ވެރިކަން ކުރާ އެމްޑީޕީ ދެފަޅިވިއިރު ރައީސް މުހައްމަދު ނަޝީދަށް ތާއިދު ކުރައްވަމުން ގެންދެވި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް މުއިއްޒު ފަޅި ބަދަލުކުރައްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަނާއި ގުޅިވަޑައިގެންފިއެވެ.

ދެފެކްޝަންގެ ބަހުގެ ހަމަލާތައް އެންމެ ބޮޑަށް ފެނިގެން ދިޔަ ރިޔާސީ ޕްރައިމަރީގައި މުއިއްޒު އެއްވެސް ފެކްޝަނެއްގެ ކުރީ ސަފުން ފެނިފައެއް ނުވެ އެވެ. ރިޔާސީ ޕްރައިމަރީގައި ވަކި ކެންޑިޑޭޓަކަށް ތާއިދު ކުރައްވާކަން ވެސް އޭނާ ހާމަކޮށްފައި ނުވެ އެވެ. ނަމަވެސް އޭގެ ކުރިން މަޖިލީހާއި މީސް މީޑިއާގައި އޭނާ ވަނީ ސަރުކާރަށް ފާޑުވިދާޅުވެފައެވެ.

ނަމަވެސް އިއްޔެ އޭނާ ވިދާޅުވީ ރައީސް ސޯލިހާއިއެކު އެމްޑީޕީއަށް ރިޔާސީ ޕްރައިމަރީ ކާމިޔާބު ކޮށްދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. "އެމްޑީޕީ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރެއްވެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއެކީ އެމްޑީޕީ އަށް ރިޔާސީ އިންތިހާބު ކާމިޔާބު ކޮށް ދިނުމަށް މަސައްކަތް ކުރުމަށް އަޅުގަނޑު ނިންމައިފިން،" މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.

ރައީސް އުފެއްދެވި ރިޔާސީ ކޮމިޝަންތަކުގެ މަސައްކަތްތަކާ ގުޅޭގޮތުން މީގެކުރިން ވަރަށް ބޮޑަށް މުއިއްޒު ފާޑުވިދާޅުވެފައި ވެއެވެ. ވަކިން ހާއްސަކޮށް އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލަ ބެލުމުގައި ސަރުކާރަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައި ނުވާ ކަމަށް ބުނެ އޭނާ ކަންބޮޑުވުން ފާޅުކުރައްވާފައި ވެއެވެ.

ނަޝީދާއި ރައީސް ސޯލިހްގެ ކޮޅަށް މެންބަރުންތައް ބެހިގެން ދިޔައިރު ނަޝީދުގެ ކޮޅުގައި ތިއްބެވީ ވަރަށް މަދު އަދަދެއްގެ މެންބަރުންނެވެ. މިހާރު ނަޝީދުގެ ފެކްޝަންގައި ތިއްބެވީ ރައްޔިތުން މަޖިލީހުގެ ދިހަ ވަރަކަށް މެންބަރުންނެވެ. ނަމަވެސް ޤާނޫނު އަސާސީ އިސްލާހް ކުރަންށާއި ޓެކްސް ބޮޑުކުރުން ފަދަ ބިލްތައް ފާސްކުރުމަށްް ބޭނުންވާ ސްޕަ މެޖޯރިޓީ ހަމައެކަނި އެމްޑީޕީ މެންބަރުންގެ ތާއީދާއިއެކު ފާސްކުރަން މިހާރު ސަރުކާރަށް ދަތިވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ސޫމާ

    ބުރަވާކޮޅަށު ބާލާފައި ޗޫޒް ކުރަނީ ދޯ.

    • ހުސޭނުބޭ

      އެތިއެތިކޮޅު ލިބޭ ދިމާލަށް ދޯ ދެވޭނީވެސް.

  2. އިއްބެ

    ކަންކަން ކުރެވޭނީ ރައީސްގެ ފަޅިއަށް އައުމުންނެވެ.އެހެންވީމާ އަމިއްލަ ބޭނުންތައް ފުއްދޭނެ ގޮތް އެންމެންވެސް ބޭނުންވާނެއެވެ.ރައީސް ނަޝީދުގެ ބޭނުމެއް މިހާރަކު ނެތެވެ.

    4
    6
  3. ދިވެއްސެ

    އެމްއެންޕީއާ ގުޅެންވީ

    3
    8
  4. ޓީމް ނާޒިމް

    ނަޝީދާއި އިބޫގެ ހުރިހާ ކަމެއްވެސް ހަމަ އެއްގޮތެވެ

    10
    2
  5. މަގޭ ގައުމު

    ޗޮއިސް އަކީ އެމްއެންޕީ އެވެ

    1
    11
    • ހުސެއިން ބެ

      މި ކިޔާ އެމް އެން ޕީ އަކީވެސް ބަޔަކު "އަމިއްލަ އެދުން ފުރިހަމަ ކުރާ ގްރޫޕް".

      ދެން އެތަން ޕްރޮމޯޓުކުރަން މީހަކަށް މުސާރަ ދީފައި ކޮމެންޓްުކުރަން ބައްޓަފައި ދޯ މިހިރީ

      އެހެންވެ ކޮންމެ ދެ ކޮމެންޓަކުން އެކަތި އެއީ އެކިޔާ "އަމިއްލަ އެދުން ފުރިހަމަ ކުރާ ގްރޫޕް" އެއޯ ޗޮއިސް ސޭ އެބަކިޔާ..

      ވެދާނެ ތިބޭފުޅާގެ މުސާރަ ސަލާމްތް ކުރަން އޮތް ހަމަ އެކަނި ޗޮއިސްކަމަށް

  6. ބަދިގެ

    ތި މަޑުކުރީ ގިނަައިން ކެވޭނެ ކޮލެއް ބަލަން ދޯ ވަރައް ފިނޑި މީހެއް ތީ ..ބާކީ 1 އަހަރު ގިނައިން ކަލާކުރެވޭތޯ ބަލާ

    • ޅާމް

      މިއަށް ދޯ ކިޔަނީ ޑީމުގުރާތީއޭ.މ