ލޮލަށް ދިމާވާ އެކި މައްސަލަތަކަށް ފަރުވާ ދިނުމަށް، ލޮލުގެ ބަލިތަކަށް ޚާއްޞަ ސެންޓަރެއް، ޗައިނާގެ އެހީގެ ދަށުން ޤާއިމުކޮށްދެއްވާނެކަމަށް، އެޤައުމުގެ ފަރާތުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޒާންގ ލިޒްހޮން ވިދާޅުވެއްޖެއެވެ.
ޗައިނާ ސަފީރު މިހެން ވިދާޅުވެފައިވަނީ މިއަދު، ބަނޑޮސް އައިލެންޑް ރިސޯޓުގައި ކުރިއަށް ގެންދިޔަ "މައި ސްޓޯރީ ވިތު ޗައިނާ" ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުން، ޗައިނާގެ ސަފީރު، ޒާންގ އިތުރަށް ވިދާޅުވެފައިވަނީ، ޗައިނާގެ ފަރާތުން ޤާއިމުކޮށްދެއްވާ މި މަރުކަޒުގައި ލޮލުގެ އެކި ބަލިތަކާ ގުޅިގެން ކުރަން ޖެހޭ ޚިދުމަތްތައްވެސް ކުރެވިގެންދާނެކަމުގައެވެ. އެގޮތުން، ލޮލުގެ އެންމެ ބޮޑު އެއް އޮޕަރޭޝަންކަމުގައި ކެރަކަޓް އޮޕަރޭޝަން، ޗައިނާ އިން ޤާއިމްކޮށްދެއްވާ މަރުކަޒުން ކުރެވިގެންދާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުންވެސް، މިއަދު، ބަނޑޮހުގައި ވާހަކަފުޅު ދައްކަވަމުން ސަފީރު ވިދާޅުވެފައިވަނީ، މި މަރުކަޒު ބިނާކުރާނެ ތަނެއްވެސް މިހާރު ހަމަޖެހިފައިވާކަމަށާއި އެކަން ކުރަން ނިންމާފައިވަނީ ހުޅުމާލޭގައިކަމަށެވެ.
ރާއްޖެއަށް އެކި ގޮތްގޮތުން އެހީތެރިވަމުން އަންނަ އަދި، ރާއްޖޭގައި އެކި ދާއިރާތަކުން އިންވެސްޓް ކުރަމުން އަންނަ ޗައިނާގެ ސަފީރު ޒާންގ ވަނީ، އަދިވެސް ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ އެހެން ބައެއް ދާއިރާތަކާއި، ބައެއް އެހީތައް ހާމަކުރައްވާފައެވެ.
އެގޮތުން، ސާފު ބޯފެނުގެ ޚިދުމަތް ދިނުމަށްޓަކައި ބައެއް ރަށްރަށް ޑީސަލިނޭޝަން ޕްލާންޓްތައް ހަދިޔާ ކުރައްވާނެކަމަށްވެސް، އޭނާ ވިދާޅުވެފައިވެއެވެ. ހަމައެހެންމެ، އިއާދަކުރަނިވި ހަކަތަ އުފެއްދުމަށްޓަކައި، އިރުގެ އަލިން ކަރަންޓު އުފައްދާ، ސޯލަރ ޕަވަރ ސިސްޓަމްތަކެއްވެސް، ޗައިނާގެ ޚަރަދުގައި ބައެއް ރަށްތަކަށް ހަދިޔާކުރުމަށް ނިންމާފައިވާކަމަށް ވިދާޅުވިއެވެ. އެގޮތުން، 58 ރަށެއްގައި މި ޕަވަރ ސިސްޓަމްތައް ބަހައްޓާނެކަމަށްވެސް، ސަފީރު ވިދާޅުވިއެވެ.
ހަމައެހެންމެ، ކުޅިވަރުގެ ދާއިރާއިންވެސް، ޗައިނާ އިން ރާއްޖެއަށް އެހީތެރިކަން ދެއްވާނެކަމަށާއި އަދި އެރޮނގުން މިހާރުވެސް އެހީތެރިކަން ފޯރުކޮށްދެއްވަމުން އަންނަކަމަށްވެސް، ސަފީރު ވިދާޅުވިއެވެ.
ޗައިނާ އަކީ، ރާއްޖޭގައި ހިންގާ ތަރައްޤީގެ މަޝްރޫޢުތަކުގެ މުޙިއްމު ބައިވެރިއެކެވެ.
ހަޖަމް ގެރި މޯދީ....
މުންޑު މޯދީ. ފޫގަޅި މޯދީ
ކޮބާ އިންޑިޔާ އިންދޭންބުނާއެއްޗެއް އޮތްތޯ އަހާލަދީބަލަ
މިކަލޭގެ ފަޔަށް ހިނި އަރައިގެން ޔާމީނު ހޮވަން މި ތެޅެނީ ކީއްވެތަޅެ؟ މިމީހުން ޤައުމުގެ މުސްލިމުން މަރާ، މިސްކިތްތަށް ތަޅާ، ރޯދަހިފާމީހުންނަށް އަނިޔާކުރުން ފުރަތަމަ ހުއްޓަބަލަ!
އިންޑިޔާ މީހުން ވަރަށް މުސްލިމުން ރަގަޅުދޯ.. ގެރިޔައް ވުރެއް މުސްލިމުންގެ ހާލު ދެރަ އިންޑިޔާގަ.. ޗައިނާގެ ވާހަަ ދައްކަން ލަދުގަން ނން ޖެހޭ
ކޮބާ އިދިކޮޅޭމެން ފެނޭޗޭ ރައީސް ޔާމީންގެ ހިއްވަޜާ ބުންވަރު ކިތައްމެ ވަރަކައް ކެއަސް ހެވެއްނު މަދެއްނުވޭ ހިންގަމުންދާ ޕްރޮޖެކްޓްތަކެއް ކުރަން ރާވާފާ ހުރި ޕްރޮޖެކްޓް ތައްވެސް އެހެން މީހުން ކޭމާ މަދުވޭ ޤައުމަށް ކަމެއް ކޮށްދޭން ބަލާލާ އިރު ތިޖޫރި ހުންނަނީ ހުހައް ދެންޖެހެނީ މުވައްޒަފުންގެ މުސާރއިން އެބައި ހަމަޖައްސަން ހަޖަމް
މިސްކިތް ތަޅާފަ ލޮލައްފަރުވާކުރުމަކުންނުފުދޭނެކަން ސަހީމައް އެގިލައްވާވެ
ޗައިނާ ރައީސްގެ ކޮއްކޮއާއި ޔާމީން ވަރަށް އަވަހަށް ކައިވެނި ކުރައްވާނެ.އަދި ރުބޭލް ފޮނުވާލާނެ.
ތިވާހަކަ އަޑުއިވުނިއްޔާ ގެރިމޯދީ އަނބުރާގަންނާނެ!
ތެންކިޔު ޗައިނާ.. އިންޑިޔާގެ ގެރިތައް ފެލެންފަށާނެ..
މިކަމާ ގުޅިގެން އިދިކޮޅުމީހުންގެ ހިތުގައި އަނދަމުންދާ ޙަސަދައިގެ ވަރުގަދަ އަލިފާންގަނޑު ހުޅު ފަޅައިގެންދާނެ.....!!!
ހީވޭތަ ކަމެއްހެން ރީދޫ ބައިގަޑައް އަދިވެސް ކޮމަންވެލްތް އާ ގުޅުންބަދަހިކުރެވޭތޯބަލާ
ޗައިނާއިން މުސްލިމުންނައްދޭ ހަދިޔާ ތުރުކިސްތާން އަޅުވެތިކޮއްމުސްލިމުން ބުޑިސްޓުންނައް ހެދުން. ޢިސްލާމްދީނުން ބޭރުކުރުން ފަރްޞް ކުރެއްވި އެއްވެސް ކަމެއް ނުކުރެވުން މިސްކިތްތައް ތަޅާ ސުންނާފަތި ކުރުން އަދި ހުދު ޗައިނާގެ މުސްލިމުންނައްވެސް މި މުސީބާތް އެބަ ޖައްސާ
ކަލޭމެންގެ ރީނދޫ ސަރުކާރުގެ ދުވަސްވަރު އެސަރުކާރުން އިޒްރޭލާ މާބޮޑަކަށް ގުޅުން ބަދަހިކޮށް، އިޒްރޭލްގެ ތާރީޚް މިގައުމުގެ ސްކޫލް ކުދިންނަށް ކިޔަވާނުދެވިގެން އުޅުމާ އިޒްރޭލްގެ މަތިންދާބޯޓު ތައް ރާއްޖެ އަށް އޮޕަރޭޓް ނުކުރެވިގެން އުޅުނީ އެމީހުން ފަލަސްޠީނީންގެ އަމިއްލަ ބިންތަކުން އެމީހުން ބޭރުކޮށް އަންހެނުންނާ ކުޑަކުދިންމަރާ މިސްކިތްތައް ތަޅާ ބިމާހަމަކޮށް ނުހަދާތީ ހެއްޔެވެ.....؟؟؟
ﷲ އަކުބަރު ޗައިނާ މީހުންނަށް އަބަދުވެސް ހެޔޮ ގޮތް މެދުވެރި ކުރަށްވާށި