ރައްޔިތުންގެ ނަފުސާއި މުދަލަށް ކިތަންމެ އަނިޔާއެއް ދިނަސް ރައްޔިތުންގެ އަޒުމާއި ހިތްވަރު ޖަލަށް ނުލެވޭނެ ކަމަށާއި ރައީސް ޔާމީން ހައްޔަރުކޮށް ތަހުގީގު ހިންގަން ޖެހޭ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ރޭ ޖުމްހޫރީ ޕާޓީގެ ޖަގަހަ މ.ކުނޫޒުގައި ބޭއްވި ޖަލްސާގެ ބައިވެރިންނާ މުޚާތަބުކުރައްވައި ވީޑިއޯ މެދުވެރިކޮށް ދެއްކެވި ވާހަކަފުޅުގައި ގާސިމް ވިދާޅުވީ ރައީސް ޔާމީން ދެއިރުދެދަޅަޔަށް ދެގޮތަށް ދައްކަވާ ވާހަކަތަކުން ރައްޔިތުންނަށް ޚިޔާނާތާއި އަނިޔާވެރިވެފައިވާ މިންވަރު އެނގޭ ކަމަށެވެ.

"އެތައް ބައެއްގެ ކުރިމަތީގައި ވިދާޅުވީ ތިމަންނާ ދިން ފައިސާއޭ އަދީބު ބެއްސެވީ. މިހާތަނަށް ހިނގި އެންމެ ބޮޑު ޚިޔާނާތް ހިނގީ ތިމަންނާގެ ވެރިކަމުގައި ކަަމަށް އިއުތިރާފުވި. ފައިސާ ގޯނި ހިފައިގެން ހިނގީ ތިމަންނާއޭ މެމްބަރަކު ވިދާޅުވި" ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅޭގޮތުން ރައީސް ދައްކަވާފައިވާ ވާހަކަފުޅުން އެއީ އެނގުމުގެ ތެރެއިން ހިނގާފައިވާ ކަންކަންކަން އެނގޭ ކަމަށެވެ.

"އަދީބު ޖަލަށްލައި އެތައް ދުވަހެއް ފާއިތުވެފައި ވީނަމަވެސް އެމައްސަލާގައި ވީނުވީއެއް މިއަދާ ހަމައަށް ވެސް ނޭނގި، ދައުލަތުން ގެއްލުނު ފައިސާއަށް ވީނުވީ ނޭނގޭ. ނުހައްގުން އެތައް ބަޔަކު ޖަލަށްލައި ސަރުކާރުން ދަނީ ރައްޔިތުންގެ މައްޗަށް އިންތިހާއަށް އަނިޔާވެރިވަމުން" ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ސިޔާސީ އެތައް ބޭފުޅަކު ހައްޔަރުކޮށް ދައުވާ އުފުލައި ޝަރީއަތްތައް ހިންގާފައިވާއިރު އެއިން އެއްވެސް ޝަރީއަތަކީ އިންސާފުން ހިންގާފައިވާ ޝަރީއަތެއް ނޫންކަން ކާނަލް ނާޒިމްގެ ޝަރީއަތަށް އެކަނި ބަލައިލިޔަސް ސާފުވާ ކަމަށެވެ.

"ނަފުސާއި މުދަލަށް ކިތަންމެ އަނިޔާއެއް ދިނަސް ރައްޔިތުންގެ އަޒުމާއި ހިތްވަރު ޖަލަށް ނުލެވޭނެ ނޫސްވެރިޔާ ރިލްވާންގެ މައްސަލައިގައި ރައީސް ޔާމީން ދެއްކެވި ވާހަކަފުޅަން ރައީސް ޔާމީން ހައްޔަރުކޮށް ތަހުގީގު ހިންގަން ޖެހޭ " ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ގާނޫނުއަސާސީގެ ކުރިމަތީގައި އެންމެން ވެސް ހަމަހަމަ ކަމަށާއި ދައުލަތަށް ޚިޔާނާތްތެރިވެފައިވާ މީހަކަށް ދީނުގެ ހަމަތަކުން ބަލާއިރުވެސް ވެރިކަމަށް ނާދެވޭނެ ކަަމަށެވެ.

"ރައީސް ޔާމީން ވަނީ ދައުލަތުގެ މުދަލަތަށް ޚިޔާނާތްތެރިވެފައިވާ ކަމަށް އަމިއްލަފުޅަށް އިއުތިރާފުވެފައި އެހެންކަމުން އެމަނިކުފާނުގެ ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނުން ބަލައިގަންނާނީ ކިހިނެއްތޯ" ގާސިމް ސުވާލު އުފެއްދެވިއެވެ.

ގާސިމް ވިދާޅުވީ އައިޖީއެމްއެޗް ތަރައްގީ ކުރުމުގެ ޕްރޮޖެކްޓާއި އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ ޕްރޮޖެކްޓްތަަކަށް ރައްޔިތުންގެ ބަޖެޓުން އެތައް ފައިސާއެއް އިސްރާފު ކޮށްފައިވާކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

27 ކޮމެންޓް

  1. ޖިންނި

    ގާސިމޫ !!!

  2. ރަނދަ

    މޮޔަފުޅު ވީތޯ؟ އަނގަ ތަޅަންފެށީ.

  3. ގައިދީ

    ގާސިމް ގައިދީއަކު ތިފަދަ ވާހަކަ ނުދެއްކޭނެ.

  4. ހުސޭނުބޭ

    ކަލޭ ތިއީ ތިވަރު މީހެއްކަމަށްވަނީވިއްޔާ ރައީސް ޔާމީނު ހައްޔަރުކުރަން އަންނަންވީނު! ޔާމީނޭ ކިޔާފައި އަނގަފުޅާކުރުމުގެ ކުރިން މުއައްޒަފުންގެ ސާވިސްޗާޖު ދީބަލަ ދައްޔޫސާ!

  5. މުޙައްމަދު

    ރައްޔިތުންނަށް ޚިޔާނާތްތެރިވީ ކާކުކަން މުޅި ދިވެހި އުއްމަތަށް އެގޭ، ކަލޭ ރައީސް ޔާމީނާ ދެކޮޅުވެގެން ތިއުޅެނީ ދައުލަތަށް ދައްކަންޖެހުނު އެތަކެއް ހާސް ރުފިޔާ އެއީދައްކަން ނުޖެހޭ ފައިސާއަކަށް ހަދަން އުޅުމުން އެކަން ޔާމީން ޤަބޫލުފުޅު ނުކުރެއްވުމުން، އަހަރުމެން ބޮލަށް ކަލޭމެންނަކަށް ޗިޕެއް ނުޖެހޭނެ އެދުވަސް މާޒީވެގޮސް ނިމިއްޖެ، "މަގޭވޯޓް ރައީސް ޔާމީނަށް އިންޝާﷲ"

  6. މުހައްމަދު

    ހައްޔރުން ވީއްލިގެންގޮސް ފިލާއޮވެ ކޮންހޮޅިވާހަކަޔެއްތަ ތިޔަދައްކަވަނީ..

  7. އަލީ

    ޤާސިމޫ ދަހިވެތިކަން ތިހުރީ ބޮލައަތާގަ ދެންވެސް ހުންނަން ޖެހޭނީ މަގުމަތި ވެފަ ކަންޔ ަގީސް.

  8. ރިމްސާ

    ގުއިރޯނުގައި ޖައްސާފަ ތިހުރީ! އަތްމަތި ހުސްވާއިރުވެސް ނުބަލާތި!!!

  9. ރަޝީދު

    ތިބޭފުޅާ ވޓވގަ ވިދާޅުވި ސުޕްރީމް ކޯރޓުން ނެރުނީ "އަޅުގަނޑުމެންނޭ"

  10. އިނދިކޮޅު

    ކޮން ކަހަލަ ތަހުގީގެއްބާ. ރާއްޖެ ތަރައްގީ ކުރާތީ ތޯ. ހަމަނޭވާލެވިގެން ދިވެހިން އުޅޭތީ ތޯ. ރާއްޖޭގެ ރިޒާވް އިތުރުވާތީ ތޯ؟ ކޮންމެވެސް ރަގަޅު ސަބަބެއް ދެއްކުމަށްފަހު ތިކަމާ އުޅުއްވާ. އެހެންނޫނަސް ތީ ޔާމީން އަންގަވައިފިއްޔާ ފާޚާނާ ސާފުކުރަންވެސް ހުންނާނަމޭ ވިދާޅުވި ބޭފުޅާއެއްނު. އެއްހަރަކުން ސަތޭކަ ފަހަރަށް ކަށިޖަހަމުން ދާތަން މިފެންނަނީ

  11. މައުސް

    މިހާރު ވޯޓްލައިގެން ﷲގެ އިރާދަފުލުން ނޮހޮވޭނެހެން ހީވީމާ ހުރިހާ މޮޔައިން މިކިޔަނީ ރައިސް ހައްޔަރުކުރަން ދޯ

  12. ޒީރޯ

    ތާއީދު ފެނިފަ ހިތްދަތިވީި.

  13. މުއާ

    މިހާރުކިޔާނެ އެއްޗެއްނެތި ގޮތްހުސްވުމުން ދައްކާވާހަކަ ތިހިރީ.

  14. ޢަލީ އަޙުމަދު

    ގާސިމް ކޮންމެ ވާހަކއެއް ދެއްކިޔަސް ގާސިމް ރައީސުލްޖުމްހޫރިއްޔާއަކަށް ވާން ކުރާ އުއްމީދު ދުވަހަކު ވެސް ހަގީގަތަކަށް ނެހެދޭނެ. ބުނީމެއްނު ތިމަންނަ އަށް ދެން ނުވެ އޮތް ހަމައެކަނި ކަމަކީ ނިޝާން ޖެހި ކާރުގައި މުލީއާގެޔަށް ގޮސް އެއްރޭ ނަމަވެސް އެތާގަ ނިދާލުމޭ. އެކަން އަދި ނެތް ވާކަށް.

  15. ފާގަ

    ލުކް ހޫސް ޓޯކިން.. އަޅުގަޑުމެން ފެބްރުއަރީ 1 ގަ ސުޕްރީމް ކޯޓު އަމުރު ބުނި މީހަކު މައްސަލައިގަވެސް ހައްޔަރުކޮށް ތަހުގީގު ކުރަން ޖެހޭ. އަދި ކޯޓުން ކުރި ހުކުމް ތަންފީޒު ނުކޮށް މޭގަ ރިއްސާތީ އޭ ކިޔާފަ ފިލައިގެން އުޅޭ މީހެއްގެ މައްސަލަވެސް ހައްޔަރުކޮށް ތަހުގީގު ކުރަން ޖެހޭ

  16. ސަޢީދު

    ކަލޭ އަދި ވެސ ހައްޔަރު ކުރާނީ. އަހަރެމެން ހުކުމެއް ނެރުނީމާ ޔާމީނަކަށް ކަމަކު ނުދިޔަޔޯ. މޮޔަގަނޑު.

  17. ާވަތުބަތާނަ

    ހާދަހާ މޭގަނދު ކަރެ އޭ ދޯ

  18. ރާޒީ

    އަޅުގަނޑުމެން ހުކުމެއްނެރުމަކީ އަޅުގަނޑު ހިފާ ހައްޔަރު ކުރަންޖެހޭ ކަމެއް ނޫންތޯއެވެ.

  19. ިާަަަަަަީަަާމޮޔަމީހާ

    އަހަންނަކީވެސް މީ މިދެވެހިގައުމުގެ ދިވެހިރައްޔިތެއް! ތިޔަދައްކަވާ ވާހަކަ އެއްގޮތަކަށްވެސް މިއުޅެނީ ފަހުމު ނުވެގެން. އެއީ އަނިޔާވެރިކަމުގެ އެއްވެސް އިޙްސާސްއެއް އަޅުގަނޑަށް ނުކުރެވޭތީ!

  20. ޣާޒީ

    ކަލޭމެން އަނގަ އަރުވަން މާދުރުގަ ފިލައިގެންގޮސް ނުތިބެ ޤައުމަށް އާދެބަލަ ހިތްވަރުހުރިއްޔާ އަނގަ އަރުވަން.

  21. މަލަކުރި

    ގާނޫނު ދަންނަގޮތުން މީހެއްގެ މައްޗަށް ކުށެއް ސާބިތު ނުވާހާ ހިނދެއްގައި އެއީ ކުށެއް ނެތް މީހެއް. ވީމާ ޔާމީނަށް ރައީސްކަމަށް ކުރިމަތި ލުމަކަށް އޮތް ހުރަހެއް ނެތް، ތުހުމަތު ތަކާއި އަދި އޭސީސީ ގެ ރިޕޯރޓްގައި އެއްޗެއް ލިއުމަކުން އެކަމެއް ތުހުމަތުގެ އެނގުމަކުން އެއްވެސް ހުރަހެއް ނެތް

  22. ބޯނެތްބުރުމާ

    ކަލޭމެން ބައިމީހުނަށްވުރެ ޔާމީނަށް ތާއީދުކުރާ މުސްލިމް ދިވެހި ޔައްޔިތުން މާގިނަ، ބޯނެތަސް ބުރުމާކައިރީ ލައްކަވާހަކަ މިބުނީ

  23. މީރާ

    އޭބުރުންޑީ ކައެ ކިބާ؟

  24. ދަބަރު

    ހުރިހާ ސަރުކާރެއް ވައްޓާލަން ނުކުންނަ ބަގާވާތުގެ ބާނީ.

  25. ޚަލީ

    ޢަނެއްކާ ހުކުމްއެއް ނެރެން ވީނު.

  26. މަހާރެހެންދި

    ވަރަށްއާދައިގެ ކުދިކުދިކަންތައްތައް ބޮޑެތި މައްސަލަތަކަށް ބަދަވެ، މިރާއްޖޭގައި ތިއްބެވި ޢިލްމުވެރިނަނާއި ވިޔަފާރިވެރިންނާއި ސިޔާސީގޮތުން ފުންނާބުއުސް ބޭފުޅުންނާއި ސިޔާސީ ޕާޓީތަކުގެ އެންމެއިސްވެރިންނާއި މުޖުތަމަޢުގައި ދަރަޖައުފުލިގެންވާ މާއްމީހުންނާއި ކަމުވޮށިވެގެންވާ މީހުންގެ މައްޗަށް ޙުކުމަކަށްފަހު، ޙުކުމެއް ކުރަމުންގެންދާއިރު، އަދި މިހުރިހާ އެންމެން ގޮޅީގައިވާއިރު، އެމީހެއްގެ އަމިއްލަ އެކައުންޓަށް އެއްމިލިޔަން ޔޫއެސް ޑޮލަރ ޖަމާވެފައިވަނީ، ވައްކަމުގެ ޙާދިސާއެއްގެ ތެރޭގައިކަން ފާޅުކަންބޮޑު ގޮތެއްގައި އޭސީސީގެ ފަރާތުން ކަށަވަރުދޭއިރު، އެމީހަކު އެމަޤާމަކަށް ކޮލިފައިވުމަށް ކޮށްފައިވާ ހުވައިގެ މައްޗަށް ބެލުމުން ނުކުންނަ ނަތީޖާއަކީ، މިހާރު މިފެންނަމުންމިދާ ނަތީޖާއެއްނޫނެވެ. އެބަހީ، ގައިދއަކީ، ނުވަތަ ޙުކުމުތަންފީޒު ކުރުމުގެ މަރްޙަލާގައި ތިބޭ މީހުންނަކީ، ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތީން ހެކިބަސް އަދާކުރުމުން މަޙްރޫމްވާ ބައެއްނޫނެވެ. އެހެނީ، ޤަޛުފުގެ ޙައްދުޖަހާފައިވާ މީހުންގެ ފަރާތުންވެސް މިރާއްޖޭގައި ހެކިބަސްއަހާފައި އެބަހުއްޓެވެ.

  27. ޙަފްޞާ / މާލެ

    ޤާސިމަށް ދެންވެސް ރަގަޅުވާނީ ރައީސް ޔާމީނާއެކު ގުޅިގެން ކުރިޔަށް ދިއުމެވެ. ޤާސިމުގެ ހޮރައިޒޮން އަށް އިންވެސްޓްކުރި ހުރިހާ މެޝިނެރީސްތައް އަންދާ އަޅއަށް ހަދާލާ ، ޤާސިމުގެ ޓީވީ ތަޅާ ސުންނާފަތިކޮށް ، ޤާސިމުގެ ރިސޯޓްތަކުގެ ސްޕަރތައް ބަންދުކޮށް ޤާސިމަށް އަނިޔާ ދިނީ ކޮންބައެއްކަން ހަނދާނަށް ގެންނަވާ! ދެންވެސް ވާނީ ހަމަ އެގޮތަށް!!1