މިއަދު ކުރިއަށް ދިޔަ އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ މިހާތަނަށް ސާފުވި ނަތީޖާތަކަށް ބަލާއިރު ގެމަނަފުށީ ދާއިރާގެ ތިން ރަށެއްގެ އަޣުލަބިއްޔަތު ރައީސް މުހައްމަދު ނަޝީދު ހޯއްދަވައިފިއެވެ. އެދާއިރާގެ އެއް ރަށުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އަޣުލަބިއްޔަތު ހޯއްދަވާފައެވެ.

ގެމަނަފުށީ ދާއިރާގެ ތިން ރަށުގެ ތެރެއިން ރައީސް ސޯލިހް އަޣުލަބިއްޔަތު ހޯއްދެވީ ދެއްވަދޫންނެވެ. ގެމަނަފުށިން ރައީސް ސޯލިހަށް އަޣުލަބިއްޔަތު ލިބުނީ ކުޑަ ތަފާތަކުންނެވެ. އެމަނިކުފާނަށް އެރަށުން 78 ވޯޓް ލިބުނުއިރު ނަޝީދު ވަނީ 71 ވޯޓް ހޯއްދަވާފައެވެ.

ގެމަނަފުށީ ދާއިރާގައި ހިމެނޭ ރަށްތަކުގެ ތެރެއިން ނަޝީދު އަޣުލަބިއްޔަތު ހޯއްދެވީ ކޮނޑޭ، ގެމަނަފުށި އަދި ކަނޑުހުޅުދޫންނެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވޯޓުލުން ފެށީ މިއަދު ހެނދުނު 9:00ގައެވެ. ބައެއް ތަންތަނުގައި ހަމަނުޖެހުން ހިނގާ ވޯޓުލުން ފަސް ވެސް ވިއެވެ. ހަވީރު 5:00 ޖެހުމާއި ހަމައަށް ވޯޓުލުން ކުރިއަށް ގެންގޮސްފައި ވެއެވެ.

ވޯޓުގެ ކުރިއަށް ދެ ކެންޑިޑޭޓުންވެސް ވަނީ އިންތިހާބު ކާމިޔާބު ވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި ވޯޓުގެ ފަހުންވެސް ދެ ބޭފުޅުންގެވެސް ކެމްޕެއިން ޓީމުން ވަނީ އިންތިހާބު ކާމިޔާބު ކުރައްވާފައިވަކަން އިއުލާނު ކުރައްވާފައެވެ.