ވެކްސިން ޖެހުމާއި އެހެނިހެން ހިދުމަތްތައް ފޯރުކޮށްދެެމުން ގެންދާ ދަމަނަވެށިން އާންމު ހިދުމަތްތައް ދޭ ގަޑިތަކަށް ބަދަލުގެނެސްފި އެވެ.

ދަމަނަވެށިން އިއްޔެ ކުރި އިއުލާނެއްގައި ބުނީ އަންނަ އާދިއްތަ ދުވަހުން ފެށިގެން ހިދުމަތްތައް ދެމުން ގެންދާނީ ރަސްމީ ބަންދު ދުވަސް ނޫން ދުވަސްތަކުގައި ކަމަށެވެ.

ބަދަލު ގެންނަ ޚިދުމަތްތަކާއި ގަޑިތައް:

  • އީޕީއައި އަދި އޮޕްޝަނަލް ވެކްސިން: ހެނދުނު 8:30 އިން 14:30 އަށް
  • ކުޑަކުދިންގެ ގްރޯތްމޮނީޓަރިން: ހެނދުނު 8:30 އިން 14:30 އަށް
  • ޓްރެވަލް ވެކްސިން: ހެނދުނު 8:30 އިން 12:30 އަށް
  • އާއިލާ ރޭވުމާ ބެހޭ ޚިދުމަތްތައް: ހެނދުނު 8:30 އިން 14:30 އަށް
  • އާއްމު ބަލިތަކަށް ޑޮކްޓަރަށް ދެއްކުން: ހެނދުނު 8:30 އިން 14:30 އަށް
  • އެންސީޑީ ކްލިނިކް، ޓޮބޭކޯ ސިޒޭޝަން ކްލިނިކް، އެޑޮލަސަންޓް ކްލިނިކްގެ ޚިދުމަތް: ހެނދުނު 8:30 އިން 13:30 އަށް
  • ކައުންސެލިން: ހެނދުނު 8:30 އިން 13:30 އަށް
  • ސައިކޯސޯޝަލް ސަޕޯޓް ސާވިސް: ހެނދުނު 8:30 އިން 13:30 އަށް
  • ބޮޑެތި މީހުން އަދި ކުޑަކުދިންގެ ކޮވިޑް ވެކްސިން: މެންދުރު 13:30 އިން 15:00 އަށް

ދަމަނަވެށިން ގިނަ ހިދުމަތްތަކެއް ލިބޭ އިރު ހައްޖާއި އުމްރާއަށް ދާ މީހުންގެ ގަޔަށް ޖަހާ މެނިންޖައިޓިސް ވެކްސިން ޖެހުމުގައި ދަތިތަކެއް ވަނީ ކުރިމަތިވެފަ އެވެ. ހެލްތު މިނިސްޓްރީން ބުނީ މެނިންޖައިޓިސް ވެކްސިންގެ އެކަށީގެންވާ ސްޓޮކެއް ހުންނާނެ ކަމަށެވެ.

އެހެން ނަމަވެސް ޑޮކްޓަރުން ވެސް ބުނަމުން ގެންދަނީ އެ ވެކްސިން ޖަހަން ދިއުމުން ވެކްސިން ނުޖެހޭ ކަމަށެވެ. އެހެންވާ އާންމުންގެ ގިނަ ބައެއްގެ ފާޑުކިއުން ވަނީ އަމާޒުވެފަ އެވެ.