މަސްތުވާތަކެތި ޓްރެފިކް ކުރި ކަމުގެ ތުހުމަތުގައި ދިވެހި އަންހެން ޕައިލެޓެއް ހައްޔަރު ކޮށްފިއެވެ.

އެ މައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ ކޮން އެއާލާއިނެއްގައި މަސައްކަތް ކުރާ ޕައިލެޓެއްކަން ސާފެއް ނުވެއެވެ.

އެނގިފައިވާގޮތުން މިދިޔަ ހުކުރު ދުވަހު އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަސް ޖަހާފައެވެ.

އުމުރުން 33 އަހަރުގެ އެ ޕައިލެޓަކީ ދ. އަތޮޅުގެ ރަށަކަށް ނިސްބަތްވާ މީހެއް ކަމަށް ވެއެވެ.

އޭނާގެ މައްޗަށް މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ތުހުމަތު ކުރެވޭއިރު، ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުރި ކަމަށްވެސް ބުނެފައި ވެއެވެ.

މި މައްސަލައިގައި އެ އަންހެން ޕައިލެޓްގެ އިތުރުން އިތުރު މީހަކުވެސް ހައްޔަރުކޮށްފައި ވެއެވެ. އެއީ ފިރިނެކެވެ. އޭނާގެ ބަންދަށްވެސް ވަނީ 15 ދުވަސް ޖަހާފައެވެ. އެއީ 21 އަހަރުގެ ދިވެހި ފިރިހެެނެކެެވެ.

އަދި ފެނުނު މަސްތުވާތަކެއްޗަކީ އޭނާގެ ތަކެތި ކަމަށް ބުނެފައިވާއިރު، މަސްތުވާތަކެތި ފެނިފައި ވަނީ އޭނާ ދިިރިއުޅޭ ކޮޓަރިން ކަމަށް ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ސެއްޅި

    އޭގެ އުފަންރަށައް އޭނާ މާލެނާދެވޭގޮތައް ޑީޕޯޓްކޮށްލާ ބޭރުމީހުނައް އޮންނަހުކުން ރާއްޖެމީހުނައްވެސް އޮންނަން ވާނީ އެމީހަކު އުފަންވި ތަނަކައް ފޮނުވާލާ ހަރަދުކުޑަވެފަ ލުއިފަސޭހަގޮތަކީވެސް އެއީ

    38
    • ަސދސަ

      މިއީ ކުރުކޮށް ބުނެފައި އޮތަސް ވަރަށް އޮއްޓަރު ހުރި ވާހަކައެއް.
      އިންޑިއާ މީހުންނަށް އެއްވެސް ފިޔަވަޅެއް ނޭޅޭ. ކުޑަކުދިންނާއި ބެހިފައި ރަށަށް، ޑޮކްޓަރުން އިހްމާލްވެފައި ރަށަށް، ދީނަށް ޖޯކް ޖަހާފައި ރަށަށް. މާރާމާރީ ހިންގާފައި ރަަށަށް.
      ވީމާ ދިވެހިނަށް ފިަޔަވަޅު އެޅިގެން ނުވާނެ. މާލެ ސަރުކާރުން ހަދައިގެން އުޅޭ ގާނޫނު މާލެމީހުންނަށް ހިންގީމަ އެނިމުނީ.

  2. ކޮރަލް

    ޑްރަގް މައްސަލަ ތަކުގަ ވަނަވަރު ހާމަ އެއް ނުކުރެ އެވެ. އެކަމު އެހެން ކުށް ތަކުގަ ވަނަވަރު ހާމަ ކުރެ އެވެ.

    35
  3. ވާނުވާ.

    ތަކެތި އަތުލާފައި މާލެ ނޭރޭގޮތަށް ރަށަށް ޑީޕޯޓު ކޮށްލާ!

    37
    1
    • ބޯކިބާ

      އޭނަ ހުރީ ރަށުގަ ނޫންކަން މިހަބަރުން އެބައެނގޭތަ، ތަންކޮޅެއް ކުރީގަ ޑަކުޓަރުންނާ ނަރުހުންނާ އިންޖިނޭރުންނާ ޕައިލެޓުން މާލެނޫންތާކު ނޫޅުނަސް މިއީ އެޒަމާނެއް ނޫނެއްނު.

      4
      1
  4. 🥺

    ހާދަ ދެރައޭ

    21
  5. އަލްޖިބްރާ

    ތިޔަ އަންހެން ޕައިލެޓް އުމުރުން ފާއިތުވި ދުވަސްތަށް ޕައިލެޓް ކަން ކިޔަވަން ހޭދަކުރީ ތިކަން ނުކުރެވިގެންތަ ؟

    13
  6. Anonymous

    ދެން ތި އަންހެން މީހާ މަސްތުވެފައި އިނދެ ދުއްވާ ފްލައިޓަކަށް އަރަން ހެޔޮވާނެތަ؟

    20
    1
  7. Anonymous

    ފުލައިޓް ތަކުން ދަތުރުކުރާ އިރު ޓެސްޓް ކުރުވަންވީ. ނުރައްކާތެރި ކަންކަން.
    ކީއްކުރާނީ. ޅަދަރިންކޮޅު ހަލާކުވެ ނިމިއްޖެ
    "ޤައުމެއްނެތޭ ދަރިންނޭ.. .."

  8. ކިސް

    ވަރައްގިނަ ޕައިލެޓުން މަސްތަުވާ ތަކެތި ބޭނުން ކުރޭ،،

    • ލީޒާ މޭރީ ޕްރިސްލީ

      އާން ހަމަ އެއްބަސް. އަނެއްކާ މާގަދަ ބައެއްތަ އެއީ. ހަމަ ޓެކްސީ ޑްރައިވަރުން އެއީ. ނޭގޭނެ ދެން އެހެން ކަމެއް ކުރަން.

      • މޭރީ

        ކަލޭ ހީކުރީތަ ޓެކްސީ ޑްރައިވަރުންނަކީ ގަމާރުން ކަމަށް..ޓެކްސީ އެބަކުރޭ އޯލެވެލް އޭލެވެލް ޑިގްރީ މާސްޓާރސް ފެންވަރުގެ މީހުން އަދި ތަންތަނުގެ މޭނޭޖަރު ފެންވަރުގެ މީހުންވެސް ޓެކްސީ ކުރޭ..ބީތާޔާ...

  9. ނުރަބޯ

    ތިޔައީ އެއްވެސް ކަމެއްނޫން ޕާޓީއަށް ސޮއިކޮއްލާ. އެނިމުނީ.