ވެރިކަމުގެ ދަހިވެތި ކަމަކީ ކެންސަރަށް ވުރެ ނުރައްކާތެރި ބައްޔެއް ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު ވިދާޅުވެއްޖެއެވެ.

ޑރ. އިޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވެރިކަމުގެ ދަހިވެތިކަން ހިތުގައި ނުޖެއްސެވުން އެދި ގިނަގިނައިން ދުއާކުރަންޖެހޭ ކަމަށެވެ.

"އެބަލި ޖެހުނީމާ އާއިލީ ގުޅުންތައް ކެނޑިގެންދޭ. ޒަމާންވީ ރަހްމަތްތެރިންގެ މެދުގައި އަދާވާތްތެރިކަން އުފެދިގެންދޭ. ކެންސަރަށްވުރެ ވެސް ނުރައްކާތެރި ބައްޔެއް ކަމުގައި ފެންނަނީ." ޑރ. އިޔާޒު ވިދާޅުވިއެވެ.

ޑރ. އިޔާޒު މިހެން ވިދާޅުވެފައިވާއިރު ދުވަސްވީ ދެ ރަހުމަތްތެރިން ކަމަށްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ވާދަކުރައްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ މި މަހުގެ 28 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވެއެވެ. މި ޕްރައިމަރީގެ ކެމްޕެއިންގައި އެއް ބޭފުޅަކު، އަނެއް ބޭފުޅަކަށް ގެންދަވަނީ ބަހުގެ ވަރުގަދަ ހަމަލާތަކެއް ވެސް ބަދަލު ކުރައްވަމުންނެވެ.

އެ ދެ ބޭފުޅުން މިހާރު ގެންދަވަނީ ކެމްޕޭނަށް އެކި ރަށަރަށަށް ޒިޔާރަތްކުރައްވަމުންނެވެ.

ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ނުކުންނަ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީގައި 57،000 އަށް ވުރެ ގިނަ އެމްޑީޕީގެ މެމްބަރުންނަށް ވޯޓުލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. އަލިމުތް

    ތިމާއާ ނުބެހޭ ކަންކަމާ ބެހުމަކީ ވެސް ވަކި ކުޑަ ބައްޔެއް ނޫން.

    22
    1
  2. އަހްމަދު

    ހަސަދަ އަކީ މާނުތައްކާތެރި ބައްޔެއް. އަލިފާނުން ދަރު އަނދާފާދައިން މީހާ އަލިފާނުން އަނދާ ހުލިކޮށްލާނެ ބައްޔެއް.

    20
    1
  3. އައްލާގެ އަފީފު

    މީސްތަކުންގެ ތެރޭ ނަފްރަތު އުފެދޭގޮތަށް ވަކިބަޔަކަށް އެވާހަކައިން ފައިދާވާ ބީދައިން ވާހަކަ ދައްކާ ސޯޝަލް މީޑިއާގައި އެވާހަކަ ފެތުރުމަކީވެސް ކެންސަރު ބައްޔަށް ވުރެން ނުބައި ބައްޔެއް. ތިމާ މީހާ ބޭނުންހާ ގޮތަކަށް ވާހަކަ ބައްޓަންކޮށް ދީނޭ ކިޔައިގެން ނަފްރަތު އުފެއްދުން ހުއްޓާލާ. އިޔާޒުމެންފަދަ މީހުންނާއިހެދީ ޒުވާނުންވެސް މިހާރު ތިބެނީ ދީނުގެ ކަންކަމުގައި ދުރުހެލިވެގެން. މިއީ އެމީހުން ޒިއްމާ ނަގަންޖެހޭ ކަމެއްނޫންބާ؟

    19
  4. އއ

    އެއްމެ ބޮޑުމުނާފިގު ބަލިހުރި މީހުންނަކީ ދީނޭ ކިޔައިގެން ވަކިއަތަކައް ޖެހި މިއޮއް ބޮޑު ކަރެޕްޝަނާއި ޑުރަގު ފެތުރުނު އިރުވެސް މުސާރަކޮޅުގެ ހައްގުގަ އަނގައިން ނުބުނެތިބެ ތިބެފަ އިންތިހާބުކާރިވީމަ ދީންފެންނަ މީހުން.

    20
  5. ރަންރީނދޫލަޝްކަރު

    ޙަސަދަވެރިކަމަކީ ވެސް ކެންސަރެއް.. ހިތުތެރޭގައި ޙަސަދަވެރިކަން އަށަގަނެފިއްޔާ ހެޔޮހުރިހާ ޢަމަލެއް ކައިހުސްކޮއްލާނެ.. އިޔާޒްގެ ގައިން އެބަލީގެ ޢަލާމާތް ވަރަށް ފާޅުކަން ބޮޑުގޮތެއްގައި އެބަހާމަވޭ.. އަވަހަށް ތިކަމާ ދުރުވޭ.. ﷲ އިރާދަކުރެއްވި އަޅަކަށް އިރާދަކުރެއްވި މިންވަރަކަށް ނިޢުމަތްތައްދެއްވަވާ.. ތިމާ ނުރުހޭ މީހާއަށް ނިޢުމަތްތައް ލިބުމުން ޙަސަދަވެރިނުވޭ.. އަދި ޙާއްސަކޮށް ސޭޙަކަށްވެ ހުރެ ދަރިވަރުންނަށް ތިއާދަ ދަސްކޮށްނުދެއްވާ.. ކިޔެވިފޮތްތަކުގައި ހުރި ގޮތަށް ޢަމަލުން ސާބިތުކޮއްދެއްވާ..

    18
  6. ކަނބާ

    ފައިސާއަށް ދަހިވެތިވުމަކީ ކިހާވަރެއްގެ ގެއްލުމެއްހުރި ބައްޔެއްކަން އިޔާޒަށް އެނގިވަޑައި ގަނޭތޯ؟

    23
  7. ޗަކޮއި

    ކަލޯ އަނެއްކާ ކޮނަފަޅިއަކުން ކޮންއެއްޗެއްބޭނުން ވީތޯ؟

    16
  8. ޙައްގުބަސް

    ބިމުގައި ނިތްކުރި ތަޅާ ބޮޑެތި ލަކުނުތައް ލައްވައިގެން ހުރެ ދީން ހަތިޔާރަކަށް ހަދައިގެން ސިޔާސީ ބޭނުމަށް މީހުންގެ އަބުރަށް އަރައިގަނެ ދޮގުތައް ހަދާ ދެއްކުންތެރިކަން އިސްކުރުމަކީ ހާދަހާވާ ނުބައި ކަމެކޭ!! އެއަށް ބައެއްމީހުން ކިޔާ އުޅެނީ މުނާފިގުކަމޭ!! ދެފުށްކެހެރި ވުމޭ!! ދެން ސާފުތާހިރުކޮށް ފެންވަރައިގެން ދަތްތައް އުނގުޅާ ގައިން ދުވާ ގުނބުވަސް ކަނޑުވާލަން މަސައްކަތް ކުރަންޖެހޭ!! އިސްލާމްދީނަކީ ސާފުތާހިރުކަމަށް ލޯބިކުރާ ދީނެއް!!

    17
    1
  9. ހަސަންޓޭ

    މީހުންނާ ޒާތީވުމާ، އަޅައިގަތުމާ، ބަދުބަސްބުނުމާ، ދޭތެރެ ޖެއްސުމާ، ނަފުރަތު އުފެއްދުމަކީވެސް ތިބުނާގޮތައް ކެންސަރަށްވުރެއް ނުރައްކާ ކަންތައްތައް

    20
  10. Anonymous

    މީނަޔަށް މިކަން އެގުނު އިރު އަދާލަތު ޕާރޓީއެކޭ ކިޔާ ޕާޓީއަކުން ވެރިކަމާ މަގާމާ ހެދީ ތެޅި ބަލާނީ. މީހުން ބުނާ އަޑު އިވޭ ނުބައިކަމެއްކަން އެގިހުރެ އެކަމެއް ކުރުމަށް ވުރެ ބޮޑުފާފައެއް ނުވާކަން.

    15
  11. ވިސްނާ

    ތެދުފުޅެއްކެންސަރުބަލީގެސަބަބުންބޮޑަށްނުރައްކާވަނީއެބަލިޖެހޭފަރާތަށްގައުގެހުރިހާރަށްޔިތުންނާ، ގައުމަށް އެކަމުގެއަސަރު ނުކޮށްފާނެނަމަވެސްވެރިކަމުގެދަހިވެތިކަމުގަގައުމުއަޅުވެތިކޮށް
    ގައުމުގެ ރަށްޔިތުން ހާލުގަޖައްސާ ނުހައްގުން އަދަބުދީ ގައުމާ،ރަށްޔިތުންގެ ދިފާއުގައި ފުރާނަދުއްވާލުމަށް ތިއްބަވާފަރާތްތަށް ބަދުނާމްކޮށް ގައުމުގެ އެކިތަންތަނުގައި ހުޅުޖަހާ ގައުމުގެގިނަރަށްޔިތުން ރަށްތުން އެކަމެއްގެމަށްޗަށްބަރޯސާވާ( ޓްއަރިޒަމް

  12. އަލިފުތާ

    ތިޔައީ އެބަލި ވާރުތަކުރާ ވަސީލަތެކެވެ.

  13. ދީދީ

    ދީނީ އިލްމްއުނގެނިގެންހުރެ ޖަމާއަށް ފަސާދަކުރާމީހާއަށް ވުރެން ނުބައިމީހެއް ނުހުންނާނެ. އިޔާޒާއި އިމްރާނާއި އިލްޔާސް އާއި އަލީޒާހިރަކީ އަކީ އިލްމްލިބިގެން ތިބެމެ ތިމާމެންނަށް ލިބިފައިހުރި އިލްމްގެ މައްޗަށް ދޮގާއި ތެދު މަސްހުނިކޮށް ސިޔާސީ ގޮތުން އެކިވައްތަރަށް ފަތުވާނެރެ މީސްތަކުންގެ މެދުގައި ފަސާދަ އުފެދޭނޭހެން ވާހަކަދައްކާބައެއް. މިމީހުން ދެންތިބީންނަށް ބުނެދޭން ބޭނުންވަނީ ސިޔާސީގޮތުން މިމީހުން ރުހޭކޮންމެ ގޮތަކީ ދީނުގައު އެކަން އޮންނަގޮކަމަށް، މިމީހުން ނުރުހޭ މީހަކީ ނުވަތަ ގޮތަކީ އެއީ ހަރާމް ދީނާއި ހިލާފް ކަންކަން.

  14. ސޯލޭ

    ކަލޭމެން ތިން ސޭކުންގެ ދަހިވެތިކަން އެއައްވުރެ ބޮޑު މިގައުމައް ފާވެފަ އޮތް 3 މުސީބާތް ތީވެސް

  15. އަސް

    އަދި ހަމަ ބޮޑެތިމަގާމުތައްވެސް ހަމަ އެދަރަޖަ، އަމިއްލަ ނަފްސާމެދު ވިސްނަބަލަ.

  16. احمد

    ވެރިކަމުގެ ދަހިވެތި ކަމަކީ ކެންސަރަށް ވުރެ ނުރައްކާތެރި ބައްޔެއް ކަމަށް މަޝްހޫރު “ސިޔާސީ”އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު ވިދާޅުވެއްޖެއެވެ.

  17. ހުސައިން މަނިކު

    މި އިޔާޒު ޕީއެޗްޑީ ނެގީ ވަގަށޭ ވެސް ކިޔާ އަޑު އަހަން، ތަފްސީރު އިލްމަށް ހާއްސަ މީހެއް ކަމަށް ބުނަނީ އެކަމަކު ނަމާދަކަށް އަރައި އިމާމުވެ ނަމާދު ކުރާނަމަ ނުބައިކޮށް ސޫރަތްތައް ކިޔާވަރުން ރަނގަޅުކޮށް ދޭން ނުޖެހޭ ފަހަރެއް މަދުވާކަމަށާއި، މީނާއަކީ ދީނީ ގޮތުން އެންމެ ފުންނާބު އުސް މީހާކަމަށް ދައުވާ ކުރާއިރު ޖަމާއަތުގެ އެއް ރަކުއަތަށް ވުރެ ބޮޑުބައި ގެއްލޭ ފަހުން ނޫނީ މަދުފަހަރަކު މެނުވީ މިސްކަތަށް އަރާ ކަމަށް ވެސް ރަށުތެރޭ އަޑު ފެތުރޭ. ދޭތެރެ ޖެއްސުމާއި ވަކިފަރާތަކަށް ބުރަވެ ރައުޔު ނެރުމުގައި މީނާ ވަރެއް ނެތް

  18. ޙަސަނާ

    ތިގޮތައްސިޔާސީކަންކަމުގެތެރެއައްވަދެ ތެޅޭވައްތަރަކުން ކަޅެދެކެ އރތައްރައްޔިތަކު އަންނަރުޅިން އެހެންއިލްމުވެރކމިންވެސް ލަދުވެތިވޭ ނޫނޭ ހިހޫތަނުންކަލައިގެންއުޅެން ރަގަލައްދަސްކޮއްފަތިބި 4 ޗޯރު ގެ އެކެއްމީ...

  19. ވިލާ ޑިލައިޓް

    ކަލޭ ހެޔޮނުވާނެ ކަންކަމުގެ ތެރެއަށް އަނގަ ނުގަޅާ، އަނބިމީހާއަށާއި ދަރިންނަށް ހެޔޮބައްޕައަކަށް ވެވޭތޯ މަސައްކަތް ކޮއްބަލަ. ދިވެހިރާއްޖެއަށް ފާވެފައި ހުރި ވަބާއެއް ނުވަތަ ބަލާ ވެރިކަމަކަށް މިހާރު ކަލޭވެއްޖެ.

  20. ލއލ

    އަބަދު މީހުންގެ ވާހަކަ ދައްކާ ކައިކައިގެން ފަލަ ވެފަ، ބުރޯ ނިކަން ކަސްރަތު ކޮއްބަލް

  21. މަންމަނު ސައިތާނު

    ކެންސަރަކީ ވެރިކަން ކަމަށްވަންޏާ ތިހުރި ރަގަޅަށް އެ ޖެހިފައި. ދެން ޝިފާއެއްނެތް.