މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުން ފައިބާވަޑައިގެންނެވީ ސާކްސަމިޓަށް އައްޑޫގައި ތަރައްގީ ކުރި ސްޓޭޑިއަމްގެ ގޮނޑިތައް ވެސް ހިފައިގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވިއެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ, އައްޑޫ ސިޓީގެ ހިތުދޫގެ ދެކުނު ރައްޔިތުންނަށް ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވީ، އެމްޑީޕީ ޕްރައިމަރީ ކާމިޔާބު ކުރުމުގެ ބޮޑު ޔަގީންކަމެއް އެމަނިކުފާނަށް އެބައޮތް ކަމަށެވެ. އެގޮތަށް އެކަން ގަބޫލް ކުރެވެނީ މި ސަރުކާރު ވެރިކަމަށް އައިސް ހޭދަކުރި ހަތަރު އަހަރުގެ ތެރޭގައި ކޮވިޑްގެ ދަތިކަމާއި އެކުގައި ދެ އަހަރު ވެސް ހިމަނައިގެން އެކި ދާއިރާތަކަށް ކޮށްދެމުންދާ މަސައްކަތް އެއީ ރައްޔިތުން ގަބޫލްކުރާ ބޭނުންވެފައިވާ ކަންކަން ވާތީ ކަމަށެވެ.

ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދަން ރައްޔިތުން ބޭނުންވާކަން ފާހަގަކުރައްވަމުން ވިދާޅުވީ އެ މީހުން ދެކޭ ގޮތުގައި އެ ތަރައްގީ ރާއްޖެއަށް ގެނެވޭނީ ވެރިކަމުގައި އެމްޑީޕީ އޮތުމުން ކަމަށް ރައީސް ވިދާޅުވި އެވެ. ވެރިކަމުގައި އެމްޑީޕީއަށް އޮވެވޭނެ ގޮތް ރައްޔިތުންނަށް ވަރަށް ސާފުކޮށްއެނގޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

"އެމްޑީޕީއަކީ އެންމެ ބޮޑު ޕާޓީއެއް ކަމަށް ވިއަސް އަދިވެސް ރާއްޖޭގެ ސިޔާސީ މަސްރަހު މިއޮތް ގޮތުން އިންތިހާބެއް ކާމިޔާބު ކުރެވޭތަން މި ފެންނަނީ އަދި އަޅުގަނޑުމެނާއި އެކީގައި އެހެން ބަޔަކު ބައިވެރިވެގެން. އަޅުގަނޑުމެންގެ މާޒީއަށް ބަލާއިރުގައި މިކަން ވެފައި އޮތްގޮތް ވަރަށް ސާފުކޮށް ފެންނަނަށް އެބައޮތް. އެހެންވީމަ ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށްޓަކައި އެފަދަ ބަޔަކާއިއެކުގައި މަސައްކަތް ކޮށް އެމްޑީޕީއަށް ވެރިކަން ހޯދޭނެ ގޮތަކާއި ދޭތެރޭގައި އައްޑޫ ސިޓީގެ ރައްޔިތުންގެ ވިސްނުން ގެންގުޅުމަށް އަޅުގަނޑު އެދެން." ރައީސް ވިދާޅުވި އެވެ.

އައްޑޫ ސިޓީއަށް ވޭތުވެދިޔަ އެކި ސަރުކާރުތަކުގައި އެކި ކަންތައް ކޮށްދެން ވައުދުވެފައި އެބަހުރިކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެހެެން ނަމަވެސް ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި މި ސަރުކާރުން އައްޑޫއަށް ކޮށްދިން ވަރުގެ ކަމެއް އެހެން ސަރުކާރަކުން ކޮށްފައެއް ނުވާ ކަމަށެވެ.

ރައީސް ސޯލިހު ހިތަދޫގެ ރައްޔިތުންނާއި ބައްދަލު ކުރައްވަނީ-- ވަގުތު އިމޭޖެސް

ތަރައްގީގެ މަޝްރޫއުތައް މި ސަރުކާރުން ފަށައިގެން މި އަންނަނީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް އެންމެ ފުރަތަމަ ފޯރުކޮށްދިނުމަށް ވިސްނައިގެން ކަމަށް ވިދާޅުވި އެވެ. ފެނާ ނަރުދަމާއި، ބަދަރާއި ، މަގުހެދުމާއި ސިއްހީ ހިދުމަތްތައް، ތައުލީމީ ހިދުމަތް ގާތުން ނިމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށެވެ.

އައްޑޫ ސިޓީއަކީ ބޮޑު އާބާދީއެއް އުޅޭތަނެއް ކަމަށް ވިއަސް އަސާސީ ހުރިހާ ކަމެއް އައްޑޫއަށް ވަނީ ބޭނުންވެފައި ކަމަށާއި ޒަމާންވީއުރުގައި އަޅާނުލެވުމުގެ ސަބަބުން ވަރަށް ގިނަ ދަތިތަކާއި އައްޑޫ ރައްޔިތުން ވަޏީ ކުރިމަތިލާން ޖެހިފައި ކަމަށް ވިދާޅުވި އެވެ.

ކުރީގެ ބައެއް ސަރުކާރުތަކުން މަސައްކަތްތަކެއް ކުރެވޭތޯ ބެލި. އެހެންނަވެސް އެއިން ކޮންމެ ކަމެއް މިހާތަނަށް ކޮށްފައި ހުރީ ވަތުގީ ހައްލެއް ހޯދައިދިނުމަށް. ސާކްސަމިޓާއި ދިމާކޮށްވެސް ކުރި ކަންތައްތައްކޮށްފައި އެ ހުރީ ދާއިމީ ހައްލެއް ލިބޭ ގޮތަކަށް ނޫން. މަގުހެދުން ކަމުގައި ވިއަސް. އެހެންކަންކަން ވިއަސް. ސާކްސަމިޓް ނިމިގެން ދިޔައިރުގައި ވެގެން ދިޔަގޮތް ތިބަ ބޭފުޅުންނަށް އެނގވަޑައިގަންނަވާނެ. އެތާހުރީ ގޮޑިކޮޅާއި އެއްޗިހި ހިފައިގެން އެ ބޭފުޅާ ސަރުކާރުން ފައިބައިގެން ދިޔައީ." ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެމްޑީޕީގެ މި ސަރުކާރުން އައްޑޫއަށް ގެންނަ ތަރައްގީއަކީ އުފުރާލައިގެން ގެންދެވޭނެ އެއްޗެއް ނޫން ކަމަށެވެ. އައްޑޫ ސިޓީގެ ތަރައްގީއަށް ކުރަން ފަށާފައިވާ މަސައްކަތްތައް ނިންމުމަށްޓަކައި އައްޑޫ ރައްޔިތުންގެ ތާއީދު ބޭނުންފުޅުވާކަމަށް ވިދާޅުވި އެވެ

ކިޔުންތެރިންގެ ހިޔާލު

33 ކޮމެންޓް

  1. މަރޭ

    ސޯލިހު ތިހުރީ ރ ޔާމީން ރަށްޔަތުން ބަނޑަށް ޖެހިއްޖިއްޔާ ކާޑުގެބައިވަތްތަށް ގަތުމަށް އެމްއެމްއޭގަ ބަހަށްޓާފަހުރި ސޮވަރިންފަންޑުގެ ފައިސާތަށް ބޮޑުހިލަޔަށް ތަޅާލާފަ ކޮބާނަޝީދެކެ ކަލެއެކޭ ހުރި ތަފާތެއް ހެހެ ރަށްޔަތުންތިޔަހުރިހާކަމެއް ދަނެގެން ތިބީ އބޫއަށް ދެނެއް މިރާއްޖޭގެ ވެރިކަމެއް ނުލިބޭނެ ..

    76
    5
  2. ދިސްވޭ

    މަމެންގެ ހުރިހާ ރަމަލު ތަކުން ދައްކައިފިއޭ ކެނެރީގެ ނަޝީދު އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބު ކުރާނެ ކަން ރައީސް އިބޫ ފެކްޝަންގެ ޓީމް ޕެކް ކުރަންވީއޭ ގެއަށް ކަނޑާލަން ކެނެރީގެ ނަޝީދު އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބު ކުރާ ދުވަހުން ފެށިގެން މިހާރު އޮތް ކެބިނެޓް އެއްކޮށް ޖެހޭނީ ގެއަށް ކަނޑާލަން ސީދާ ކަން ކުރެވޭ ފެންވަރުގެ ގަޓް ހުރި މީހުން ލާނީ ކެބިނެޓަށް ދެން ކެބިނެޓަށް ލާނީ މާލޭގައި ތިބި ތަންދޮރު ދަންނަ މާލޭގައި ގެދޮރު ހުރި ގަދަރުވެރިން އެއިރުން ރައްޔިތުންނަށް ފައިދާ އެއް ވެގެންދާނީ...

    41
    13
  3. ސޯލޭ

    ޗަކޮއެ ވެރިކަމުން ފައިބާ ޖަލައް ވަޑައިގަންނަވާއިރު ރައިސް އޮފީހުގެ ގޮނޑިވެސް ހިއްޕަވައިގެން ދެއްތޯ ވަޑައިގަންނަވާނީ ގޮޅިއައް ލޮލް

    65
    3
  4. ހިތަދޫ މީހާ

    ދެން ތިބޭފުޅާގެ ސަރުކާރުން އެ ގޮނޑިތަށް ނުގެނައީ ކީއްވެތޯ. ތިބޭފުޅާގެ ސަރުކާރުން އިންޑިޔާއަަށް އައްޑޫ ވިއްކާލުން ނޫން އެހެން ކަމެއް ކުރެވިފަ އެބައޮތްތޯ

    69
    5
  5. އަވަށުމީހުން

    ކޮބާހޭ ވެންޓިލޭޓަރުތައް.. އެވަގު ވިޔަފާރި ވާހަކަ ދައްކަބަލަ.. މާފަހުގެ މި ސަރުކާރުގެ ކަމެއް..

    63
    3
  6. އަލީ

    ބަލާއަޑުއަހަންތިބިބަޔަކައް ފިލާވަޅަކައްވާނެ މިދެމީހުންގެ ބޭޒާރުވުންތައް ކޮންމެމީހަކުހުއްޓަސް އެމްޑީޕީވާނީ ހަމައެއަށް އެސިޔާސަތު އެކޮރްޕްޓް ޕާޓިއައް މިގުރޫޕައްވޯޓްދީފިނަމަ މިގައުމުދާނީ މިހާލަތުގަ ދެފަރުވެސް މިކުރެވުނީއެއްތަޖުރިބާއެއްދިވެހިއްނައް ބޮޑުކޮއްނޫނެކޭބުނަންވީ މިފަހަރު

    45
    2
  7. ޑރ. ރާމީ ޙަސަން މަނިކު މ.ވައިނުޖެހޭގެ ޕީ.ޕީ.އެމް 9305205

    އިބޫ އަކީ އައްޑޫ މީހުންދެކެ ރުޅި އަރާ މީހެވެ. މިއޮއް ހުރިހާ ދުވަހު އައްޑޫ އަށް ފައިވެސް ބީއްސާލާފަ މި އިބޫ ނެތެވެ! މިހާރު ތިޔައުޅެނީ ވެރިކަމަކީ ނަޝީދު ދިން އެއްޗެއް ނޫނޭ ކިޔައިގެން ރައްޔިތުން ކުރިމަތީ ޗަލާނެ ކަމަށް ހެއްޔެވެ؟ ނަޝީދު ކަލެއަށް ސަޕޯޓް ނުކުރިނަމަ ވެރިކަން ކަލެއަށް ހުވަފެނުން ވެސް ނުފެނުނީހެއްޔެވެ. މާތްﷲ އޭ ތިމަންނާ އަށް ވެރިކަން ދެއްވީ ކިޔައިގެން ދީނީ ކާޑު ކުޅެވޭނީ މުސްކުޅި މާމަ އިންނާއި ކާފަމެން ކައިރިއެވެ. މާތްﷲ ވެރިކަން ދެއްވީ ކަލެއަށް އިމްތިޙާނަކަށެވެ. އެ ޓެސްޓުން ހިންނަވަރު އިބޫ ފާހެއް ނުވިއެވެ! ވަގުން ގެ މައްސަލަ ނުބަލާތީއެވެ.

    56
    6
    • އަލީ

      ބަލަ އިމްތިހާނުން ފާސްވިތޯވެސް ފެއިލްވިތޯވެސް ނިންމާނީ ޑރ. ރާމީ ޙަސަން މަނިކު މ.ވައިނުޖެހޭގެ ޕީ.ޕީ.އެމް 9305205 އެއް ނޫނެވެ.

      5
      16
      • ޚަލީލު

        ބަލަ އައްޔާ. ޑރ. ރާމީ ޙަސަންމަނިކަކީ ޕީޕީއެމް މީހެއް ނޫން. އެއީ އަންނިއަށް ތާއީދުކުރާ އެމްޑީޕީ މީހެއް. އަންނިގެ ތަރުޖަމާނަކަށް ހުރި ޖުހާ އަކީ ޑރ. ރާމީގެ ބޭބެއެއް. އަންނިގެ ޓޫރިޒަމް މިނިސްޓަރަކަށް ހުރި ޒުލްފާ އަކީ ޑރ. ރާމީގެ ދައްތައެއް. އެގޭ މީހުން އަންނިއަށް ތާއީދުކުރާތީ އިބޫއާ ދިމާއަށް ތިޔަ ރާމީ އެއްޗެހި ގޮވަނީ. އެމީހުން ބޭނުންވަނީ ރާއްޖޭގެ ވެރިކަމުގައި އަންނި ހުންނަން. ެ

        10
        3
        • ޑރ. ރާމީ ޙަސަން މަނިކު މ.ވައިނުޖެހޭގެ ޕީ.ޕީ.އެމް 9305205

          ވަރަށް ބޮޑަށް ޝުކުރިއްޔާ. ހީކުރައްވާނެ ގޮތަކަށް ހީކުރައްވާށެވެ. ކޮންމެ މީހެއްގެ ވެސް ހޭޓާރސް އިން ތިބޭނެއެވެ. ނަމަވެސް ޙައްޤަކަށް އަރައިނުގަތުން އެދެމެވެ. އެހެން ވެއްޖެނަމަ ތިޔައީ ކާކުކަން ހޯދާ ޝަރިއްޔަތަށް މައްސަލަ ހުށައަޅާނަމެވެ. (ނޯޓ:އަޅުގަނޑު ގެ ކޮމެންޓަށް ލިބުނު ލައިކިންސް އިން އަޅުގަނޑު އެކަނި ނޫންކަން އިބޫ އާއި ނުރުހެނީ އެބައިނގޭ). ވަރަށް ހެޔޮއެދެން.

          • ޑދ

            އެހެންތަ؟ ގަދަ ކަލޭ

        • ނަޖީބާ

          ޢަލީ އަށް ސަލާމް. ތިރީ ގައި އޮތް ޢަބްދުލް ލަތީފް ގެ ކޮމެންޓް ކިޔާލާ.

      • ޝައްފަ

        ޢާއިލާގެ އެކި ބޭފުޅުން އެކި ފިކުރު ގައި ތިބުމަކީ ގޯހެއް ނޫން. ގައްސާން އަކީ މައުމޫން ގެ ބޭފުޅެއް. ހުންނެވީ ޔާމީން އަށް ތާޢިދު ކުރައްވަން. ޢަލީ ކޮސް ނުގޮވާ.

    • ޢަބްދުއްލަޠީފު

      ވެރިކަން ދެއްވަނީ ﷲ ކަމާމެދު އަހަރުމެން ޝައްކެއްނުކުރަން. އެކަން އެނގިހުރެމެ ﷲ ދެއްވި ވެރިކަމުގެ ބާރު ބޭނުންކޮށް އަނިޔާވެރިވަމުން ހަރާންކޯރުވަމުން ތިދަނީ އެހެން މީހުންނައް ތަންދޮރު ނޭގޭކަމަށްހިތާހެއްޔެވެ؟ ހަމަ ހިލާ ކަލެއަކަށް އަހަރުމެން ދެން ދުވަހަކުވެސް ތާއީދެއްނުކުރާނަން. ކަލޭގެ ސަރުކާރު ހިންގާގޮތް ނޫސްތަކުގަ އެހެރީ ލިޔެވިފަ. ލަދެެއްވެސް ނުގަނޭތަ ވޯޓު ހޯދަން ފޫގަޅާފަ ތިހިރީ؟

      32
      2
  8. ޑރ ސާޖީ

    މީނާއަށްވެސް ނޭގެ މީނާކިޔާ އެއްޗެއް.ކުޑަދިން ދައްކާ ވާހަކަ ދައްކަނި.

    41
    4
    • ޝައްފަ

      އިބޫ ދޯ. އިބޫ އަބަދުވެސް ދައްކަނީ ކުޑަކުދިން ދައްކާކަހަލަ ވާހަކަ.

      28
      2
  9. ދ

    ކަލޭ އައްޑޫ ރައްޔިތުންގެ ކާރިއަށް ދިޔައީ އައްޑޫގައި ހިނގަހިގާއޮތް 2 ރެސޯޓް ބަންދުކޮށް އެތާގައި މަސައްކަތް ކުރަމުންދިޔަ އައްޑޫގެ އެތައްބަޔަކު އިނދަގަޅުވާލާ އައްޑޫގެ ރައްޔިތުން ބޮޑުތަނުން މާޔޫސްކުރުވުމަށްފަހު އެވެ. ކަލޭ އައްޑޫރައްޔިތުން ކާރީ ތިމަންނައަށް ދެވަނަ ދައުރުގެ ވޯޓްދޭން އަހަންވެސް ކެރުނީ ކަލޭގެ ކަލުހަޔާތް ނެތުނީމައެވެ.

    40
    2
  10. ޢަބްދުއްލަޠީފު

    ނުލިބޭނެ ތާއީދެއް. ކަލޭމެން ވެރިކަން ކުރާގޮތް އެހެރީ ނޫސްތަކުގަ. ޖީއެސްޓީ ޓީޖީއެސްޓީ ނެގިހާލޯނުތައް ތަޅާ ބުރުދާން އެރުވީ މަހުޖަނުންނާ މަރުކަޒީބޭންކާ ޓުއަރިޒަމް މީރާ ލިސްޓު ވަރައްދިގު. އެންމެންގުޅިގެން. ބޮޑެތި ފަލަ ވަގުންނޭ. ވަގުން ވައްކަން ކުރަން ދޭ ކޮންމެސް އެހެންދިމާލަކައް.

    39
    3
  11. ދަޗޮއިސް

    އެމްޑީޕީ އަކީ ރައްޔިތުންނަށް ހުރި ޗޮއިސް އެއް ނޫނޭ ރައީސް އިބޫގެ ސްލޯ ސަރުކާރު އެއީ ރައްޔިތުންނަށް ހުރި ޗޮއިސް އެއް ނޫނޭ އެއީ އިންޑިއާ އަށް ހުރި ޗޮއިސް އެކޭ ކެނެރީގެ ނަޝީދަކީ ވެސް ރައްޔިތުންނަށް ހުރި ޗޮއިސް އެއް ނޫނޭ ރައްޔިތުންނަށް ހުރި ޗޮއިސް އަކީ ގައުމުގެ މިނިވަން ކަން ކެރިގެން ދިފާއު ކުރަން ދަންނަ ފުރާޅު ޓިނު ނަގަން ވެއްޖެނަމަ ނަގާ ހޫރާލަން ކެރޭނެ މީހެކޭ މައި ޗޮއިސް އިޒް ކްލިއަރ މައި ޗޮއިސް އިޒް ދަ ގަޓް ރައީސް ޔާންޓޭ ދިސް އިޒް ދަ ޗޮއިސް...

    23
    1
  12. އއ

    އެއްމެ ޢައްދާރު ގުރޫޕަކީ ސާލިހުވގުރޫޕް .

    22
    1
  13. ނޭފަރު މުހާ

    ހިންނަވަރު ކައްޒާބު އައުޓް. ހިންނަވަރަކީ ފެށުނީއްސުރެވެސް ނުބައި ޖީލެއް އޮތް ތަނެއް. މަސްތުވާ ތަކެއްޗާ މީހުންގެ އަނބިންނާ ފިރިން ފޭރުމާ.. އެތައް ނުބައެއް. މޭރީ މަރާލި ނަރުސް ލަމުހާ އަކީވެސް ހިންނަވަރު ބެއްޔާ ގެ އައުލާދު. އުފެދުމުގައިވެސް ވިޔާނުދާ މީހުންތަކެއް އެތަ އެތިބި

    24
    1
    • ލަމުކޮ

      ހަޔާތްކުޑަ ބާގަނޑެއް

  14. މޯ އިބުރާހީމް ފުޅު

    ކަނޑައެޅިގެން ހަދާ ދޮގު އެކްއަޓޯރިއަލް ސެންޓަރެއް ހަދާ ގޮނޑިތައް ޖަމާކުރި މީހަކީ ނަޝީދު މިއަދު މޯޅިބޭ ތި ދެކެނީ ނަޝީދު ސިޔާސީ ދަނޑުހަ އިންދި ގޮވާމުގެ ފޮނިކަން

    16
    1
  15. އަފީފު ދިއްދޫ

    އިބޫ ވާހަކަ ދައްކަވަނީ ހިޔާލީ ވާހަކައެއްގެ ގޮތަށްތޯ

    14
  16. ޗާބޫކުން

    ރައީސް އިބޫ ފެއްޓި މަސައްކަތް ނިންމަން ރައީސް އިބޫ ބޭނުމެއް ނުވާނެއޭ އެހެން މީހަކު އައި ނަމަވެސް ސަރުކާރުން ފަށާފައިވާ މަސައްކަތް ތަކެއް ވާނަމަ ނިންމާނެއޭ އިންޑިއާ ސިފައިންނަށް އައްޑޫގެ ބޮޑު ބައެއް ވިއްކާލާ އަދި އިންޑިއާގެ ކުންފުނި ތަކަށް ބޮޑެތި އަގުގައި ފައިސާ ދީގެން ހަދާ މަގުތަކާއި ބަނދަރު ތަކަކީ އޭގެ އާރުއޯއައި ކުރިއަށް އޮތް 100 އަހަރު ވެސް ނުލިބޭނެ ކަމެކޭ އެންމެ ފަހުން ތިޔާ ލޯން ދައްކަން ޖެހޭނީ މާލެ ސަރަހައްދުގައި ތިބޭ ވިޔަފާރިވެރިންނޭ މީ ދިވެހިވިޔަފާރިވެރިން ގައިގައި ޗާބޫކުން ތެޅުމޭ ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ އޯއް އޯއް އޯއް އޯއް އަަވަހަށް އެޗާބޫކުނޭ ގެންދަވާ ގަދަ އަށް ތަޅާލީމާ ރައްޔިތުން ރޯނާވެ ހަފުސް ވެއްޖެއޭ އޯއް އޯއް އޯއް ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ ހޯއް ހޯއް ހޯއް ހޯއް...

    11
    1
  17. އިއްބަ

    ދިވެހި ރައްޔިތުން ވިސްނަވާ މި ކުޅޭ ގޭމް... ނަޝީދު ވިޔަސް ސޯލިޙް ވިޔަސް ހަމަ އެމް.ޑީ.ޕީ . ބޭނުމަކީ އިދިކޮޅު ކެންޑިޑޭޓެއް ނެތީސް ރައްޔިތުންގެ ދޫ މަތީގައި ނަޝީދު ، އިބޫ މި ދެބަސް ބޭއްވުން ، ސައި ހޮޓާ ތަކާއި ، ހޮޅުވަށި ތަކުގައި އެ ދެ ނަން ކިޔުން ، ފާރު ތަކުގައި އެ ނަން ލިޔަން.. މީ އެމް.ޑީ.ޕީ ކެންޕެއިން ސްޓްރެޓެޖީ އެއް. ޕޮލިޓިކަލް ގޭމެއް. އަބަދު އިވެންޏާ ، ފެންނަންޏާ އެއަށް ހިތް ލެނބުމަކީ އިންސާނީ ތަބީއަތެއް..

    15
  18. ސޫނޭސޫނޭސޫނޭ

    އައްްޑޫ ޝަންގްރިއްލާ ރިސޯރޓް ހުޅުވޭނީ ކޮން އިރަކުންތޭ ކަމިންގް ސޫން އައްޑޫގައި އިންޑަސްޓްރިއަލް މަސައްކަތް ތައް ކުރުމަށް ބޭނުންވާ ކޮންމެ މީހަކަށް 1 ހެކްޓަރުގެ ބިން ދޭނީ ކޮން އިރަކުންތޭ ކަމިންގް ސޫން އައްޑޫގައި ތިބި ޕާރޓޭން ނާއި ވައްކަން ކުރާ ވަގުން ތައް އައްޑޫން ބޭރުކުރާނީ ކޮން އިރަކުންތޭ ކަމިންގް ސޫން އައްޑޫގައި ދަނޑުވެރިކަމުގެ ބޭނުން ތަކަށް ބިން ދިގުމުއްދަތަކަށް މީދޫން ދޭނީ ކޮން އިރަކުންތޭ ކަމިންގް ސޫން ސޫން ސޫން ސޫނޭ ސޫނޭ ސޫނޭ ސޫނޭ....

  19. ޑެނީ

    އިބުރާހިމް ކަލޭ ޖީއެސްޓީ ބޮޑު ކޮއްފައި ވެރިކަމުގެ ހުންނަން ހިތަށް އެރުވީ ތިވެސް މަ އަޖައިބު ވެއްޖެ

    19
    1
  20. ދިބާ

    ކީއްވެބާ އޭރު އެވާހަކަ ނުބުނީ

  21. ޖާބެ

    ޖެނެރަލް ދީދީ ކޮބާ އެކަލޭގެ ކީއްބާކުރީ ؟

  22. ޗާބޫކުން

    ތާއީދު އޮތްތޭ ނޫންތޭ އިނގޭނީ ރަމަލު ޖެހުމުންނޭ މަމެންގެ ރަމަލު ތަކުން ދައްކައިފިއޭ ރައީސް އިބޫގެ ޓީމް ގިއްގެޅެން ދެން އެމްޑީޕީގެ ޕްރައިމަރީގައި އެމްޑީޕީގެ މެމްބަރުން ވޯޓުން ހައެއް ހަތަރަކަށް ތަޅާ ބަލި ކުރާނޭ ކަން އަސްތާ ބުނަންތާ އެއަށް ފަހު ވަޒީރުން ތައް ފޮށި ތަންމަތި ބަނދެގެން މަށެއް ނެތޭ މަހަލާކޭ ގޮވަމުން ރައީސް އިބޫ ދޫކޮށް ދުވެފިލާ ތަން ފެންނާނެއޭ އެއީ ރައީސް އިބޫގެ ސަރުކާރުގައި ޗާބޫކުން ތަޅާނެ މޫސުމޭ ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ ހޯއް ހޯއް ހޯއް ހޯއް...

    7
    1
  23. ވިސްނާ

    ތިއީ ގުދޯ،ގުދޯ ގޮވުންފަދަކަމެއް މިހެންމިބުނީ ނަޝީދުއާ، ނަޝީދުގެ ސިޔާސަތުތަކަށް
    ތާއީދުކުރާތީއެއްނޫން ނަމަވެސް ތިޔަދެފަރާތަށްވެސް ތާއީދެއްނުކުރަން އެއީ ތިޔަދެމީހުން
    ނަކީވެސް ........ މިސާލު ޖީ..އެމް.އާރް އެއާރޕޯޓް މަސްސަލާ ، ރަސޫލާއަށް ހަޖޫޖެހުން
    ވެންޓިލޭޓަރު ވައްކަމުގެ މައްސަލައަށްވޯގޮތް ޓްއަރިޒަމްމިނިސްޓަރަކަށްހުންނެވި ބޭފުޅާގެ

    • Anonymous

      ދިވެހިން މިވީ ތަނަށް މި ފަސްގަނޑުން ނުދެކޭ ހާ ބޮޑެތި ފާފަތައް ފާޅުގަ ކޮށްފަ އެކަން ކުރި މީހުން އިއްޒަތުގަ ބައިތިބާއްފަ ،ދީނަށް އުޅޭ މީހުން ނުހައްގުން ޖަލުގަ..