އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް އިއްވާފައިވާ ހުކުމް އިސްތިއުނާފް ކުރުން ލަސްވަނީ ސަރުކާރާއި ޖުޑިޝަރީން ޖެއްސުންކުރާތީ ކަމަށް ރައްޔިތުން މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވެއްޖެ އެވެ.

އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޔާމީންގެ ހުކުމް އިސްތިއުނާފް ކުރުން ލަސްވަނީ އެކަމަށް ސަރުކާރާއި ޖުޑިޝަރީން ޖެއްސުންކޮށް ހުރަސް އަޅައި، ލިޔުންތައް ދޫނުކޮށްގެން ކަމަށެވެ. "އިސްތިއުނާފު ކުރުން އެބަ ލަސްވޭ. ރިޔާސީ އިންތިހާބަކަށް ވަގުތެއް ނެތް. މިކަމަށް ވެސް އިހްތިޖާޖްނުކޮށް ލިޔުންތައް ލިބޭނެކަމަކަށް ނުވިސްނޭ." އާދަމް ޝަރީފް ވިދާޅުވި އެވެ.

ވ. އާރަށް މައްސަލާގައި އެއް މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ގަބޫލުކުރައްވައި އަދި އެ ފައިސާ ލޯންޑާ ކުރެއްވިކަން ސާބިތުވެ، ޔާމީން 11 އަހަރަށް ޖަލަށްލައި، ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ ޑިސެމްބަރު 25ގަ އެވެ.

ކުރިމިނަލް ކޯޓުން ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ހުކުމްތައް އިސްތިއުނާފު ކުރުމަށްޓަކައި ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓު މަޙްޟަރު ބަޔާން ތަކާއެކު ހޯދުމަށް 2022 ޑިސެމްބަރު 25 ވަނަ ދުވަހު އެދިފައިވީ ނަމަވެސް މިއަދާ ހަމައަށްވެސް އެ ރިޕޯޓް ނުލިބޭ ކަމަށް ވަކީލުންގެ ޓީމުން ބުނެ އެވެ.

ޔާމީނަށް ހުކުމް އިއްވި މައްސަލައިގެ ރިޕޯޓް، ބަޔާންތަކާއިއެކު އަދިވެސް ނުލިބޭ!

ހުކުމް އިސްތިއުނާފު ކުރަން 60 ދުވަހުގެ މުހުލަތެއް ލިބޭނެއެވެ.

"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިހަފްތާ ނިމުމުގެ ކުރިން އިސްތިއުނާފު މައްސަލަ ހައިކޯޓަށް ހުށަހަޅަން ވަކީލުން ގެންދަނީ މަސައްކަތް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ނަމަސްތޭ

    ކީކޭ ކިޔާފަތަ ހުށަ އަޅާނީ . . އެއީ ހަމަވަގެކޭ

    2
    22
    • Anonymous

      އިންޝާﷲ ވަގުން ފެންނާނެ ދުވަސް ވަރަށް އަވަށް އިނގޭނެ.

      23
    • އެއީ ވަގެއް ނޫން…އެކަމަކު އެއީ ހިޔާނާތްތެރިއެއް…
      އަދި މިވީ ހިސާބަށް ޔާމީނަށް ތުހުމަތުކޮށްފަ ނެތް ވައްކަމެއް ކުރިކަމަށް ނުވަތަ ރައްޔިތުންގެ ފައިސާއިން ނެގިކަމަކަށްވެސް…އޭނަޔަށް ތުހުމަތު ކުރެވެނީ ރިޝްވަތާއި މަނީ ލޯންޑަރިން އަށް…އެއީ ވައްކަމެއް ނޫން…އަހަރެންނަށް ގަބޫލު ކުރެވޭ ގޮތުގައިވެސް ޔާމީން އެބަހުރި މިލިއަން ޑޮލަރުން ރިޝްވަތު ނަގާފަ…އެކަމަކު ހަގީގަތުގައި ޝަރީއަތަކަށް ސާބިތު ކުރެވޭނެ ވަރުގެ ހެއްކެއް ނެތް…އަހަރެންމީ ޔާމީން ގެ ސަޕޯޓަރެއް ނޫން…އަދި ޕީ.ޕީ.އެމް ގެ މީހެއްވެސް ނޫން ދުވަހަކުވެސް…އެކަމަކުވެސް ވަގެއް ނޫނިއްޔާ ވަގެކޭ ބުނާކަށް މަބޭނުމެއް ނޫން…މިއުޅެނީ ޒާތީ މައްސަލައެއްގަބާއޭ ހިތައް އަރާ..ނޫނީ ޔާމީނާ ހެދީ ތިމާއަށް ލިބެން އޮތް ބޮނޑިވަރެއް ނުލިބުނީބާއޭ ހިތައް އަރާ…ސިޔާސީ ނުތިބޭނެ ހެޔޮ މީހުންނެއް…އެމީހުންގެ ފުލުން ނުދާނެ ވިސްނޭ މީހުންނެއް…

  2. ބޭރި

    ވަގުކަލޭގެ ހުރީ ވެރިކަމުގަ ގައުމަށް ކޮށްދިންކަމެއްނެތް ހުރިހާކުރެޑިޓެއް ނަގައިގެން އުޅެނީ ގައުމަށް ހުރިހާކަމެއްކޮށްދިނީ ރ ޔާމީން ޔާމީނަކީ މިގައުމުގެ ބާނީ ތަރަށްގީގެބާނީ އޭނަ ފައިސާކޭނަމަ މިއަދު މިގައުމެއް ނޯންނާނެ އެހާތަރަށްގީވެފަކަ ދެންވެސް ބުނެލާނީ ވަގަކީ ކާކުކަން ރަށްޔަތުންނަށް ވަރަށް އަވަހަށް ފެންނާނޭ ........އެދުވަހަށް އިންތިޒާރުކުރަމެވެ.

    11