ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ފަރާތުން ވާދަ ކުރާނެ ކެނޑިޑޭޓަކު ހޮވުމަށް މިހާރު ކުރިއަށް ގެންދާ ވޯޓަށް، ގދ. ތިނަދޫ އަބޫބަކުރު ސްކޫލްގައި ބެހެއްޓި ވޯޓު ފޮއްޓެއް ފަޅާލައިފިއެވެ.

ތިނަދޫގައި ހުރި "ވަގުތު"ގެ ނޫސްރިވެރިއަކު ބުނީ, ފަޅާލާފައިވަނީ އެރަށު އަބޫބަކުރު ސްކޫލުގައި ހުރި ވޯޓު ފޮށި ކަމަށެވެ.

ވޯޓު ފޮށި ފަޅާލާފައިވަނީ ރައީސް ނަޝީދުގެ ސަޕޯޓަރުންނާއި ރައީސް ސޯލިހުގެ ސަޕޯޓަރުންގެ މެދުގައި ހިނގި ޒުވާބެއްގެ ފަހަށް ކަމަށް އޭނާ ވަނީ ބުނެފައެވެ.

"މިވީ ގޮތަކީ އިބޫގެ މީހުން ވޯޓުލާން ވަނީ ފޯނު ހިފައިގެން. އެމަންޒަރު ފެނިގެން އަންނިގެ ސަޕޯޓަރުން ވެސް އުޅުނީ ފޯނު ހިފައިގެން ވަންނަން. ދެން އެކަން ހުއްޓުވުމުން ޒުވާބަކަށް ދިޔައީ. އޭގެ ފަހުން ފުލުހުން ވެސް އައި. ފުލުހުން އައުމުން ވެސް އަންނިގެ މީހުން ވަނީ ވޯޓު ފޮށި ފަޅާލާފަ" އޭނާ ބުންޏެވެ.

ތިނަދޫގެ ވޯޓު ފޮށި ފަޅާލާފައިވާއިރު, ވޯޓު މައްސަލަ ހޫނުވެ, ގދ. ގައްދޫގެ ވޯޓްލާ މަރުކަޒުގެ ތެރޭގައި ހަމަނުޖެހުން ހިންގައި ވަނީ އެތަނުގައި ހުރި ތަކެއްޗަށް ގެއްލުންދީފައެވެ. އަދި ބައެއް ވޯޓު ފޮށިތަކަށް ލިސްޓުގައި ނެތް މީހުން ވޯޓުލާކަން ވެސް ވަނީ ފަޅާއަރާފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ލަވް

    މީ ދޯ ނަސީދު ކުރި ކެމްޕޭނުގެ ނަތީޖާ އަކީ؟؟

    9
    4
  2. އއ

    އިބޫ ވެރިކަމުގަ ބެހެއްޓޭކައް ނެތް . މާބޮޑައް ގެއްލުން

    15
    8
  3. Anonymous

    އަސްލު އެމް.ޑީ.ޕީ ގެ ސިފަތައް ތިޔަ ފެންނަނީ ،، ބޮޑު މީހާ އޮތީ ބުނެފައި އަސްލު އެމް.ޑީ.ޕީ އެނބުރި އައިސްސި ކަމަށް.

  4. ދިރުން

    އެމްޑީޕީއެއް ނެތް. އިބޫގެ ޑިކްޓޭޓަރޝިޕް ޕާޓީ އެއީ މިހާރު

  5. Anonymous

    ދިވެހިރައްޔިތުންނޭ! އެމްޑީޕީގެ އަސްލު ސޫރަ މިފެންނަނީ. އެމްޑީޕީ އަކީ ގައުމު ހަވާލުކުރާވަރުގެ ބަޔެއް ނޫން. އެމީހުންނާ ގައުމު ހަވާލުކޮށްފިނަމަ ވޯޓު ފޮށި ފަޅާލާހެން ގައުމު ވެސް ފަޅާލާނެ. ރައްޔިތުންނޭ! ހޭއަރާ! ލާދީނީ މީހުންނަށް ނޫނެކޭ ބުނޭ!

  6. ޙަފޯ

    މީ ދިވެހި ރާއްޖޭގެ ވެރިކަން ހަވާލުކުރަން ހެޔޮވާވަރުބައެއްވެސް ނޫން. ޜައްޔިތުން ވިސްނަންޖެހޭ.

  7. ތަމެންދޯ

    ކީއްވެގެންތޭ ވޯޓާރސް ލިސްޓްގައި ނެތް މީހުން ލައްވާ ވޯޓް ލަނީ ދެން ބަންގާޅުންނާއި އިންޑިއާ ސިފައިން ލައްވާ ދޯ ރިޔާސީ އިންތިޚާބުގައި ތަމެން ވޯޓްލާން ތިބީ ދޯ...

  8. ހެ

    ބުނޭ ދެންވެސް މީ ރަޢީސ ޔާމީންގެ ކަމެކޭ.އެއްވެސް ގޮތެއް ފޮތެއް ނެތްބައެއް މީ.

  9. ބޯހަލާކު

    އެންގުނީ ކަރަޕުޓު ، އޮތްމިންވަރު،