ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށް ކުރެވޭ ޖިންސީ ފުރައްސާރައިގެ ތުހުމަތަށް ޖަވާބު ދެއްވަން ދެކޮޅު ހައްދަވައިފިއެވެ.

ފުލުހުންގެ ހިދުމަތާ ގުޅޭ ގޮތުން ހިޔާލު ހޯދުމަށް ބާއްވާ ކޮންފަރެންސްއާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ބައްދަލުވުމުގައި ނޫސްވެރިއަކު ވަނީ އިމްރާންއަށް ކުރެވޭ ޖިންސީ ފުރައްސާރައިގެ ތުހުމަތު ތަކާ ގުޅޭ ގޮތުން ވަނީ ސުވާލުކޮށްފައެވެ.

ނޫސްވެރިއާ ވިދާޅުވީ އިމްރާންއަކީ ޕޮލިސް ބޯޑުގައި އިންނަވާ ބޭފުޅަކަށްވާ އިރު އެ ތުހުމަތުތަކަށް މިނިސްޓަރު ޖަވާބު ދާރީވާން ޖެހޭނެ ކަމަށެވެ.

ނަމަވެސް މިއީ މިއަދުގެ މައުޟޫއުއާ ނުގުޅޭ ސުވާލެއް ކަމަށް ބުނެ އެކަމާ ގުޅޭ ގުޅޭ ގޮތުން ޖަވާބު ދެއްވަން އިމްރާން ވަނީ ދެކޮޅު ހައްދަވައިފައެވެ.

އިމްރާން ޖިންސީ ފުރައްސާރަ ކުރި ކަމަށް ބުނާ މީހާ ވަނީ އިމްރާން މަގުމަތީގައި އުޅުއްވަނިކޮށް ވެސް އިމްރާންގެ ފަހަތުން ހިނގައި ފާޅުގައި އެ ތުހުމަތުތަކުގެ ވާހަކަތައް ގޮވައިފައެވެ.

އިމްރާން ޖިންސީ ފުރައްސާރަ ކުރި ކަމަށް ތުހުމަތުކުރާ މީހާ ބުނީ އެކަން ހިނގީ އިމްރާން މިނިސްޓަރުގެ މަގާމަށް ވަޑައިގެންނެވުމުގެ ކުރިން ކަމަށެވެ.

އާންމުކޮށް ޖިންސީ ފުރައްސާރައިގެ މައްސަލަތައް ރައްޔިތުންގެ މަޖިލީހުން ވެސް ބަލާއިރު އިމްރާންއާ ގުޅޭ ގޮތުން އެމްޑީޕީގެ މެޖޯރިޓީ އޮންނަ މަޖިލީހުން އެ މައްސަލަ ބަލާފައެއް ނުވެއެވެ.

އިމްރާންއަކީ މި ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ރައީސްއެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށް ވަަރަށް ބޮޑަށް ތާއިދު ކުރައްވާ ބޭފުޅެއްވެސް މެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އަސްލްމް ރަ

    ގިނަ ހާލަތްތަކުގައި އަދި ހައްސާސް ވަގުތު ތަކުގައި އިމްރާނަށްވަނީ ހަމަ މިސުވާލު ކުރިމަތިކުރުވާފައި ޖަވާބެއް ނެތް!! ޝައިހް އިމްރާނެއްނޫން ތީކީ.. ޝަހުވާނީ އިމްރާން.. މައުސޫމްކަން އެނގެންދެން މިނަން ކިޔާނެ

  2. އަހުމަދު

    ޖަވާބެއް އޮވެގެން ދޯ ޖަބާބު ދެވޭނީ؟ ނެތޭ ޖަވާބެއް.

  3. ހުސޭނުބޭ

    ކަށީގައި ހިފާފައި ހުންނަ ކަންކަމާ ސުވާލުނުކޮށްބަލަ. އެއީ ރާއްޖޭގެ ބޫބމޭން އެއްނޫންތަ

  4. Anonymous

    ފަހަރި އިމްރާނު ކުރި ޖިންސީ ގޯނާ ލިބުމު އަންހެނާ އެމައްސަލަ ކަމާގުޅޭ ހުރިހާ މުވައްސަސާތަކަށް ހުށަހެޅިެިރުވެސް އެހުރިހާ މުވައްސަސާތައްވެސްތިބީ ހަނު، އާދައިގެމީހެއްނަމަ ދަމާކޫއްތާފަ ގެންގޮސް ތަހުގީގަކަށްފަހު ތަހުގީގެއްކޮށްފަ ހުކުމްކޮށް ޖަލު ކުޑަގޮޅިއަށް ވައްދަލާނެ، މިކަލޭގެ އެހެރީ ކުފޫވެސް ހަމަނުވާ ވަޒީރެއްގެ މަގާމުގައި އިންދާފައި، މިއީނޫންތޯ ރައީސު އިބޫސާލިހު ވިދާޅުވި ޒީރޯ ޓޮލެރެންސް އިންސާފަކީ؟؟

  5. Anonymous

    ފަހަރި އަދި މިނިސްޓަރ އިމްރާނަށް ކުރެވޭ ޖިންސީ ފުރައްސާރައިގެ ތުހުމަތަށް އެބޭފުޅާވަނީ މާކުރިން ޖަވާބުދީފައި ނޫންތޯ؟؟ ދީފައިވާ ޖަވާބަކީ އަންހެނަކާއި ފިރިހެނަކު ބައްދަލުވާ ވަގުތެއްގައި އަންހެނެއްގެ ގައިގެ ތަންތާގައި ފިރިހެނަކު އަތްލެވުން ގޯސްކަމެއްނޫންކަމަށް ކަމަށެވެ. މިޖަވާބު ވަނީ މީޑިއާގައި މާކުރީއްސުރެން ދައުރުވެފައި ނޫންތޯ؟؟