މާލެސިޓީ ކައުންސިލްގެ ބައެއް ޚިދުމަތްތަކުން ނަގާ ފީ ކުޑަ ކުރުމަށް މާލޭސިޓީ ކައުންސިލްގެ މުނިސިޕަލް ސާރވިސަސް ކޮމިޓީއިން ނިންމައިފިއެވެ.

މާލެސިޓީ ކައުންސިލްގެ މުނިސިޕަލް ސާރވިސަސް ކޮމިޓީގެ 58 ވަނަ ބައްދަލުވުމުގައި ފާސްކޮށްފައިވަނީ މާލެއާއި ވިލިމާލޭގެ ފަޅުތަކާއި ބަނދަރުތައް ބޭނުން ކުރުމާއި، އެތަންތަނުން އުޅަނދުފަހަރަށް ފައްތިޔާ އަދި ފަޅު ހުއްދަ ފީ ނެގުމުގެ އިތުރުން މާލޭގެ މަގުމަތީގައި މަސައްކަތް ކުރުމަށް ދޫކުރާ ބޯޑުތަކުގެ އަގު ހެޔޮކުރުމަށެވެ.

މި އަގުތަކަށް އައިބަދަލާއި އެކު ކަންކަމާއި ގުޅޭ އަގުލިސްޓް, ދިވެހި ސަރުކާރުގެ ގެޒެޓްގައި ވަނީ ޝާއިޢު ކުރެވިފައެވެ.

މާލެ ސިޓީ ކައުންސިލުން ކުޑަކުރަން ނިންމާފައިވަނީ މާލޭ މަގުމަތީގައި މަސައްކަތް ކުރުމަށް ދޫކުރާ ބޯޑުތަކުގެ ފީ އަދި މާލެއާއި ވިލިމާލޭ ފަޅުން ދޫކުރާ ފައްތިޔާ އަދި ފަޅުހުއްދަ ފީއެވެ.

ފީ ތަކަށް ގެނެވުނު ބަދަލާއިއެކު ގެޒެޓް ކުރެވިފައިވާ އިޢުލާނާއި އެއްގޮތަށް މާލެއާއި ވިލިމާލެ ފަޅުން އުޅަނދު ފަހަރަށް ފައްތިޔާ، ފަޅުހުއްދަ އަދި މާލޭގެ މަގުމަތީގައި މަސައްކަތް ކުރުމަށް ދޫކުރާ ބޯޑު ތަކުގެ އަގުލިސްޓްއަށް 26 ފެބުރުވަރީ 2023 ވަނަ ދުވަހުން ފެށިގެން ޢަމަލުކުރަން ފަށާނެ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހއ

    ވަރައްރަނގަޅު ރައްޔިތުންނާ މެދު ވިސްނާމީހުން ކުރާނީ ތިހެން މާރުކޭޓުވެސް އަވަހާއަޅާ ކުލި ކުޑަކޮއް ދެފުއްފެއްނަ ގޮތަކައް ދޫކުރާނެ ކަމައްހީކުރަން