މިސަރުކާރުން މާލޭ ރަށްވެހިންނަށް ދޭނެ ގޯއްޗާއި، މާލޭ ސަރަހައްދުން ފްލެޓް ދޭނެ މީހުން ކަނޑައަޅަން ކޮމެޓީއެއް އުފައްދައިފިއެވެ.

ޕްލޭނިން މިނިސްޓްރީން މިއަދު ބުނީ ސަރުކާރުގެ ގެދޮރުވެރިން ޕްރޮގްރާމުގެ ދަށުން ހިންގާ ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމަށް ކުރިމަތިލާފައިވާ ފަރާތްތައް އިވެލުއޭޓްކޮށް، ބިމާއި ފްލެޓް ދޭނެ ފަރާތްތައް ކަނޑައެޅުމަށްޓަކައި "ގެދޮރުވެރިންގެ ކޮމިޓީ" ގެ ނަމުގައި ކޮމިޓީއެއް ވަނީ އުފައްދަވާފައި ކަމަށެވެ.

މި ކޮމެޓީގެ ޗެއާމަނަކަށް ހަމަޖައްސާފައި ވަނީ ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން އެވެ. ކޯ ޗެއާޕާސަނަކަށް ހަމަޖައްސާފައި ވަނީ ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛު އަނަސް އަބްދުއްސައްތާރު އެވެ.

ދެން ކޮމެޓީގައި ތިއްބަވަނީ މަރިޔަމް ނާޒިމާ، މއ. އެރިޒޯނާ، އައިޝަތު ރަޝީދާ، ހ. ރެޖީނާ ހައުސް، މުހައްމަދު އާރިފް، ހއ. އިހަވަންދޫ ނެދުންގެ އެވެ.

ފްލެޓާއި ގޯތި ދޭނެ މީހުން ކަނޑައަޅަން އުފެއްދި ކޮމެޓީ މެންބަރުން ބައްދަލުވުމެއްގައި
ފްލެޓާއި ގޯތި ދޭނެ މީހުން ކަނޑައަޅަން އުފެއްދި ކޮމެޓީ މެންބަރުން ބައްދަލުވުމެއްގައި

ޕްލޭނިން މިނިސްޓްރީން ބުނީ ފަސް މެމްބަރުން ހިމެނޭ މި ކޮމިޓީގެ ފުރަތަމަ ބައްދަލުވުން އިއްޔެ ބާއްވާފައިވާ ކަމަށެވެ. ނަމަވެސް އިއްޔެގެ ބައްދަލުވުމުގައި ކުރެވުނު މަޝްވަރާތަކުގެ ތަފްސީލެއް މިނިސްޓްރީން ހާމައެއް ނުކުރެއެވެ.

މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް މި ސަރުކާރުން ހިންގާ "ބިންވެރިޔާ" އަދި "ގެދޮރުވެރިޔާ" ސްކީމްގެ ދަށުން މިހާތަނަށް އިއުލާނުކޮށްފައި ވަނީ ޖުމްލަ 5،000 ގޯތި ދޫކުރުމަށެވެ. ނަމަވެސް އެއަދަދު އިތުރު ކުރާނެ ކަމަށް މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް ސޯލިހް ވަނީ ވިދާޅުވެފައެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމްގެ ދަށުން ފަހި ދިރިއުޅުން ކޯޕަރޭޝަނުން އަންނަނީ ހުޅުމާލޭގައި 4،000 ހައުސިން ޔުނިޓުގެ މަސައްކަތް ކުރަމުންނެވެ. މިދިޔަ އަހަރުގެ ފެބްރުއަރީ މަހު މަސައްކަތް ފެށި 16 ޓަވަރުގެ ތެރެއިން އަށް ޓަވަރުގެ މަސައްކަތް އަންނަ ޖުލައިއަށް ނިމޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. އިބޫގެވޮއްގަނޑު

    މިހާތަނައް ހޮވުނު އެންމެ ނާގާބިލު ވެރިކަން ހިޔާފުލެޓު ލިބުނު މާލެ އުފަން މާލެ ރައްޔިތުންނައް ގޯތިނުދީ ގާތްތިމާގެ އައުވާނުންނައް ގޯތި ބަހަނީ ހިޔާފުލެޓު ތަކަކީ ޔާމިނުގެ ވަގުތީ ހައްލު އަސްލު އެއީ އަލަތު ކައިވެނި ކުރާ ދެމަފިރިންނައް ރަނގަޅު ތަނެއް ދެވައްތަރު ދެދަރިންލިބި އެކުދިން ތަންމަތި ވަކިކުރަން ޖެހުމުން ދެމަފިރިން ސިޓިންރޫމައް ނިކުންނަންޖެހޭ ވީމާ މިސަރުކާރު ވަރައް އަނިޔާވެރި

    13
    1
  2. ސާމިލް

    އަޅުގަޑު އަކުރަމް ކަމާލުއްދީނަ އެޑެރެސްކޮއް ހިޔާފުލެޓުގެ ސަކުވާގެ ފޯމުގެ ޖަވާބުވަނީ އަދިވެސް ނުލިބިފަ

    13
  3. ފުލެޓް

    ފުރަތަމަވެސްތި ކޮމެޓީގެ ޗެއާމަންގެ ހިސާބުން ތިކަންދާނޭގޮތް ވަރަށްސާފު

    20
  4. މަގޭޚިޔާލުމީ

    އަކުރަމަކީ ވަރަށް ނާގާބިލު ބޭފުޅެއް. އަދި ވަރަށް އަވަހަށް ރުޅި އިސްކުރައްވާ ބޭފުޅެއް. ކަމަކުނުދޭ.

    12
    • ބެއްޔާ

      އަމުދުން ކަމަކުނުދޭ. ހަރާންހުކުން.

  5. މޫސަ

    އިންސާފުވެރި ވާނެބާ.މިހާރުވެސް މި އުޅެނި ފާހަނަނެތް ކޮޓަރިއެއްގަ.ދަރިންކޮޅި ގޮވާގެން ވިނަރެސްވެސް ލިބޭތް ނުވި.

  6. ހުސޭނުބޭ

    ހިތްއެދޭ މީހުންނަށް ބަހާ ހުސްކުރާ ކޮމިޓީއަކާ ހާދަ ވައްތަރޭ

    11
    • ހެހެހ

      އިންތިހާބަށް އެމްޑީޕީއަށް ވަންނަން ބޭނުން ،

  7. ޢަލީ

    އެކި ސަބަބުތަކާއިހެދި ފުލެޓާއި ގޯއްޗަށް އެދި ފޯމު ނުލެވި ތިބިމީހުނަށް ފުރުސަތެއް ދެއްވުން ކިހިނެއްތޯ؟

    5
    3
  8. ސޯލޭ

    އެމްޑީޕީ ކުދިންނައް އިންތިހާބައް ގޯތި ކަށަވަރުވީ ތިޔަ ސޯލިހައް ސަލާމް

  9. ހުސައިން803

    ފްލެޓަށް ދިނުމުގައި އުސޫލުގައި އެންމެގިނަ ޕޮއިންޓް ލިބެނީ 12 ވަރަކަށް މީހުން އެއްކޮޓަރީގައި ނިދައި ކައްކާ ކައިބޮއިހަދާ އެއް ފާހާނާއެއް ބޭނުންކޮށް، އޭސީ، ޓީވީ އެއްނެތް، ފުރާޅުން ވާރޭ ވެހިއްޖެއްޔާ ފެންފައިބާފަދަ ބާ އިމާރާތްތަކުގައި އުޅޭމީހުންނަށް، އެކަމަކު ޕްލެޓެއްގެ އަގު 2.3 މިލޔަން ރުފިޔާއަށް އަރާއިރު މަހަކު 8 ހާސް އެންމެ ކުޑަކޮށް ދައްކަންޖެހޭއިރު މިފަދަ އާއިލާއެއްގެ ދެންހުރި ހަރަދުތަކަށް 15 ހާސް އެންމެކުޑަވެގެން ހަރަދުވާނެއެވެ. ސުވާލަކީ މިވަރަށްވެސް ހަރަދު ކުރެވޭ މީހުން މިހާދައް ހާލަތެއްގައި ދިރިއުޅޭނެބާއެވެ.؟ ޕޮއިންޓްދޭ އުސޫލާ ފުލެޓްއަގާ އެއްގޮތަކަށްވެސް ދިމާނުވޭ. ދެންމިއޮންނަނީ މާލޭގައި 15 އަހަރު އުޅުމެވެ. މީގެ މާނަކީ ރާއްޖެތެރޭގެ މީހާއަށް ފޯމްލުމުގެ ސަރުތުވެސް މިހަވަނީ މާލޭމީހާއަށް ކުލިދައްކައިގެން މާލޭގައި އުޅޭތާ 15އަހަރު ފަހުންނޭ. މިއީ ވެސް ވަކިބަޔަކު މުއްސަދިކުރުމަށް ލައިފައޮންނަ އުސޫލެކެވެ. ކޮބާ ހަމަހަމަކަން...

    5
    2
    • ހާލުފޮޅި

      ބަލަގަ ބޭފުޅާ، މާލޭ މީހުން ވެސް ރާއްޖެތެރޭ ރަށްރަށަށް ގޮސް ހުންނަން ޖެހެނީ ބޮޑު އަގުދީފަ ކޮޓަރިގަނޑެއް ކުއްޔަށް ހިފައިގެން..ހިލޭ ސާބަހަކަށް ނުބައްޓާ.. ބޮޑު ބަންދެއް ޢީދެއް އަންނަންޏާ އަދި ތިބޭނީ ލާރިޔާގެން ބޫތު ކައިފަ..

  10. އަހުމަދު803

    މިހާރު ދިވެހިން ޤަބޫލެއްނުކުރޭ އިންސާފުން ކަމެއްދާނެކަމަކަށް، ތިމާއަށް ފުލެޓް ނުވަތަ ގޯތި ލިބިއްޖެއްޔާ އެއީ އިންސާފް، ނުލިބިއްޖެއްޔާއެއީ ނާއިންސާފެވެ. ވަޒީފާތައްވެސް މިހާ ދެނީވެސް ފެންނަ ގޮތަކަށެވެ. ތިކަންވެސްދާނީ ހަމަ ފެންނަގޮތަކަށެވެ. އިންސާފާ ހަމަހަމަކަމާއި ހައްޤުގެ ވާހަކައަކީ ހަމަ ބުނާބަހެކެވެ. ކަންކުރަނީ މިއާއި ދިމާ އިދިކޮޅަށެވެ.

  11. ޔާންޔާ

    ތި ކޮމެޓީގަ ތިބެނޖެހޭނީ މާލެ މީހުން . ތިކުރީ މިސަރުކާރުންކުރާނެ އެއްމެ ނާގާބިލު ކަންކަން .

  12. ކޭލަކުން

    ކޮމިޓީ އެކުލަވާލި އިރު އެކޮމިޓީގެ މެންބަރުން ނޫން މީހުން ކޮމިޓީގަ ތިބުމަކީ ކޮންކަހަލަ ކަމެއް؟ (ފޯޓޯގައިވާ ފަރާތްތައް)

  13. އިބޫ ފެކްށަން ބޮޑެ އިލިޔާސް ގޮފި ގދ.ތިނަދޫ

    ގދ.ތިނަދޫ ތިނަދޫއިން ގޯއްޗާއި ފުލެޓުދޭން މީހުން ކަޑައަޅަން ކޮމެޓީއެއް ހަދާބަލަ. ގދ.ތިނަދޫގައި 64 ހެކްޓަރު ބިން ހިއްކާފަ އެއޮތީ ތިނަދޫގައި އަމިއްލަ ގެދޮރު ނެތް މީބުން ހިތުގާ ޖައަސަންހެއްޔެވެ. އިބުރާހިމާ ކަލެއަށް ނުވަންޏާ ބަޗަންއުޅޭ ރައްޔިތުން ނިކުމެ ހުތުރު ގޮތަކަށް ބޭރު ނުކުރަނީސް. ގދ.ތިނަދޫއިން ގޯއްޗެއް ލިބި ގެހަދަން ފައިސާ އެއްކޮއްގެން ހުންނަތާ 7 އަހަރުވީއެވެ. މި 5 އަހަރު މިދިޔައީ ޓޯޓަލީ ވޭސްޓްއަށެވެ. އެހެން ވީމައޭ އަހަރުމެން އުފަލުން އިބުރާހިމަށް ވޯޓު ދޭންޖެހެނީ. ސާބަހޭ އިބޫ އެހެން ވީމަ އަދިވެސް ހަމަ ހޮވަންވީ އިބޫ

  14. ނަމަ

    ތިޔަބުނާ ގޯތީގެ ތަސްވީރު ނަމަވެސް ހަވާލުކުރެވޭނެބާ

  15. އަހްމަދު

    އެންމެ ބޮޑު ދެމީހުންނަށް އެމްޑީޕީގެ ދެ އެކްޓިވިސްޓުން. ދެންވިސްނާ ތިޔަ ކޮމިޓީން ފުލެޓްލިބޭ މީހުން ކަނޑައަޅާނެގޮތް.

  16. ހުނަސް

    ވަރަށް އަވަހަށް އިންތިހާޔަށް ރުޅިއިސްކުރާ، ކަމަށް ނާގާބިލު އަކުރަމް ކަމާލުއްދީން ލައިގެން ތިކަން އިންސާފަކުން ނުދާނެ!!!!!!

  17. ޑާމިސް އަލީ

    ނުހައްގުން މަދުބަޔަކަށް ގޯތިދީފިނަމަ ހިތި ބޯންޖެހޭނެ އިބޫ. ގޯތިތައް އަތުލާނަން ވ ސާފުކޮށްމިބުނީ.