ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި މައްސަލައަކާ ގުޅިގެން މީހަކު ހޯދަން ފަށައިފިއެވެ.

މި މައްސަލައާ ގުޅިގެން ހޯދަމުން ދަނީ ސ. މަރަދޫފޭދޫ / ރަށްދެބައިގެ، އިބްރާހީމް ފައިހް ނިޒާމް 25، އެވެ.

ފައިހްއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ، ދިވެހި ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9911099 ނުވަތަ ދިވެހި ފުލުހުންގެ ހިދުމަތް ހޮޓްލައިން ނަންބަރު 3322111 އަށް ގުޅައި ހިއްސާ ކުރުމަށް ފުލުހުން އެދެއެވެ.

މާރާމާރީ ހިންގި މައްސަލައަކާ ގުޅިގެން ފައިހް ހޯދަން މިދިޔަ މަހުގެ 15 ގައި ވެސް ފުލުހުން އިއުލާން ކުރިއެވެ.

މިފަދަ ކަންކަމުގައި އާންމުން ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެހީތެރިކަން ފުލުހުން ފާހަގަކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނަޖީ

    ކަމެއްބޭނުންވީމާ ރައްޔިތުން ކޮންމެރެއަކު އަނިޔާކުރަންވީމާރައްޔިތުންގެމަތިންްހަދާނެނުހުރޭ ދެންވަރައްސަޅިދޯ

  2. އަލީ

    ވެދާނެ މައިކްރޮސްކޯޕް ދަށައް ލައިގެންވެސް ނުފެންނަވަރު އެއްޗެއްކަމައް