މޯލްޑިވްސް ޕޯޓްސް ލިމިޓެޑް(އެމްޕީއެލް)ގެ ސުޕަވައިޒަރެއްގެ މަގާމު އަދާ ކުރަމުން ދިޔަ އިސްމާއިލް ރަޝީދު (އިއްސެ) ގެ ވަޒީފާ އިއާދަކޮށްދިނުމަށް ވަޒީފާ އާ ބެހޭ ޓްރައިބިއުނަލް އިން ހުކުމްކޮށްފިއެވެ.

ޓްރައިބިއުނަލް އިން ކުރި ހުކުމްގައި ވަނީ އިއްސެ ސަދާން ޓްރާންސްޕޯޓް ލިންކްގެ ވަޒީފާގައި ހުރެ މީސް މީޑިއާގައި ސަރުކާރަށް ފާޑު ކިއާތީ ވަކިކޮށްފައި ވަނީ ވަޒީފާއާ ބެހޭ ގާނޫނުގައި ކަނޑައަޅާފައިވާ ހަމަތަކާ ހިލާފަށް ކަމަށެވެ. އިއްސެ ވަޒީފާ އިން ވަކި ކުރުމުގައި މައުޟޫއީ އަދުލުވެރިކަމާއި އިޖުރާއީ އަދުލުވެރިކަން ގާއިމުކޮށްފައި ނުވާތީ އިއްސެ އަދާކުރަމުން ދިޔަ މަގާމަށް ރުޖޫއަ ކުރުމަށް ހުކުމްގައިވެއެވެ.

އަދި އިއްސެއަކީ އެއްވެސް ހާލެއްގައި ވަޒީފާ އިން ވަކިކޮށްފައިވާ މީހެއްގެ ގޮތުގައި ނުބެލުމަށް ހުކުމްގައިވެއެވެ.

އެހެންވެ، އިއްސެ ވަޒީފާ އިން ވަކިކުރި ތާރީހުން ފެށިގެން ވަޒީފާ އަލުން ހަމަޖެހޭ ތާރީހާ ހަމައަށް ވަޒީފާގައި ހުރިއިރު އަދާކުރި މަގާމުގެ މުސާރަ އާއި އިނާޔަތްތަކަށް ވާ ފައިސާ އިން އިއްސެ ވަޒީފާ އިން ވަކި ކުރި ނޯޓިސް މުއްދަތާއި އަހަރީ ޗުއްޓީގެ ބާކީ ހުރި ދުވަސްތަކަށް ދިން ފައިސާ އުނި ކުރުމަށް ފަހު ޖެހޭ އަދަދަށްވާ ފައިސާ އެއް މަސް ތެރޭގައި އޭނާ އަށް ދިނުމަށް ވެސް ހުކުމްގައިވެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފާޑު ކީ މައްސަލައިގައި އިއްސެ ވަޒީފާއިން ވަކިކޮށްފައިވަނީ ޖޫން 2021 ގައެވެ. އޭރު އެމްޕީއެލް އިން ބުނެފައި ވަނީ އިއްސެ ވަޒީފާ އިން ވަކި ކުރަނީ އެތަނުގެ ކޯޑް އޮފް ކޮންޑަކްޓާއި ހިލާފުވުމުން ކަމަށެވެ.

އިއްސެ ވަޒީފާއިން ވަކިކޮށްފައިވާ ސަބަބުގެ ތަފްސީލީ އެރިޕޯޓުގައި ބުނެފައިވަނީ އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ ސަރުކާރަށާއި އަދި ސަރުކާރުގެ އެކިއެކި ފަރާތްތަކަށް ޖެއްސުންކޮށް އެއްޗެހި ކިޔަމުންދާތީ ކަމަށެވެ. އަދި އެކަން އިސްލާހު ކުރުމަށް ތަކުރާރުކޮށް އަންގުމުން ވެސް އެކަން ހުއްޓާފައި ނުވާ ކަމަށް ވަނީ ފާހަގަ ކޮށްފައެވެ.

"މިފަދަ ޒިންމާދާރުވެރި މަގާމެއްގައިވާ ފަރާތެއް ސަރުކާރަށާއި ސަރުކާރުގެ އެހެނިހެން ފަރާތްތަކަށް ޖެއްސުންކޮށް ޕަބްލިކް ޕްލެޓް ފޯމްތަކުގައި އެއްޗެހި ލިޔެމުންދާ ހިނދު އެކަން ހުއްޓުވަން ނަސޭހަތްތެރިވެ އަދި ނުހުއްޓައިފިނަމަ އެކަމަށް އެކަށޭނެ ފިޔަވަޅު އެޅުމަކީ މަސައްކަތުގެ މާހައުލުގައި އެހެން މުވައްޒަފުންގެ މަސްލަހަތު ގާއިމުކޮށް އެފަދަ ކަމަކުން މަސައްކަތަށް ބުރޫ އަރާފާނެ ހުރިހާ މަގެއް ހުއްޓުވުން އެއީ މައްސަލަ ރައްދުވި ފަރާތުން ކުރަންޖެހޭ ކަމެއް ކަމުގައި ދެކެމެވެ" އެމްޕީއެލުން އޭރު ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. އަލީ

    ގޮތް ދައްކާލަނީ.

    36
  2. ނަމަ

    އިއްސެ އަށް ރައީސް ސޯލިހަށް ފާޑުކިއަންވާގޮތައް ކިއަންނޭގުނީބާ

    15
  3. Anonymous

    ސާބަހޭ އިއްސޭ

    18
    1
  4. ކޮވިޑް

    މާތްކަލާކޯ ދިވެހި ރައްޔަތުން ބަލަމުންދާ ދިވެހި ރާއްޖޭގެ ޤާނޫން ހަދާ މަޖިލީސް އަވަހައް އުވާލަން ސަރުކާރަށް ގޮވާލަން. ހާދަ އެއްޗެއްސެކޭ ސަރުކާރާ ރައީސްސައް އެ ގޮވަނީ؟ ހެޔޮނުވާނެ ރައީސަކަށް ހުރި މީހަކަށް ލިބިދޭ ބާރެއް ދޯ މަޖިލީސް އުވާލުން. ހުވާ ހާދަ އެއްޗެއްސެކޭ ސަރުކާރަށް ކޮންމެ ދުވަހަކު އެ ގޮވަނީ. ރައްޔަތުން ސަރުކާރު ދެކެ ފޫހި ވެފަ މިހާރު މި މަޖިލީހުން ގޮވާ އެއްޗެއްސާހެދި.

    15
    10
  5. ރަން ރީނދޫ

    އިބުރާހީމާ ކަލޭ ލަދެއް ނުގަނޭތަ،ކެމްޕެއިންގަ، ހިޔާލު ތަފާތު ވިޔަސް 9،ވަޒީފާގެ ބިރެއް ނޯންނާނެ ކަމަށް ،އަނގަ ތަންމިނަށް ގުޅުވައިގެން ގޮވަގޮވާފަ،

    20
  6. ޑރ. ރާމީ ޙަސަން މަނިކު މ.ވައިނުޖެހޭގެ ޕީ.ޕީ.އެމް 9305205

    އިބޫ އަކީ ވައްކަން ކުރާ މީހުންނަށް ތާޢީދު ކުރާ މީހެއް. އެހެން ނޫންނަމަ ރީކޯ ގޮވައިގެން ޗޯރު އިބުރޭ ނޫޅޭނެ. ޗޯރު އިބުރޭ އަށް ފެންނަނީ ޔާމީން އެކަނި. އެއީ "ސިލެކްޓިވް ޖުޑިޝަރީ". ދިވެހި ބަހުން ބުނާ ނަމަ "އެކަކު އެކަނި ކަނަކަށް-ލާ އިންސާފު". އިއްސެ ތިޔަ ދެއްކީ ބޭ-އިންސާފަށް ރާއްޖޭގައި ޖާގަ އެއް ނެތް ކަން!

    17
    1
  7. Anonymous

    ދޮންކަލޯ ސާބަހޭ.
    ކޮންމެ މީހަކު ކުރިއަސް ނުބައި ޢަމަލެއް ވަނީ ހަމަ ނުބައި ޢަމަލަކަށް.
    ޙައްޤު ބަސް އިއްވަން ޖެހޭނެ މޫނަކަށް ކަނދުރާއަކަށް ބެލުމެއް ނެތި.
    ގަޓްހުރި ޒުވާނެއް ތިޔައީ.
    ﷲ އެއްވެސް އަޅަކަށް ދެރަގޮތެއް މެދުވެރި ނުކުރައްވާނެ. الحمدلله

    14
  8. ސަބް ޒީރޯ

    ޥ.މުއުތަބަރު ކޮއް އިނގިފަ އޮތީ މިކަމަކީ ރާވައިގެން ކުރި ކަމެއް ކަމަށް. އިއްސެ ކައިރި ބުނި ކަމަށް ވޭ ކަލޭ ސޯޝަލް މީޑިއާގަ އިބޫ އަށް އެއްޗިސް ގޮވަން ، އެހާރުން ވަޒީފާއިން ކަނޑާލާނެ ކަމަށާ އެކަމަކު 2021ޖޫން އިން ފެށިގެން ގޭގަ ހުއޓަސް މުސާރަ ހިނގާނެ ކަމަށް ބަލާށޭ، އެއްފަހަރާ ހުރިހާ ލާރި އެއް ޓްރައިބިއުނަލް ތްރޫ ކޮއް ރޫލިންގެސް ނެރެ އަލުން ވަޒީފާ ގަޑާ އެކީ ލިބޭގޮތަށް ހަމަޖެހޭނެ ކަމަށް، މިކަން މިކުރަނީ ރައްޔިތުން ގެ މެދުގަ ޝަރުއީ ދާއިރާ ތަކާ މެދު އިތުބާރު ގެއްލިފަ އޮތުމުން ކަމަށާ ، މިކަމަކީ ސަރުކާރުގެ އެހެނިހެން އިދާރާ ތަކުން ވެސް ޕްރެކްޓިސް ކުރާނެ ކަމެއް ކަމަށް އިއްސެ އަށް ވަނީ ކިޔައިދީފަ، މިވާހަކަ ތައް އިއްސެ އަށް ކިޔައިދިނީ ކާނިވާ ސަރަހައްދުގަ ހުރި ކެފޭ އެއް ތެރޭގަ! އިއްސެ އަށް މިކަން އިންގޭނެ!

    5
    1
  9. ޏނ

    އިއްސެ މުއްސަނދި ވީނު ތި

  10. އިއްބެ

    ޔާމީން ޢަބުދުލްޤައްޔޫމު ވެރިކަމަށް ވަޑައިގެންނެވިއިރު މުލިއާ ގޭގެ ވަޒީފާގައިތިބީ މުޅިންވެސް އަންނިގެ މީހުން! ޔާމީންގެ ވެރިކަމުގައި އެބައިމީހުންގެ ދުއްތުރާތައްވެސް ސަރުކާރަށް ޖެހުނު! އެހެނަސް 5 އަހަރުގެ ދައުރެއް ނިންމައިލީ އެއިން އެކަކުވެސް ވަޒީފާއިން ވަކިނުކޮށް! އެހެންނަމަވެސް ޕޯޑިޔަމްތަކުގައި ލައިވްޓީވީގައި ޔާމީނަށް ނިސްބަތްކޮށް އަވަގުރާނަގޮވައި ވަގަށް ގޮވި މަދުބަޔަކު ސިވިލްސާވިސް އަދި ސިޔާސީ ބައެއް ވަޒީފާއިން ވަކިކުރި!