ދުނިޔޭގެ ބޮޑު މަޝްހޫރުކަމެއް ހޯދާފައިވާ ސްރީލަންކަން އެއާލައިންސްގައި 20 އަށްވުރެ ގިނަ މަންޒިލްތަކަށް ޑިސްކައުންޓް އަގެއްގައި ދަތުރުކޮށްލުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަންއެއް ފަށައިފިއެވެ.

މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން 14 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮމޯޝަންގައި 20 ޕަސެންޓްގެ ޑިސްކައުންޓެއް ލިބިގެން ދާނެކަމަށް އެ އެއާލައިން ބުންޏެވެ.

ސްރީލަންކަން އެއާލައިން އިން މައުލޫމާތުދޭ ގޮތުގައި، މި ޕްރޮމޯޝަން ކުރިއަށްގެންދާ ދުވަސްތަކުގައި ޓިކެޓް ނަގާ ފަރާތްތަކުން 1 ސެޕްޓެމްބަރ 2018 އިން 30 ނޮވެމްބަރ 2018 ގެ ނިޔަލަށް ޑިސްކައުންޓް އަގުގައި ދަތުރުކޮށްލުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.

ސްރީލަންކަން އެއާލައިންސްގެ ޓިކެޓް ލިބިވަޑައިގަންނަވާނީ ސްރީލަންކަން އެެއާލައިންސްގެ ރާއްޖޭގެ ޖެނެރަލް ސޭލްސް އޭޖެންޓްގެ އޮފީސް ކަމަށްވާ އޭސް އޭވިއޭޝަންސް އިންނެވެ.