އަރަބިއްޔާ ސްކޫލުގެ އާ އިމާރާތުގެ ބިންގާ އަދިވެސް ނާޅާތީ ބެލެނިވެރިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ބާ ޖަމާލުއްދީންގައި އަރަބިއްޔާ ސްކޫލުގެ އާ އިމާރާތް އަޅަން އަމީން ކޮންސްޓްރަކްޝަންއާ ހަވާލު ކުރީ މިދިިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.

ޖަމާލުއްދިން ސްކޫލުގެ ޖާގަ ވެސް އިތުރުކޮށް އަރަބިއްޔާގެ އާ އިމަރާތް އަޅަން އަމީންއާ ހަވާލުކުރީ 18 މަސް ދުވަހުން ނިންމާ ގޮތަށް 168 މިލިއަން ރުފިޔާ އަށެވެ.

އެހެން ނަމަވެސް އެ މަޝްރޫއަށް ފަސް މަސް ވާން ކައިރިވީ އިރު ވެސް އަރަބިއްޔާގެ އާ އިމާރާތުގެ ބިންގާ ނާޅަ އެވެ. އެހެން ކަމުން އަރަބިއްޔާ ސްކޫލް ދަރިވަރުންގެ ބެލެނިވެރިން ވަނީ ކަންބޮޑުވުން ފާޅު ކޮށްފައެވެ.

"18 މަސްދުވަހުން ނިންމަން ބުނި. އެކަމަކު 2 މަހުން ބާޖަމާލުއްދީން ބިން ހުސްކުރަން ވަޢުދުވެފައި ވެސް 7 މަސް ވީއިރު ވެސް ތަން ސާފު ނުކުރެވުނު. އިންތިޚާބު ކައިރިވީމަ ވޯޓު ހޯދަން ބިންގާ އަޅުއްވަން މަޑުކުރަނީތޯ ސުވާލު އުފެދޭ. މިކަން ސިޔާސީ ނުކުރައްވާ." އަރަބިއްޔާ ސްކޫލުގެ ބެލެނިވެރިން ހިންގާ "އަރަބިއްޔާ ފެމިލީ"ގެ ޓުވިޓާ އެކައުންޓުން މިއަދު ކުރި ޓުވީޓެއްގައި ވެއެވެ.

ދެހާސް އެކާވީސް ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން އަރަބިއްޔާ ސްކޫލް ހިންގަމުން އަންނަނީ ފޮރިން މިނިސްޓްރީ ކުރިން ހިންގަމުން ދިޔަ ވަގުތީ އިމާރާތުގައެވެ. އެ ސްކޫލް އެހެން އިމާރާތަކަށް ބަދަލުކޮށްފައި ވަނީ މީގެ ކުރިން އަރަބިއްޔާ ސްކޫލް ހިންގަމުން ދިޔަ އިމާރާތް ވަރަށް ބޮޑަށް ވީރާނާވެ އެތަނަކީ ދަރިވަރުން ފޮނުވުމަށް އެންމެ އެކަށީގެންވާ ތަނެއް ނޫން ކަމަށް ބުނެ ބެލެނިވެރިންގެ ކަންބޮޑުވުންތައް ހިއްސާ ކުރުމާ ގުޅިގެންނެވެ.

ފަހަކަށް އައިސް އަރަބިއްޔާގެ ބެލެނިވެރިން ދަނީ އެ ސްކޫލުގައި ބޮޑެތި މައްސަލަތައް ހުރިކަން ފާހަގަކޮށް ކަންބޮޑުވުން ފާޅުކުރަމުން ނެވެ.

އެގޮތުން ކުރީގެ ޕްރިންސިޕަލް ބެލެނިވެރިންނާ އެއްކޮޅަށް ހުންނާތީ އެ ޕްރިންސިޕަލް އެޑިއުކޭޝަން މިނިސްޓްރީއަށް ބަދަލުކުރުމުން ބެލެނިވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އޭގެ އިތުރުން އަރަބިއްޔާ ސްކޫލްގެ ދަރިވަރުންނާއި ބެލެނިވެރިންނަށް އަދި އަރަބިއްޔާ ސްކޫލްގެ މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށް ވަކާލާތުކުރާ އެ ސްކޫލްގެ ބޯޑު މެންބަރުންނަށް ދައުލަތުގެ އެކި ފަރާތްތަކުން ފުރައްސާރަ ކުރަމުންގެންދާތީ އެ ސްކޫލްގެ ބެލެނެވެރިން ކަންބޮޑުވުން ފާޅުކުރެ އެވެ. އަދި އަރަބިއްޔާ ސްކޫލާ ޓެރަރިޒަމްއާ ގުޅުވަން މަސައްކަތް ކުރާ ކަމަށް ވެސް ބެލެނިވެރިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ސޭޓު

    މި ލާދީނީ ބައިގަނޑު ނަމުގަ ދީނާ ދީނީ ޝައިޚުން ގަނެލާގެން މިގައުމުސެކިއުލާ ކުރާނެ. މަގުމަތީ ހިނގާލަން ނުކެރޭ ދަރިންނާއެކު މިހާރު. ޢޮރިޔާންބުޑު ތަކާއި ބަރަހަނާ ލާދީނީ މިހުން އަވާމެންދުުރެއްގައި އުދުހެނީ. ކެނެރީ އާއި ކެރަފާ ގެ ބާރުގައި ސޯލހު ވެރިކަމާ ބައްދައިގން .އިސްތިއފާ ދީ މިހާރުންމިހާރށް

    21
  2. ޕިސްޕިސް

    ސޭޓު . . ކަލޭތީކާކު މީހުން ލާދީނީ ކޮށްފަ ދީނީކުރަށް . . އިހަށްތިމާ އިސްލާހު ވެބަލަ . . ބިންގާވެސް އަޅާނެ . .އިމާރާތްވެސް އަޅާނެ . . . ދިވެހިންނެއް ކޮންމެހެން ވޯޓެއް ނުދޭނެ ބިންގާ އެޅިޔަކަސް . . އެހެންވީމަ ކޮންމެ ކަމެއްސިޔާސީ ކުރަންނޫޅޭ

    11
    • ޞޮއްޓި

      އަޅާނެ.. ދޭނެ.. އަންނާނެ..
      މިހާރު މި ނުހިނގާނެ ބުރޯ.
      ދެން ސޯލިޙު ދޭ ހިންނަވަރަށް

  3. އުގުރި

    ޑރ ގެ އަނބި މީހާގެ ހާލަތަކީ ކޮބައިބާ؟؟

  4. އަޖިބް

    މިދައުރުގަ ހިޔެއްނުވެ ތިޔަސްކޫލްގެ ބިންގާއަޅާދޭނެހެން އެއީތިޔަކަހަލަކަމެއްކުރާކަހަލަ ބައެއްނޫބް މިހާރު މިސަރުކާރުގަތިބީ އެމީހުންބިރުގަންނާނެ އެހެންބަޔަކު ތިޔަކަމާރުޅިއަންނާނެތީ އެކަމުގެބިރައް އެތިބެނީ

    15
  5. ނަރުގިސް

    ބެލެނިވެރިން މުޒާހަރާ ކުރާކަށް ނުޖެހޭ. އަރަބިއްޔާ އަކީ ސަރުކާރު ސްކޫލެއް/ ސްކޫލެއް އަޅާނެ. ވަރަށް އަވަހަށް އަރަބިއްޔާ ސްކޫލަކަށް ބަދަލުވާނެ. މައިން ބަފައިން ގެ ދައުރަކީ ކުދިން ގަޑިއަށް ސްކޫލަށް ފޮނުވާ ފިލާވަޅު ދަސްކުރުވާ ،ސްކޫލް ގެ މަސައްކަތް ނަގާތޯ ނިންމާ ތޯ ބެލުން. އިއްޔެވެސް އަހަރެން ހުރިން ހިނގަން ގޮސްފަ އަރަބިއްޔާ ކާރީގައި ދެބައި ކުޅަ އެއްބައި ކުދިން ސްކޫލަށް އައީ ގަޑި ޖެހިގެން، މިއަދުވެސް ސްކޫލަށް އައީ ގިނަ ކުދިން ގަޑި ޖެހިގެން /

    2
    16
    • ޢަލީ

      ގަޑިޖެހުމަކީ ކުދިންގެ ޙައްޤުން މަޙްރޫމްކުރަން އޮތް ޢުޒުރެއް ކަމަށް ނުދެކެން

      2
      1