މި ސަރުކާރުން ކަންކަން ކުރަމުން އަންނަނީ އެމްޑީޕީގެ ސިޔާސަތުތަކަށް ބަލައިގެން ކަމަށާއި ރާއްޖެ ގުޅާލާނީ އެ ޕާޓީގެ ސިޔާސަތުތަކުން ކަމަށް ތިމާވެއްޓާ ބެހޭ ވަޒީރު އައިމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އައްޑޫ ސިޓީއަށް ކުރައްވާ ދަތުރުފުޅުގައި ހުޅުމީދޫގެ ރައްޔިތުންނާ އެކީ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޝައުނާ ވިދާޅުވީ، މި ވެރިކަމަކީ އެމްޑީޕީގެ ވެރިކަމެއް ނޫން ކަމަށް ބައެއް ބޭފުޅުން ވާހަކަ ދައްކަވާތީ އެކަމާ ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.

ޝައުނާ ވިދާޅުވީ، އެފަދަ ވާހަކަތައް އެގޮތަށް ދައްކަވާއިރު، އެންމެ ފުރަތަމަ ޕާޓީގެ ސިޔާސަތެއްގެ ގޮތުގައި ރައީސް ނިންމެވި އެއް ސިޔާސަތަކީ ރާއްޖޭގެ ޒުވާނުން އެންމެ ބޭނުންވެފައިވާ "ތައުލީމީ ސިޔާސަތު" ކުރިއެރުވުމަށް ހިލޭ ޑިގްރީގެ ސިޔާސަތު ކަމަށެވެ. އެކަން މިސަރުކާރަށް ކޮށްފައިވާ ކަމަށާއި އެހެން ކަމުން މިއީ އެމްޑީޕީގެ ސަރުކާރެއް ކަމަށް ޝައުނާ ވިދާޅުވިއެވެ. އަދި ލާމަރުކަޒީ ނިޒާމުގެ ސިޔާސަތާއި އެންމެ ކުޑަ އުޖޫރަ އާއި ރިސޯޓު މުވައްޒަފުންގެ ސާވިސް ޗާޖާއި މުޅި ރާއްޖެ ދަތުރުފަތުރުގެ ނިޒާމަކުން ގުޅުވައި ޕާޓީގެ ސިޔާސަތުތައް ކުރިއަރަމުން އަންނަކަން ޝައުނާ ފާހަގަ ކުރެއްވިއެވެ.

ހުޅުމީދޫގައި ބޭއްވި ޖަލްސާގައި ޝައުވާ ވާހަކަ ދައްކަވަނީ-- ފޮޓޯ: ރައީސް ސޯލިހުގެ ކެމްޕޭން ޓީމް

"އެހެން ވެގެން އަޅުގަނޑު މިދަންނަވަނީ މިއީ އެމްޑީޕީ ވެރިކަމެކޭ. މިވެރިކަމުގަ ހިންގަނީ އެމްޑީޕީގެ ސިޔާސަތުތަކޭ އެ ނޫން އެއްވެސް ޕާޓީއެއްގެ ސިޔާސަތުތަކެއް އަޅުގަނޑުމެން ކުރިއެއް ނާރުވާނަން، އަޅުގަނޑުމެންގެ މެނިފެސްޓޯ އަކީ ވެސް އެމްޑީޕީގެ ސިޔާސަތުތައް ތަންފީޒު ކުރުމަށް ތައްޔާރު ކުރެވިފައިވާ މެނިފެސްޓޯއެއް" ޝައުނާ ވިދާޅުވިއެވެ.

ޝައުނާ ވިދާޅުވީ އެ ހުރިހާ ކަމެއް މި ސަރުކާރުން ފުރިހަމަކޮށް، އެމްޑީޕީގެ ސިޔާސަތުން ރާއްޖެ ގުޅާލެވިފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް މުޅި ރާއްޖެ ގުޅާލާނީ އެމްޑީޕީގެ ސިޔާސަތުތަކުން ކަމަށް ޝައުނާ ވިދާޅުވިއެވެ.

"މުޅި ރާއްޖެ އަޅުގަނޑުމެން ގުޅާލާނީ އެމްޑީޕީގެ ސިޔާސަތުތަކުން، އަޅުގަނޑުމެން ރާއްޖެ ގުޅުވާލާފަ އަޅުގަނޑުމެންގެ ޖީބުތަކަށް ވަންނަ ފައިސާގެ އަދަދު ވެސް އިތުރު ކުރާނީ މިސަރުކާރުގެ، މިޕާޓީގެ ސިޔާސަތުތަކާ އެކީގައި" ޝައުނާ ވިދާޅުވިއެވެ.

ޝައުނާ ވިދާޅުވީ، އެފަދަ ސިޔާސަތުތައް ދެމެހެއްޓެނިވި ގޮތެއްގައި އެބޭފުޅުންނަށް ރާއްޖޭގައި ތަންފީޒު ކުރެވި ހިންގޭނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކީގައި އެމަނިކުފާނަށް ޕްރައިމަރީ ކާމިޔާބު ކޮށްދެވިގެން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

40 ކޮމެންޓް

  1. މަބޭ

    ސުވާލަކީ ރައްޔިތުންގެ ޖީބައްތޯ ނޫނީ ތިޔަބޭފުޅާކަހަލަ ކޮންމެގޮތެއް ވަރިހަމަ މީހުންގެ ޖީބައްތޯ

    56
    1
    • ނުވިކޭ ހާސަރު

      ކުރިން މިދައިތަ ބުނި ރައީސް ނަޝީދު ވަރެއް ނެތޭ. އާސަންދައޭ އިޖުތިމާއީ ރައްކާތެރިކަމޭ ތިމާވެއްޓޭ ޑިމޮކުރަސީގެ ބާނީއޭ އެމީހާ އަދި އެބުރި ގެންނާނަމޭ. އެހެރީ ފެންނަން ތި ޝައުނާ ދެއްކިހާ ވާހަކަ. ދެން މި މީހުންގެ އެއްވެސް އުސޫލެއް ގޮތެެއް ފޮތެއް ހުންނާނެތަ. މަގުމަތީ އުޅުނީ މަގާމެއް ހަލާލުކުރަން. އެކަން މިއަދު ބޮޑުތަނުން ސާފުވެއްޖެ. ތިމާވެއްޓޭ ކިޔާފަ އަރާ ތިއިންނަނީ ދުން ބޭރުކުރާ އިންޖީނުލީ އުޅަނދަކައް އެއްކިލޯ ހަމަ ނުވާ ތަނެއްގަ ހިގާލަން ބޮޑުވެގެން

      14
    • ސޭލު

      ސައުނާ މީ ވަރައް ދެފުއް ކެހެރި ގޮލައެއް. މާ ތިމާވެށިވެގެން އެކަމުގެ މިނިސްޓަރުކަން ހޯދާގެން އެކަމަކު އަބަދު އަރާއިންނަނީ އިންޖީނުލީ ވިހަ ދުން ބޭރުކުރާ ކާރައް. ކޮރަޕްޓު ނޫން ކަމައް ހެދިގެން އުޅޭއިރު އޭނާގެ މިނިސްޓުރީން ހިންގަ ޕުރޮޖެކުޓުތައް ބަހާލާ ގޮތް އެގޭމީހުން ފިއްކަޑާގެން ދާނެ. ހަސަން ސައިދުގެ ހިޔަނިން އަންނި ކައިރިއައް. ދެން އިބޫ ފަހަތުގައި. ފައްކާ އޮޕޮޗުނިސްޓެއް. ލިބޭ ކޮޅަކައް ދާ ގޮލައެއް. ނޯ ރެސްޕެކްޓު ފޯ ދިސް ޗީޕް ޕާސަން!!!!

      13
      • ނޭފަރު

        ކުޑަ އެއްޗެއް ކިޔެވިފަ ހުއްޓަސް އެއްވެސް ގޮތެއް ނެތް ހަރުދަނާ ކަމެއް ނެތް. ގިނަ ފައިސާއާ ލައްޒަތައް ދަމާ ކަބަލެއް.

        10
    • ސޭޓު އަންހެނުންގެ ފިރިމީހާ

      އޭނަ ފިރިމީހަ ޖީބައް ވަންނަ އޭ ކިޔަދޯ؟

  2. ޚާލިދު

    ޖީބަށް ވަންނަ ވަރު އިތުރެއް ވެސް ނުވާނެ،
    ވިޔަސް ޓެކްސްތަކާ ޚިދުމަތްތައް އަގު ބޮޑުކޮށްގެން އެބައި އަތުލާނެ.
    ކަލޭމެން އައިސްގެން ފަގީރުކަން އިތުރުވީ،
    އެހެންނޫނަސް ދީނާ އިޖްތިމާޢީ މިންގަނޑުތަކާ ސަގާފަތް ނަގާލާފަ އަހަރުން ދިވެހިން ބޭނުމެއް ނޫން ފައިސާ

    31
    1
    • ާދަލޭކް

      މިސަރުކާރުގެ އެކި އެކި ބޭފުޅުންގެ ޖީބަށް ވަންނަނީ އެއީ ޔަޤީން ކަމެއް. މިހާރު ދުލުން ތިވިދާޅުވީ . މިފެށޭ ދައުރުގަ މައްސަލަ ބައްލަވާފަ ދައުވާކުރަން ޖެހޭނެ.

      12
  3. ގިނި

    ދީނެއް އާޚިރަތަކަށް ނުބަލާ ، ހުކުރު ޚުޠުބާއަށް ހޮޓްބާ ކިޔައި ހަޖޫ ޖެހި މީހުން ކައިރިން ކަންކަން އިސްލާހު ވާނެތަ

    28
  4. ސޯލޭ

    ޚޮންމެ ވޯޓަކާ ދިމާކޮއްފަ މިބައިގަނޑުގެ ޖީބުފުރޭ ވާހަކަ ތޯއްޗެ މި ކިޔަނީ

    26
  5. އަހުމަދު

    ޖީބައް ޑޮލަރާ ޕައުންޑާ އަޅާނަމޭ، ރައްފުށު މަސް ފެކްޓަރީއޭ، ނޫ އިގްތިސާދޭ ކިޔާފަ އައިސް ޖީއެސްޓީ ބޮޑުކުރީ. ދަރަނި 100 ބިލިއަނައް އަރައިފި. ދެން ފުދިއްޖެ. އިބޫ ގޯ ހޯމް

    29
    2
  6. އާދަނު

    ނުއުފުލޭވަރުގެ ސިޔާސީ މަޤާމެއްދީ ރައޔިތުންގެ ޚަޒާނާއިން ބޮޑުމުސާރަދޭ މީހަކު ނޫންމީހަކު ޞާލިހަށް ތާއީދެއްނުކުރޭ! މިކަން މި ކަނބުލޮވެސް ދަންނާނެ! ވަޒީރުންގެ ތެރެއިން އަމިއްލައެދުން ބޮޑަތި މީހުން މިކަމުގ ހެއްކަކަށްފުދޭ!!!!!!!،

    21
    1
  7. Anonymous

    މިނިސްޓަރ ތިޔަވިދާޅުވަނީ ތިމެންނަމެންފަދަ އިސް ސިޔާސީ މީހުންގެ ޖީބަށް އިތުރުފައިސާތަކެއް އަބަދަށްޓަކާ އެޅިއެޅި ހުންނަންޖެހޭ ސިޔާސަތެއް މިގައުމުގައި ގުޅުވަން ޖެހެނީއޭތަ؟؟އެއީ ނިކަމެތި ރައްޔިތުން ފިލައިގެން މިހާރުވެސް ގައުމު ހިންގާގޮތެވެ، ﷲގެ އިރާދަފުޅުން މި އަމިއްލައެދުންބޮޑު ލުއްޝާއިންގެ ވަކިތަކުން މިގައުމާއި ރައްޔިތުން ސަލާމަތްކުރައްވާށި އާމީން🤲

    22
  8. Anonymous

    މިނިސްޓަރ ގެ ޖީބަށް

    21
  9. ނަނަނަ

    ޔާމީނު ވެރިކަމުގަ ޖީބަށް ވަތް ވަރާ ގާތަށްވެސް މިހާރު ޖީބަށް ފައިސާ ނުވަދޭ.. އާނ.. ކަލޭމެނަށް މިހާރު ބޮޑު މުސާރަ އާ ކަޓު ލިބޭނެ..

    27
  10. މުރުޝިދު

    މީ ކޮންތާކު ހުރި ވަޒީރެއް.ކަމަނާ އާ ހަވަލުވެފަހުރި މިނިސްޓްރީތަކާ ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންގެ ހައްގު ކަށަވަރުވޭތޯ ބަލާބަލަ.ހިތުހުރި ގޮތަކަށް ސިވިލްސާވިސް ގާނޫނާ އޮފީހުގެ ގަވާއިދުތަކަށް ގޮންޖައްސާ އެތަންތަނުގެ ވެރިން ކަންތައްކުރަމުންދާއިރު ކަމަނާ ތިއުޅުއްވަނީ އެހެންކަމަކާ.މުވައްޒަފުންގެ ކަންބޮޑުވުންވެސް ކަމަނާއާ ހިއްސާކުރި.ވީ ކަމެއް ހަރާމް.މިކަހަލަ މީހުން ވެރިންނަށް ލައިގެން ކިހިނެއްތޯ ގައުމު ހިންގޭނީ.ރަނގަޅު އަނގަޔަކުން ނާރާނެ.މޫސުމާބެހޭ އިދާރާގެ މުވައްޒަފުނާމެދު އެތަނުގެ ވެރިން ކަންތައްކުރާގޮތުގެ ވާހަކަ ރައްޓެއްސަކުބުނި.އަހަރެން ހުރީ ހައިރާންވެފަ.އެވާހަކަތައް ކަމަނާއާ ހިއްސާކުރިކަމަށްވެސް ބުނި.ހައްލެއްނުލިބުނު.

    19
  11. ހަހަ

    މަނޖެގެ ޖީބައް ދޯ 😂.

    21
  12. ޑރ. ރާމީ ޙަސަން މަނިކު މ.ވައިނުޖެހޭގެ ޕީ.ޕީ.އެމް 9305205

    ޝައުނާ. އަނެއްކާ އަނެކަކު ފެށީ. މީނަ ވެސް މިއީ ޕައުންޑުންނޭ އިބޫ ސަރުކާރުގަ އައްޑޫ މީހުންނަށް މުސާރަ ދޭނީ ބުނި ވައްތަރުގެ ވާހަކަ ދައްކާ މީހެއް. މީނަ ގެ ޓްވީޓް ތައް ބަލާލަ ބަލަ. ހުންނާނެ ހުކުރު ޙުތުބާ އަށް ހަޖޫ ޖަހާފަ. ހުކުރު ހުތުބާ އަށް "ހޮޓް ބާރ" އޭ ކިޔައިގެން އުޅުނު މީހެއް މިއީ. ބާރ އަކީ ބަނގު ރާ ބޯ ތަންތަން. މާތް ﷲ މި އިބޫ ގެ ލާދީނީ ބައިގަނޑުން އަޅަމެން ސަލާމަތް ކުރައްވަ ވާންދޭވެ!

    31
    • ޑރ. ރާމީ ޙަސަން މަނިކު މ.ވައިނުޖެހޭގެ ޕީ.ޕީ.އެމް 9305205

      ސައުދީ އެރެބިއްޔާ، ނޫންނަމަ އިންޑިއާ ގައި މި ޝައުނާ ގޮސް ހުކުރު ޙުތުބާ އަށް "ހޮޓް ބާރ" ކިޔާ ބަލަ ކިހިނެތް ތޯ ވަނީ ބަލާލަން. ޙުތުބާ އަށް "ހޮޓް ބާރ" ކީ ސަބްރާ އާއި މި ޝައުނާ ގެ މައިންބަފައިން ނަށް ފާތިޙާ ދުވަސް އަންގާ ނުލާ ދުވަސް ދުއްވާލާނެ.

  13. މަތަރަސް

    ބަލަ މިހަރަ ހިންނަވަރު އިބޫ އަކީ އިންޑިޔާގެ މޯޑީގެ ޗީފު މިނިސްޓަރު ގައުމުވިއްކާލާފި ހަޒާނާދޮވެލާފި ޕާޓީގެ މެންބަރުންވިސްނާފާނޫނީ ޕްރައިމަރީގާ ވޯޓް ނުނިންމާތި މިހާރު ދަރަނި ގޮތުގާ ބޮންޑެއްކިޔާގެން ތިންސަތޭކަނުވަދިހަހާސްމިލިއަނު ރައްޔަތުންދަރުވާލަނީ މިހާރުގެދަރަނި އެއްސަތޭކަ ސާދަ ބިލިއަން ރުފިޔާ އިން ރައްޔަތުން ދަރުވާލާފި ރައްޔަތުންނާޕާޓީގެ މެންބަރުންވިސްނާ؟؟؟؟؟؟؟ރިޔާސީއިންތިހާބައްބުނައްވީނޫނެކޭތަ؟؟ ނުވަތައާއެކޭތަ؟/ހިންގުންތެރިތަ؟؟ ނާގާބިލޮކަންތަ؟

    16
  14. ސާބަސް

    ސޯ ބުރިޖެއްނެތް ދޯ މީންދުވަހަކު ގުޅާލެވޭކަށް، ތިޔަ ވިދާޅުވާ ސިޔާސަތު ތަކަކުން އާންމު ރައްޔިތުންނަށް ކުރާނެ ފައިދާއިއެއް ނެތެއްނު ދެންވެސް ފައިދާއެއް ކުރާނީ ތިޔަ ސިޔާސީ ފަރާތްތަކަށް ރައްޔިރުންނަށް ހަމަ ސުމެއް🙃🙃🙃

    13
  15. އއ

    ގޯހެއްނޫން ޝައުނާމެން ތިގޮތައް ވާހަކަދެއްކުމަކީ.!!
    ލަދެއްނެތި ދޮގުހެދުންތީ ތިމާގެ އެދުންތަކާ މެދުގާ
    ޙިނގާގޮސް ގޭގެއައްވަދެ ކަމެއްނެތެ ހުތުރުކަމުގާބަލާ.

    11
  16. އިސްޢާފް ސަލީމް

    ކޮބައިތޯ މަސް ޕްލެޓްފޯމުތައް ؟ ކޮބައިތޯ އައިސްޕްލާންޓްތައް؟ ކޮބައިތޯ ގޭދޮށު މަސްފެކްޓަރީތައް؟ ކޮބައިތޯ ކޮންމެ ރަށެއްގައި އައިސް ޕްލާންޓުތައް؟ ކޮބައިތޯ ސީދާ ޑޮލަރު ؟ ކޮބައިތޯ 13 ކޯޒްވޭ؟ ކޮބައިތޯ 4 ބްރިޖް؟ ކޮބައިތޯ ހަދިޔާފޮށި؟ ކޮބައިތޯ ސުކޫލްނިމި 18 އަހަރުވަންދެން ދޭ ޢިނާޔަތް؟ ކޮބައިތޯ 4000 ޓަނުގެ 4 ، މަސްފިނިކުރާތަން؟ ކޮބައިތޯ މަސްވެރިޔާގެ ޖީބުތައް؟ ކޮބައިތޯ ޑީސެލް ޕެޓްރޯލް އަތްފޯރާފަށް؟ ކޮބައިތޯ ކުނިން އާމުދަނީ؟ ކޮބައިތޯ 9 ޓާޝެރީ ހޮސްޕިޓަލް؟ ކޮބައިތޯ ކެންސަރު ހޮސްޕިޓަލް؟ ކޮބައިތޯ މުދަލުގެ ހަމަ އަގު؟ ކޮބައިތޯ ރިސޯޓް ބޯއީސް ރަށުގައި ނިދުން؟ ކޮބައިތޯ މިނިމަމް 10000 ރުފިޔާ؟ މީ އަދި އެތިކޮޅެއް! ލަދު ގެންބަލަ

  17. ޢިޔާބު

    ރައްޔިތުން މަގުތަކަށް ނުކުމެ މި ލދ ސަރުކާރު ބަދަލުކުރަންޖެހޭ

    10
    1
  18. ޢަބްދުއްލަޠީފު

    ޚަޒާނާ އަތުޖެހޭތޯ ހާދަހިޔަޅު ވާހަކަ އެބަދައްކައޭދޯ.

    11
  19. މުޙައްމަދު

    ރްއްޔިތު މީހާ ޖީބަކަށް ނޫން. ހޭބަލިވެފަ ތިބި މީހުންގެ ޖީބަށް ބަރުވާނެ ތިއިން ކޮންމެ ސިޔާސަތަކުންވެސް.

    10
  20. ޅިޔަނު

    ޝައުނާގެ ޖީބައް ވަންނަ ވާހަކައޭ އެބުނީ ފުރެންދެން

  21. ޅިޔަނު

    ޑިގްރީ ޖަހައިގެން ޒުވާނުން ދާންޖެހެނީ ހަމަ އަގު ނުލިބޭ މަހެއް މީ ސަރުކާރުގެ ސިޔާސަތަކީ..ވަރައް ވާހަކަ.ލޮލް

  22. އހ

    ތިޔަހެން ނުހައްދަވާ މިހާރުވެސް މިއުޅެނީ ޖީއެސްޓީން އަޅުގަނޑުމެންގެ ޖީބައްވަންނަ ބައި ބޮޑުކަމުން

  23. ނަން

    އެމް.ޑީ.ޕީ ގެ ވެރިކަމެއްގައި 5 އަހަރު މިހޭދަވަނީ ޖީބުން ފައިސާ ފެލީ

  24. ވާނުވާ

    ކަލޭގެ އަމިއްލަ ޖީބުގެ ވާހަކަތަ ތި ދައްކަނީ. މިތިިބީ އައްޑޫ މީހުންތިބި ހާލު

  25. ކާބަން

    މި މަންޖެ މީ ލައްކަ ބޯ ނުބައި މީހެއް. ފުރަތަމަ ހަސަން ސައީދު ތައްޕާހުގަ ދެން ނަސީދު ދެން އިބޫ. އެއްވެސް ވެލިއުސްއެއް ޕުރިންސިޕަލުސްއެއް ނެތް. ފައިދާ ދުވާ ރޮގު ބަލާގެން އޭގެ މޯހިރުގަ ދުވެ ނަގަނީ. ލަދު ހަޔާތުގެ ކުޑަ މިންވަރެއްވެސް ނެތް. ތިމާވެއްޓާ ކިޔާހަ އަރާ އިންނަނީ ކާބަން ވިހަ ގޭސް ދޫކުރާ ކާރަކައް. ދެން ގޮސް ކޮޕް ސަމިޓުގައި ކިޔަނީ ފަޅޮލޭ. ތާހިރެއްނު ކަލޭނޭ

  26. ބިގް ބޮސް

    މިހާރުވެސް ވަންނަ ޖީބު ތަކައްވަދޭ ބޭނުންވާވަރައްވަދޭ.

  27. ޙސޖދހ

    ކޮބާހޭ ސްޓާލިންކް އިންޓަނެޓް

  28. ޔާންޔާ

    ޖީބައްވަންނަ ފައިސާ އަތުރުވާނެ އަދި 12% ޖީއެސްޓީ އިން.

  29. Happy 123

    ޓެކްސް ބޮޑުކޮށް ކަލޭމެންގެ ޖީބަށްތި ވައްދަނީ!! 😡

  30. އަހްމަދު

    ވަރަށް ރަނގަޅު ވާހަކައެއް. ޝައުނާގެ ޖީބަށް ވަންނަ ފައިސާ އިތުރުވާނެ.

  31. ބޮޑުވަގު

    ވަގުންގެ ޖީބަށް

  32. މަސާޖުޕާލަތު

    ތިމާގެ ނަފުސު ވިއްކޭނެ އެތައް ގޮތެއް ހުރެ. ކުރިން އާއްމުކޮށް އަޑުއަހަނީ ހަށި ވިއްކާ ވާހަކަ. މިހާރު މި ފެންނަނީ ނަފުސާ ތިމާގެ އިންޓެގުރިޓީވެސް ވިއްކާލާތަން ދިދަ ޖެހި ކާރަކަށް. ހަސަން ސައީދު ފަހަތުން އެލިގަނެގެން އުޅެ ކަންފުޅެއް ނުވީމަ ދެން އެޅުވީ އަންނި ފަހަތު. ދެން އިބޫ ފަހަތު. ތިމާމެންގެ ނަފުސު ވިއްކާފަ ޕަބުލިކު މަގާމުތަކައް އަރާ ރައްޔިތުން އެއްޗެކޭ ބުނާއިރަށް ދެން އަންހެނުންގެ ބަތާނައޭ ކިޔާނެ. އެއީ މިކަހަލަ މީހުންގެ ގޮތް

  33. Anonymous

    ތަ ތެއެނީ ބައިތުލްމާލު ލޫޓުވަމުން ނުނީ

  34. ޢަލީ

    ޕަބްލިކުގަ ދޮގުހަދަން އޮއްވާ އަޖަލަ އައިސް ޖެހިއްޖެއިޔާ ދެން ކީއްތޯ ކުރާނީ މަގާމާއި ޖާހަތާއިގެން. އޭރުން ތިޔަފަތުރާ ދޮގުތަށް ބަދަލުވެގެންދާނީ ހާހުންމިލިޔަނުން ތި އަޑުއަހާމީހުންގެ އަދަދަށް އެއްކުރެވޭ ފާފައަށެވެ. ތިމާ ރުހުނަސް ނުރުހުނަސް މާތް ރަސްކަލާނގެ ހަޒްރަތަށް ގެނެވި ހިސާބު ބެލެވޭދުވަހު އެއްކަލަ ސިޔާސީ ބޭނުމަށް އެތަށް ހާސް ރައްޔިތުންގެ ކުރިމަތީގައި ހެދޭ ދޮގުތަށް ވާނީ ތިމާގެ އެންމެބޮޑު ދުޝްމަނުންނަށެވެ. ލާދީނީ ވެގެން އެފުއްމިފުށަށް ޖެހިގަތަސް އަދި މުރުތައްދުވެގެން ގޮސް ޝައިތާނާއާއި ކައިވެނި ކުރިޔަސް ހިސާބު ބެއްލެވުމަށް ހަމައެކަލާނގެ ހަޒްރަތަށް ރުޖޫއަ ކުރެވޭނެކަން ކަށަވަރެވެ. ވީމާ ތިމާމީ ސިޔާސީ މީހެކޭ ހިތާ ޕަބްލިކުގައި ޣާފިލުވެ ހުރެ ދޮގު ހަދާވަރަކަށް އެ އެއްކުރެވެނީ ތިމާގެ ދާއިމީ ހަލާކު ކަމުގައި ވެގެން ހިނގާދާނެއެވެ.