އއ. ރަސްދޫ މަޑިވަރު ޑައިވިން ޕޮއިންޓަށް ޑައިވިނަށް ފޭބި ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެއެވެ.
ފުލުހުން މިއަދު ބުނީ މޫދަށް ފޭބި ފަތުރުވެރިޔާ ގެނބިގެން ރަސްދޫގައި ހުންނަ އއ. އަތޮޅު ހޮސްޕިޓަލަށް މިއަދު ހެނދުނު 9:12 ހާއިރު ގެނގޮސްފައިވާ ކަމަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެމީހާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުންޏެވެ.
އެ ހާދިސާގައި މަރުވެފައި ވަނީ އުމުރުން 46 އަހަރު އިނގިރޭސި ވިލާތުގެ ފަތުރުވެރިއެކެވެ.
މިދިޔަ ހަފްތާގައި ވެސް މޫދަށް އެރި އުޅުނު ފަތުރުވެރިޔަކު ގެނބިގެން ވަނީ މަރުވެފައެވެ. ކުރަމަތި ރިސޯޓުން މޫދަށް އެރި އުޅެނިކޮށް ގެނބިގެން މަރުވެފައި ވަނީ 62 އަހަރުގެ ޖަރުމަނުގެ ފަތުރުވެރިއެކެވެ.
ރާއްޖެއަށް ޗުއްޓީ ހޭދަކުރަން އަންނަ ފަތުރުވެރިން ގެނބިގެން މަރުވުމުގެ އެކިއެކި ހާދިސާތައް މީގެކުރިން ހިނގާފައިވެއެވެ. އެމީހުން އާންމުކޮށް މަރުވަނީ ސްނޯކްލިން އަށް ގޮސް އުޅެނިކޮށެވެ.
ރިސޯޓު ތަކުގަ ލައިފް ގާޑުން ނޫޅޭދޯ…..
ލަންކާ މިނިސްޓަރު ދެއްކީ ހަމަ މުޅިން ތެދު ވާހަކައެއް.
ބަދުނަސީބު ހިންނަވަރު ލުއްޗާ ގެ ސުންޕާކަން ގައުމަށް ޖެހިއްޖެ
މިކަމުގަ ވެސް ގޯސްވާނީ ސަރުކާރު. އަދި މިނިސްޓްރީ. މި މީހުން ތިބި ގެސްޓް ހައުސެއް ޑައިވަށް ގެންދިޔަ ޑައިވް ސްކޫލް ގެ އެއްވެސް ޒިންމާއެއް ނޯންނާނެ.