބަޔަކު ޒާތީ ގޮތުން ދިން ހަމަލާއެއް ކަމަށް. ސީދާ ކޮން ބައެއް ކަން ބުނާކަށް ނޭންގެ." ފަޒީލް ބުންޏެވެ.

މި މައްސަލަ މިހާރު ވަނީ ފުލުހުންނަށް ހުށަހަޅައިފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ތަކުރު

    ވަލު ޖަނަވާރުންވެސް ކައިފަ ދަނީތަ،

    32
  2. އަހްމަދު

    ތިޔަކަން ކުރިބަޔަކަށް ހަލާކުހުރި.

    65
    1
  3. ބޮސް

    ކޮންމެ ބަޔަކު ކުރިއަސް ތީވަރަށްދެރަކަމެއް.

    66
  4. ހުސޭނުބޭ

    މީހުންގެ މުދަލަށް ގެއްލުންދޭނީ ވަރަށް ގޮތެއްނެތް މީހުން

    66
  5. ބޯހަލާކު

    ތީވަރަށް ދަށުދަރަގައިގެ އަމަލެއް، ތިކަންކުރިބަޔަކު އަށް ހައްގު އަދަބުލިބެންޖެހޭ، ކާބޯތަކެތި ގިނަވީމަ ރައްޔިތުން ނަށް އޭގެ ފައިދާ މުޅިގައުމަށްލިބި ދޭނެ، އެއްޗެހީގެ އަގު ކުޑަވެ އާދައިގެ މީހުންނަށްވެސް ކާރާކޮޅެއްގެ ރަހަބެލޭނެދޯ،،،އެކަކު އެއްޗިސް ހައްދައިގެން ރަން އަގުގަ ވިއްކީމަ އަނގާ އަތާދިމާނުވޭ🤭

    42
  6. އައިމިނަތު ދީނާ

    ހަގުރާމައިގަވެސް ގަސްގަހާގެއްސާއި އަންހެނުންނާއި ކުޑަކުދިންނަށް ގެއްލުންނުދިނުމަށް އޮންނަނީ. ތީ ވަރަށް ފިނޑި ނަތަހުޒީބު ލަދުވެތި ޖަނަވާރުންގެ ސިފައެއް. މިކަހަލަ ކަންކަން ކުރާމިހުންނަށް ބޮޑު އަދަބު ދޭންޖެހޭ. ރާއްޖޭގައި މީ ވަރަށްއާއްމުކަމެއް. ހަސަދައިން ފޯވެތިބެ އަނެކާއަށް ގެދޮރަށާއި ގަސްގަހަށް ގެއްލުންދީ ހެދމަކީ އަށަގެންފައިވާ ވަރަށް ވިޔާނުދާ ދަށު ދަރަޖައިގެ ސިފައެއް.

    45
  7. ހަސަންޓޭ

    ފުލުހުންނަށް ހުށަހެޅިޔަސް ވާނެކަމެއް ނޯންނާނެ. ވަރަށް ސާފުކޮށް މިބުނަނީ. ރާއްޖޭގެ އެކި ހިސާބުތަކުގައި މީހުންފެ ފަޅޯދަނޑާ، ދޮންކެޔޮދަނޑާ، މިރުސްދަނޑާ މިހެންގޮސް އެތައް ގެއްލުމެއް އަބަދުވެސްދޭ. ފުލުހުންނަށް ކޮށްދެވޭކަމެއް ނޯވޭ. އަބަދުވެސް އެހީއަށް އެދެންވީ ﷲ ގެ ހަޒުރަތުގައި. އަނިޔާލިބުނު މީހާގެ ދުޢާ ހުރަހަކާނުލާ އެކަލާންގެ އައްސަވާ، އިޖާބަކުރައްވާ. ބަދުދުޢާއެއް ކުރިޔަސް ހެޔޮދުޢާއެއް ކުރިޔަސް އެއީ އަނިޔާ ލިބުނުމީހާއަށް އޮތް ހައްގެއް.

    20
  8. Ahmed

    މުޑުދާރު ވިޔާނުދާ އަމަލެއް

    21
  9. އަހަންމަދުު

    ތީ ކޮންކަހަލަ ބަޔަކު އޫޅޭ ރަށެއް!
    ރަށުގެ ޒުވާނުން ކޮބާ¿ އަނެއްކާ އެވެރިންގެ ޙާލަކީ ކޮބާ!

  10. ޖަގަޑާ

    ތީ ކުޅަނދޭމެން އުޅޭގޮތް ….ފުޓްސަލް ދަނޑުގަ ކަރާނުހެއްދީމަ ރުޅިއައީތޯއްޗެއް…..

  11. ނަސީރު

    އަހަރެން ބުނެލަން އޮތީ ،ތީވަރައްވެ ސް ދަށު ދަރަޖާގެ އަމަލެކޭ، މިވަރުން ދަންޔާ ފާހާނާގައިވެ ސް ކެމެރާ ހަރުކުރަން ޖެހޭނެ،
    ތިޔަކަމުގެ ހައްލަކީ ޕޮލިހެއްނޫން ، ކެމެރާ

    • އަހަންމަދުު

      ތިހެންވިއްޔާ މާލޭގަ ކެމެރާ މަދީތަ؟

  12. ދަޅޭ

    ވަލު ޖަނަވާރުންނަށްވުރެވެސް ތި ބައެއްގެ ޖާހިލުކަން ބޮޑު. ތި ބަޔަކު އެނގިއްޖެއްޔާ ތަޅާ ޗިސްޗިސްކޮށްލާ! އޭރުން ހުންނާނީ ކަރާތައް ޗިސްޗިސް ކުރެވިފައި.