ހިމަބިހި އަލުން ފެތެރެމުން އަންނާތީ މިއަދު 100 އަށް ވުރެ ގިނަ 18 އަހަރުން ދަށުގެ ކުދިންނަށް ވެކްސިން ޖަހާފައިވާ ކަމަށް ދަމަނަ ވެށިން ބުނެފިއެވެ.

ދަމަނަވެށިން ބުނެފައިވަނީ އެ މަރުކަޒުން މިއަދު MMR ވެކްސިން 18 އަހަރު ނުފުރޭ ކުދިންގެ ތެރެއިން 104 ކުއްޖަކަށް ޖަހާފައިވާ ކަމަށެވެ. އަދި ވެކްސިން ފުރިހަމަ ކުރަންޖެހޭ އުމުރު ކަމުގައިވާ 18 މަހުގައި ވެކްސިން ފުރިހަމަ ކޮށްފައިނުވާ ކުދިންގެ ތެރެއިން ވެކްސިން 78 ކުއްޖަކަށް ޖަހާފައިވާ ކަމަށެވެ.

އެ ބަލި އިތުރަށް ފެތުރުވިޔަނަ ނުދޭން ހެލްތް މިނިސްޓްރީއާއި ކަމާއި ބެހޭ ގިނަ ފަރާތްތަކުން އަންނަނީ މަސައްކަތް ކުރައްވަމުންނެވެ. އެގޮތުން އެބަލި އަށް ޝައްކުވާ ފަރާތްތަކުން ޓެސްޓްތައް ހެދުމަށާއި ފަރުވާ ދިނުމަށް އަންނަނީ ވަކިން ހާއްސަކޮށް ތަނެއް މާލެއާއި ހުޅުމާލެގައި ހަދަމުންނެވެ.

ހެލްތް މިނިސްޓްރީން އިއްޔެ ބުނެފައިވަނީ އެފަރާތުން މިހާރު އަންނަނީ ވެކްސިން ނުޖަހާ ކުދިންނަކީ ކޮބައިތޯ ބަލައި އެ ކުދިންގެ ދަފްތަރެއް އެލުލެވުމުގެ މަސައްކަތް ކުރަމުން ކަމަށެވެ. އަދި އެފަރާތުން އެދުމަކީ ވެކްސިން ނުޖަހައި ތިބި ހުރިހާ ފަރާތްތަކުން ލަސް ނުކުރައްވައި ވެކްސިން ޖެއްސެވުން ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

ރާއްޖެއިން ނައްތާލާފައިވާ ބައްޔެއް ކަމަށްވާ ހިމަބިއްސަށް މިހާތަނަށް ވަނީ 3 ކުއްޖަކު ޕޮޒިޓިވް ވެފައެވެ. އޭގެ ތެރެއިން ފުރަތަމަ އެ ބަލި ފެނިފައިވަނީ އުމުރުން 3 އަހަރުގެ ފިރިހެން ކުއްޖެއްހެ ގައިންނެވެ. އޭގެ ފަހުން ހިމަބިއްސަށް ޕޮޒިޓިވް ވެފައިވަނީ 30 އަހަރުގެ ދިވެހި ފިރިހެނެކެވެ. މީގެ އިތުރުންވެސް މީގެ ދެދުވަސް ކުރިންވަނީ އިތުރު ކުއްޖަކު އެ ބައްޔަށް ޕޮޒިޓިވް ވެފައެވެ.