ޕޮލިސް ސާޖަންޓް އާދަމް ހަލީމް މަރާލި މައްސަލާގައި މަރަން ހުކުމް ކޮށްފައިވާ މުހައްމަދު ސަމާހް އޭނާގެ ދިފާއީ ވަކީލުގެ އެއްބާރުލުން އެކަށީގެންވާ މިންވަރަށް ނުލިބޭ ކަމަށް ބުނެ ސުޕްރީމް ކޯޓުގައި ޝަކުވާ ކުރުމުން ވަކީލަކު އައްޔަން ކުރަން ފުރުސަތު ދިނުމަށްފަހު މިއަދުގެ ޝަރީއަތް މެދުކަނޑާލައިފިއެވެ.
ވަކީލާއި މެދު ސަމާލުގެ ކަންބޮޑުވުންތައް ހާމަކުރުމުގެ ކުރިން އިސްތިއުނާފީ ނުކުތާތައް ހުށަހަޅަން ލިބުނު ފުރުސަތުގައި ވަކީލު ޖައުފަރު ރަޝީދު ވިދާޅުވީ ޕޮލިސް ސާޖަންޓް އާދަމް ހަލީމް އަށް ސަމާހު ހަމަލާ ދިންއިރު ސަމާހު ހުރީ މަސްތުގެ ހާލަތުގައި ކަމަށާއި އެހެންކަމުން މީހަކު މަރާލުމުގެ ގަސްދު އޭނާގެ ނެތްކަން ގަބޫލު ކުރެވޭ ކަމަށެވެ.
އަދި ސަމާހުގެ ވާރިސެއްގެ ގޮތުގައި ކުޑަކުއްޖަކު ހުރުމުން އެކުއްޖާގެ ބަހެއް ނެތި ސަމާހުގެ މައްޗަށް މަރުގެ އަދަބު ދެވިދާނެ ކަމާއިމެދު ބައެއް އިލްމުވެރިން ހިޔާލު ފާޅުކުރައްވާފައިވާ ކަމަށް ވިދާޅުވެ ވަކީލު ވަނީ ދިފާއެއްގެ ގޮތުގައި އެކަން ވެސް ފާހަގަ ކޮށްފައެވެ.
ސަމާހްގެ މައްޗަށް މަރުގެ ހުކުމް އިއްވާފައި ވަނީ ޖުލައި، 2012 ގައި ސާޖަންޓް އާދަމް ހަލީމް އަށް ވަޅިއަކުން ހަމަލާދީ މަރާލި މައްސަލައިގައެވެ. އާދަމް ހަލީމް އަށް ސަމާހް ހަމަލާ ދިނީ ސަމާހް ގޭބަންދުކޮށްފައި ހުއްޓާ ބޭރަށް ނިކުމެ އުޅެނިކޮށް ފެނިގެން އޭނާ ގެއަށް ވަންނަން އެންގުމުންނެވެ.
ސަމާހުގެ އިސްތިއުނާފް ޝަރީއަތް ސުޕްރީމް ކޯޓުގައި މިއަދު ފެށުމާ އެކު، ދިފާއީ ވަކީލުގެ އެއްބާރުލުން ނުލިބޭކަމަށް ސަމާހު ބުންޏެވެ. ސަމާހު ބުނީ އޭނާއަށް ދައުލަތުގެ ހަރަދުގައި ވަކީލް ޖައުފަރު ހަމަޖައްސާފައި ވިޔަސް، އޭނާއާ ބައްދަލު ކުރަން ވަކީލް ޖަލަށް އައީ އެންމެ ދެ ފަހަރު ކަމަށެވެ. ވަކީލުގެ އެއްބާރުލުން ރަނގަޅަށް ނުލިބޭ ކަމަށާއި އެކަން އެޓާނީ ޖެނެރަލްގެ އޮފީހަށް ތަކުރާރުކޮށް އަންގާފައިވާ ކަމަށް ސަމާހު ބުންޏެވެ.
ސަމާހު ބުނިގޮތުގައި އޭނާ މިހާރު ވެސް ދަނީ އަމިއްލައަށް ވަކީލަކު އައްޔަން ކުރަން މަސައްކަތް ކުރަމުންނެވެ.
ވަކީލް ޖައުފަރު ވިދާޅުވީ ޖަލުގައި ބައްދަލު ކުރެވޭނެ އިންތިޒާމް ހަމަޖައްސަމުން އައީ އެޓާނީ ޖެނެރަލްގެ އޮފީސް މެދުވެރިވެގެން ކަމަށާއި ނަމަވެސް ކަރެކްޝަނަލް ސާވިސްގެ އިންތިޒާމްތައް ހުންނަ ގޮތުން އޭނާ އެދޭ ކޮންމެ ފަހަރަކު ސަމާހު އާއި ބައްދަލު ނުކުރެވޭ ކަމަށެވެ. ސަމާހުއާ ބައްދަލު ނުކުރެވޭތީ އަޑުއެހުން ފަސްކުރަން ސުޕްރީމް ކޯޓުގައި އެދުނު ކަމަށް އޭނާ ވިދާޅުވި އެވެ.
ވަކީލު ވިދާޅުވީ ސަމާހު އެހެން ވަކީލަކު ބޭނުންވާ ކަމަށް ބުނުމުން އެކަން އެޓާނީ ޖެނެރަލްގެ އޮފީހަށް އޭނާ ވަނީ އަންގާފައެވެ. ނަމަވެސް އިތުރު ވަކީލަކާއި މައްސަލަ ހަވާލުކުރުމުގެ ވިސްނުމެއް އެޓާނީ ޖެނެރަލްގެ އޮފީހުން ނުގެންގުޅުނު ކަމަށް ވަކީލު ވިދާޅުވިއެވެ.
ސުޕްރީމް ކޯޓުން އެ މައްސަލަ ބައްލަވަނީ ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު އައިޝާ ޝުޖޫންގެ އިތުރުން ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ސުއޫދެވެ.
މިއަދުގެ ޝަރީއަތް ފަށަމުން ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ ނިސާ ސޫރަތުގެ 92 ވަނަ އާޔަތުގެ ހަނދާން އާކޮށްދީ މީހަކު މެރުމަކީ ވަރަށް ބޮޑު ކުށެއް ކަމަށް ވިދާޅުވެފައެވެ.
އިސލާމްދިނުގަ މަސްތުގަ ހުރުމަކީ މީހެއްގެ މަރުން ސަލާމަތް ވެވެނެ ހުއްޖަތެއްނޫން.
ރަނގަޅު ވާހަކަޔެއް. އޭނާ މަސަތުވީ އަމިއްލަ އިޙްތިޔާރުގަ އެހެން ކަމުން ދީނުގަ އޮތީ މަސްތުވެގެން ހުރެ އޭނާ ކުރާ ކޮންމެ ކަމަކަށްވެސް އޭނާ ފުރިހަމަ ޒިންމާ ނަގަންޖެހޭނެކަމަށް.
އަނެއްކާ އަނެއްމީހާމަރާލަންވީތޯ މަސްތުވާހާލަތޭކިޔަނީ މަސްތުވުމަކީ ހުއްދަކަމެއްތޯ އެހެންވީމަ މީނާޔައް 2 ހުކކުމް އިއްވަން ޖެހޭނެތާ މަސްތުވުމުގެ ހުކުމާއި މީހަކު މެރުމުގެ ހުކުމް
މުސްލިމަކު މަސްތުވެފާ ހުރުމަކީވެސް އިސްލާމްދީނުގައި ފާފައެއް ! އޭގެ މައްޗަށް މަސްތުވެފާ ހުރެގެން މީހަކުމެރުމަކީ މަރުހުއްދަވާނެ ކަމެއް ! ފާޑުފާޑުގެ ބަހަނާ ދެއްކިއަސް ސަލާމަތް ވާނެ ގޮތެއް ނެތް !
ދެން މަސްތުވީ ކާކު ބުނެގެންނޯ.
ވާރިސުންގެ ރައުޔު ހޯދައިގެންކަމަށްވާނީ
ކޮންމެ ހާލަތެއްގައި ހުރި ކަމުގައި ވިޔަސް މީހެއްގެ ފުރާނަ މީހެއްގެ ފިރިއެއް އް ކުއްޖެއްގެ ބައްޕަ
ބަލަ ގަމާރު ކަލޭގެއާ ، ކުށުން ދިފާއު ވުމަށް ތިޔަ ދައްކަނީ އަނެއްކާ ވެސް ބޮޑު ފާފައެއްގެ ވާހަކަ. މީހުން މެރުމާއި މަސްތު ވުމާއި މި ދެކަމަކީ ވެސް ހަރާމް ކަންތައް. ކަލޭ ނިދާފަ އޮވެ ހުވަފެނުގަ ތަ އެ ފަކީރު މަރާލީ؟
ދައުލަތުގެ ހަރަދުގައި ވަކީލުން، ދައުލަތުގެ ހަރަދުގަ ގައިދީގެ ހުރިހާކަމެއް..ޓެކުސްޕޭޔަރުންގެ ފައިސާ މިކަންކަމަށް ހަރަދުކުރުން ހުއްޓުވާފަ ގައިދީންގެ އާއިލާތަކުން ފައިސާ ނަގަން ފެންނަނީ.
100% ތާއީދު
ވަރަށް ރަނގަޅު ޚިޔާލެއް، އަނެއްކާ ދީނުގެ ބޮޑެތި ކުއްފާފަތަކަށް އަރައިގަނެގެން އަހަރުމެން ގުދާރަބިންދައިގެން ކުރާމަސައްކަތުން ލިބޭލާރިކޮޅުން ޖީއެސްޓީ ނަގައިގެން ޚަރަދު ކުރަނީ މުޖުރިމުންނަށް
އަހަރެން ކޮސްވަނީ މީނަގެ ދިފާއީ ވަކިިލު...ވަކީލަކީ މުސްލިމެއްތޯ ސުވާލުއުފެދޭ ...މީދެންކިޙާ ދެރަކަމެއް...މީވަރަށް ވާހަކަ
ގިސާސްގެ ހުކުމެއް ނޫންތަ މިއީކީ؟ އަންހެން ފަނޑިޔާރުންނަށް ކުރެވޭތަ މި ބާވަތުގެ ހުކުމް؟
ވަކީލު މީހާ ހަމަތޯ؟
މަސްތުވެ ހުރެ ކޮންމެކަމެއްވެސް ކުރެވޭތަ؟
ހަމައިގަ ހުރެގެން ކަމެއް ކުރީމަ އަދަބު🙉
މަސްތުގެ ހާލަތުގަ ވީޔާ އޯކޭ
ފުރުތަމަ ވަކީލުންނައް ޓްރެއިނިން ސެސަނެއް ބާއްވަދޭންވީ،
ބޭކާރު ވާހަކަ، މަރައް މަރު ހިފީމަ ނިމުނީ
މައްސަ ހައްލުވީ
ވަކީލަކަށް ވިއަސް ތިޔައީ ފައްކާ "ގަމާރއް"
އެހެންވީމަ މަސްތުގެ ހާލަތުގަ ހުރެގެން ކުށެއް ނުކުރެވޭނެތާ؟ މިަކަލޭގެ އެޕޮލިސް މަރާލަން އުޅުނީ ހަސަދަވެރިވެގެން ކަމެއް މަނާކުރީމަނޫންބާ އެހެންވީމަ ގަޞްދު އެއޮތީ އެނގިކަށަވަރުވަން