ލ. މުންޑޫގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ މަންދޫބެއް ނެތި ގަޑީގެ ކުރިން ވޯޓުލާން ފެށި މައްސަލައެއް ފެންމަތިވެއްޖެއެވެ.

ރައީސް ނަޝީދަށް ތާއީދު ކުރާ މަޖިލިހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު، ހަސަން ލަތީފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މުންޑޫގައި ހެނދުނު 9:00 ޖެހުމުގެ ކުރިން ނަޝީދުގެ މަމްދޫބުން ނެތި ވޯޓުލާން ފެށި ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ރައްޔިތުން މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ކުރިމަގާ ގުޅިފައިވާ ޕްރައިމަރީގެ ވޯޓުލުން ވަނީ މިހާރު ފެށިފައެވެ.

ޕްރައިމަރީގެ ވޯޓުލުން އޮންނާނީ މިއަދު ހެނދުނު 9:00 އިން ފެށިގެން ހަވީރު 5:00 އަށެވެ.

މި އިންތިހާބާއި ގުޅޭގޮތުން ނަޝީދު ވިދާޅުވިގޮތުގައި އެމްޑީޕީގެ ޕްރައިމަރީން ބަލިވެއްޖެ ނަމަ، ރައީސް ސޯލިހާއި ޕީޕީއެމްގެ ފަހަތަށް ވެސް ނާރުއްވާނެ ކަމަށާއި އެމަނިކުފާނު ހުންނަވާނީ ގޭގައި ކަމަށެވެ.

މި އިންތިހާބުގައި އެމްޑީޕީގެ 57،255 މެމްބަރުންނަށް ވޯޓުލުމުގެ ހައްގު ލިބެއެވެ. މިއީ އެމްޑީޕީގެ ސިޔާސީ ތާރީހުގައި ބާއްވާނެ އެންމެ ވާދަވެރި ޕްރައިމަރީ އަށް ވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އެކުވެރި

    ތި މާކުރިންވެސް އިނގޭ އަައްނި ސައިޑް މީހުން ކޮންމެސް އެއްޗެކޭ ކިޔާނެކަށް . .މާ ކުރިން ވެސް ބަލިވާނެ ކަން އިނގޭތީ . .

    2
    2
  2. ވާނުވާ

    ދެ އާއިލާއާއި ފަޅި އޮތް ރަށެއް ތިޔައީ... އަލަންގިރި ވައްތަރު ޕްރައިމަރީގަ، އަލަންގިރި ވައްތަރަށް ވޯޓްލާއިރު، އަލަންގިރި ވައްތަރުގެ ޝަކުވާ ހުންނާނެ..

    2
    1