ދިވެހިރާއްޖެ އާއި އިނގިރޭސިވިލާތުގެ ދެމެދުގައި ފުރަތަމަ ފަހަރަށް ސްޓްްރެޓީޖިކް ޑައިލޮގް މިއަދު ފަށައިފި އެވެ.

މިއީ ރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދު އޮތް ގުޅުން އިތުރަށް ހަރުދަނާކޮށް މުހިންމު ގިނަ ދާއިރާތަަކަަކުން މަޝްވަރާކޮށް އެއްބަސްވުންތައް ގާއިމު ކުރުމުގެ ގޮތުން ކުރިއަށް ގެންދާ މަޝްވަރާތަކެކެވެ.

ފޮރިން މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ، މި ޑައިލޮގް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ހައިބްރިޑް ފޯމެޓަށް މިއަދު ކަމަށެވެ. މި ޑައިލޮގުގައި ފޮރިން މިނިސްޓްރީގެ އިތުރުން ސަރުކާރުގެ އެކި އިދާރާތަކުގެ އިސްވެރިން ބައިވެރިވާނެ ކަމަށް ވެސް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ.

މި ޑައިލޮގް އޮންނާނީ މިއަދު މެންދުރު ފަހު 13:00 އިން ފެށިގެން އިރު އޮއްސި 18:00 އާ ހަމައަށެވެ،

މި ޑައިލޮގުގައި ދެގައުމުގެ ދެމެދުގައި މަޝްވަރާ ކުރުމަށް ނިންމާފައިވާ އެކި ދާއިރާތަަކުގެ ތެރޭގައި ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާކުރުމާއި ސަރުކާރު ހިންގުން ހަރުދަނާކުރުމާއި ޑިމޮކްރަސީ ހަރުދަނާ ކުރުމަށް ކުރެވިދާނެ ކަންކަމާއި އިންސާނީ ހައްގުތަކާއި އެކަމާ ބެހޭ ގާނޫނާއި ގަވައިދުތައް ހަރުދަނާކުރުމަށް ކުރެވިދާނެ ކަންކަމާއި ތިމާވެއްޓާއި މޫސުމީ ބަދަލުތަކާއި މަތީ ތައުލީމުގެ ފުރުސަތުތައް ފަހިކޮށްދިނުމާއި އަދި ވިސާ އާއި ގުޅުން ހުރި ކަންކަމާއި އިމިގްރޭޝަން ކަންކަމާއި ދެގައުމު ގުޅިގެން ކުރެވިދާނެ އިތުރު ކަންކަން ވެސް ހިމެނެއެވެ.

މި މަޝްވަރާތަކުގައި ބައިވެރިވާ ދިވެހި ވަފްދުގައި ހިމެނެނީ ރައީސް އޮފީހާއި، ހުރިހާ މިނިސްޓްރީތަކަކާއި، ފުލުހުންނާއި، އޭވިއޭޝަން ކޮމާންޑާއި، ބަންޑާރަ ނައިބު އޮފީހާއި، ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރާއި، ސެކިއުރިޓީ އެޑުވައިޒާސް އޮފީހެވެ. މަޝްވަރާތަކުގައި ދިވެހި ވަފްދުގައި އިސްކޮށް ހުންނަވާނީ ސެކްރެޓަރީ ބައިލެޓްރަލް ޑރ. ހާލާ ހަމީދު އެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    އިގިރޭސިންނަކީ ޤައުމުތަކުގައި ފިތުނަ ފަސާދަ އުފައިދާ ބަޔެއް ޤައުމުތަކުގައި ހަމަޖެހުން ނަގާލާ ބަޔެއް، އިންގުރޭސިން ފަލަސްތީނު އަޅުވެތިކޮށްގެން އުޅޭތާ 75 އަހަރުވަނީ، އިސްރާޢީލު ކިޔާ ޢައިރު ޤާނޫނީ ބަޔަކަށް ހިމާޔަށްދީގެން އދ ތެރޭގައިވެސް ފަލަސްތީނާއި ދެކޮޅު ކަންކަން ކުރާބަޔެއް އެމެރިކާޔާއި ގުޅިގެން !

    1
    1
  2. ހުވަދު

    ހެޔޮނުވާނެ ތިކަން ކުރަން. ތި މީހުން ތީ ހަމަ އިބިލީހުން.

  3. ނަން

    މިތިބަ ހައްދު ފަހަނެޅި ޖާހިލުން ތިބޭ ތާކު އިނގިރޭސި ވިލާތާ ކޮން ޑައިލޮގެއް ބޭއްވޭނީ؟