އދ.މެދުވެރިކޮށް ރާއްޖެއަށް އިގްތިސޯދީ ގޮތުން ދަތިކުރުމުގެ ފިޔަވަޅު އަޅަން އިންޑިއާގެ ބައެއް އާންމުން ވެސް މީސް މީޑިއާގައި ގޮވާލަމުން އެބަގެންދެއެވެ.
އަންނަ މަހު 23 ގައި އޮންނަ ރިޔާސީ އިންތިހާބުގެ ކުރިން ރާއްޖެ ޑިމޮކްރަސީގެ މަގަށް ރުޖޫއަވެ، އަދުލު އިންސާފުގެ ދާއިރާގެ މިނިވަންކަން ކަށަވަރުކުރަން ޖެހޭނެ ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެފައި ވާ ޚަބަރެއް ޓެގް ކޮށް އިންޑިއާގެ ރައްޔިތަކު ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ ރާއްޖޭގައި މިހާރު ހިންގާ ކަންކަމުގެ މައްސަލަތައް ބައިނަލް އަގުވާމީ މައިދާނުގައި އިންޑިއާއިން އުފުލަން ޖެހޭނެ ކަމަށާއި އެވަރުވެސް ނުވެއްޖެ ނަމަ އދ.މެދުވެރިކޮށް ރާއްޖެއަށް އިގްތިސޯދީ ގޮތުން ދަތިކުރުމުގެ ފިޔަވަޅު އަޅަން ޖެހޭނެ ކަމަށެވެ.
India should raise this issue in the international platform and strongly condemn the activities of Maldives Government and if things doesn't work out to be any better then we should isolate Maldives by putting United Nations Economic Sanctions. https://t.co/fmIG5H5Cxt
— A (@CHANDAN88182377) August 12, 2018
ރާއްޖޭގެ މަސްރަހާއި ގުޅޭގޮތުން ޓައިމްސް އޮފް އިންޑިއާ އަށް އީމެއިލް މެދުވެރިކޮށް ދެއްވި އިންޓަވިއުއެއްގައި މޯދީ ވިދާޅުވީ ރާއްޖޭގެ ސިޔާސީ މައްސަލަތަކަކީ ބައިނަލް އަގުވާމީ މައިދާނުގައި ކަންބޮޑުވާ މައްސަލައަަކަށް ވެފައިވާ ކަމަށެވެ.
"އުންމީދަކީ އަންނަ ރިޔާސީ އިންތިހާބުގެ ކުރިން ދައުލަތުގެ މުއައްސަސާތައް ގާނޫނާ އެއްގޮތަށް ހިންގައި ދެފުށް ފެންނަ މިނިވަން އަދި އިންސާފުވެރިކަމާ އެކު ޝަރުއީ ނިޒާމް ހިންގުމަށް ފުރުސަތުދޭނެ ކަމަށް،" މޯދީ ވިދާޅުވި އެވެ.
މިނިވަންކަމާ އެކު ރިޔާސީ އިންތިހާބު ބޭއްވޭނީ މި މާހައުލު ގާއިމުކޮށްގެން ކަމަށް މޯދީ ވިދާޅުވި އެވެ.
އިންޑިއާައިން ރާއްޖޭގެ ދާހިލީ ކަންކަމުގެ ތެރެއަށް ފާޅުގައި ވަންނަން މައްސަކަތް ކޮށް ފާޅުގައި ބަސް ބުނަމުންދާއިރު އިންޑިއާއިން ރާއްޖެއަށް ފޮނުވާފައިވާ ހެލިކޮޕުޓަރުތަކުގެ މައްސަލައިގައި ރާއްޖެއިން ތަކުރާރުކޮށް ވަނީ ހެލިކޮޕުޓަރުތަށް އަބުރާ ގެންދިއުމަށް އެދިފައެވެ. ރާއްޖެ އިން އެންގި އެންގުމަށް އަދި މިހާތަނަށް އިންޑިއާ ސަރުކާރުން އިޖާބައެއް ދީފައި ނުވާއިރު ރާއްޖެއިން އިންޑިއާ ސިފައިންނާއި އެކު ހެލިކޮޕުޓަރުތަށް ބާލަން އިންޑިއާ ސަރުކާރުން ދެކޮޅު ހަދަނީ ކީއްވެތޯ އާއި މެދު ބައެއް ފަރާތްތަކުން ދަނީ ސުވާލު އުފައްދަމުންނެވެ.
ރާއްޖެ ސޮއިކޮށްފައިވާ ހުރިހާ މުއާހަދާއެއްގައި ވާގޮތުން ކޮންމެ ގައުމަކަށްވެސް އެގައުމެއްގެ ގައި ތިބި ބޭރުގެ ސިފައިން ބޭލުމާއި ހަދިޔާ އެއްގޮތުގައި ދީފައިހުރި އެއްޗެހި އަނބުރާ ރައްދުކުރުމުގެ ބާރު ލިބިގެންވެއެވެ. "ނަމަވެސް އަވައްޓެރި އިންޑިއާއިން ބޭނުންވަނީ ރާއްޖެ މީ އިންޑިއާއިން އަޅުވެތި ކޮށްފައި އޮތް ތަނަކަށް ހަދަން ތޯ ސުވާލު އުފެދެއެވެ." ދިވެއްސަކު ކުރި ޓްވީޓެއްގައި ވެއެވެ.
ކަލޭމެންނަށް ކޯއްޗެއް އެނގެނީ ރާއްޖެއާއި ބެހޭ ގޮތުން. ފުރަތަމަ ކަލޭމެންގެ ގައުމުގައި ރޭޕް ކުރުން ހުއްޓުވަބަލަ. ރާއްޖެއަށް މާ ހެޔޮއެދޭ ކަމަށް ހެދިގެން މިމީހުން މިއުޅެނީ ރާއްޖެ މީހަކު ބޭސްކުރަން ދިޔަޔަސް މިމީހުންގެ ހެޔޮލަފާ ކަމުން ބޭހައްދާމީހުން ފެލުން ނޫންކަމެއް ނުކުރޭ. 35 އަހަރު މިމީހުންނަށް ބަރޯސާވެގެން ރާއްޖެއަށް އައީ ކޮންތަރައްގީއެއްބާ؟ މިހާރު ރާއްޖެ ތަރައްގީވާތީ ހަޖަމު ނުވަނީ ދޯ؟
އިންޑިޔާ އަކީ ދުނިޔޭގެ އެންމެ ބޮޑު އާބާދީ އޮތް އެއްގައުމު، އެ ގައުމުގެ ސަރުކާރަކަށް ވެސް ސީދާ ޤައުމުގެ އާބާދީ ޔަގީނެއްނުވޭ، އެހާވެސް މީހުން ގިނަ، ވީ އިރު އެއް ބޮޑު އިންޑިޔާ އިން އެންމެ މީހަކު ތިހެން ބުންޏަކަސް އެއީ އަދި އެއްވެސް ކަމެއްނޫން ދެއްތޯ.. އެންމެ މީހަކީ އެތާގެ އާބާދީގެ 0.00000.01 ޕަސެންޓް ވެސް ނުޖެހޭނެ،
އިންޑިއާ މީހުންނަކާ ނުބެހެވޭނެ މިރާއްޖޭގެ ދާޚިލީ ކަންތައްތަކާއިއެއް. މިހާރު ދެން މާމައްޗަށް މިދަނީ މި ހިންދޫންތައް
އިންޑިޔާގައި ހިންގާ ލާއިންސާނީ ޢަމަލުތައް ކުށްވެރިކޮށް ބައިނަލްއަޤްވާމީގޮތުން އިންޑިޔާއަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅަން މަވެސް ގޮވާލަން. އަދި މޯދީއަށް ރަށުން ބޭރަށް އެހެން ޤައުމަކަށް ނޭރޭގޮތަށް ފިޔަވަޅު އަޅާއިދިނުމަށް ގޮވާލަން. ދެން މޯދީއަށްވެސް ކަލޭމެން އަންގާލަދީ މިވާހަ ދިވެހިރާއްޖޭގެ މީހުންވެސް އެބަގޮވައޭ. ޕްލީޒް
އިންސާފަކީ މިމީހުން ބޭނުންވާ ގޮތަކަށް ހުރިހާކަމެއްވުން، ހެޔޮ ކިތަންމެބޮޑު ފިޔަވަޅެއް އެޅޔަސް ކަލޭމެން އެދޭހާގޮތަކަށް ދީލައެއް ނުލެވޭނެ
އދ. މެދުވެރިކޮށް ރާއްޖޭގައި ތިބި އިންޑިއާ ސިފައިންނާއި ޖާސޫސީ ބާ ދެ ހެލިކޮޕްޓަރުގަނޑު ބާލަން ގޮވާލަން.
ދެންމީގަ ހަމައެކަނި އިންޑިޔާއަށް އެއްޗެހިކިޔުމަކުން ނުފުދޭ.. މިކަމުގެ އިސްސަފުގަތިބީ ދިވެހި މައިންގެ ބަނޑުންއުފަންކުރި ބައެއް.. އިދިކޮޅުވިޔަސް އެއްކޮޅުވިސް ހުރަސްކުރަންނުޖެހޭ ރޮގުހުރަސްކުރުމުން މިއަދު މިގައުމުގެ މިލްކުވެރިކަމުގަ ސުވާލު އުފެދުނީ.. މިނިވަކަން އެބައޮތްތޯ އެވެދާނެތޯ ސުވާލުކުރެވެނީ.. ވަރަށްދެރަ ނުވިސްނޭ އަމިއްލައެދުމުން ހިތްކަޅުވެފަތިބި ބަޔަކުނުކުމެ އިންޑިޔާއަށް އާދޭސްކުރީ ރާއްޖެއަށް އިންޑިޔާއިން އަސްކަރީފޮނުވަން.. މިކަމާވެސް އިދިކޮޅުން ދެކޮޅުހަދާނެ.. އަދި އެމީހުންގެ ވާހަކަ ތެދުކުރާނެ އެމީހުންގެފިކުރުގެމީހުން.. އެހެންވިޔަސް މިއަދު ﷲގެހެޔޮރަހުމަތުން މުއާސާލާތީގޮތުން ކުރިއަރާފަތިބި ބަޔަކަށް ދިވެހިންވާތީ ތެދު ދޮގުބަލާލެވެން އެބަހުރި.. ގައުމީ ވިސްނުމެހުރި މީހަކު ހުރިނަމަ ބަލާހޯދާ ވިސްނާ.. މިވޯޓަކީ ގައުމީ ވޯޓެއް.. ރަގަޅަށްވިސްފަ ވޯޓުލާ.. ކޯލިޝަނަށް ވޯޓުދީފިނަމަ އެދެވެނީ މުސީބާތް ތަލަކަށް ދައުވަތުު.. މުސީބަތްތަކަކަށްވަނީ އެއްކަމަކަށްވުރެގިނަ ކަންތައްތަ މިހުރީފެން.. ދީނާ ގައުމާ އިޖުތިމާއީ އިގްތިސޯދީ ސިއްހީ ތައުލީމީ މިހުރިހާކަމަކަށް މުސީބާތްކުރިމަތި ކުރުވާނެފަދަ ބޮޑެތު ނުފޫޒާ ބާރު ކޯލިޝަނުގައެބަވޭ.. ވިސްނާ އެހެންވީމަ ރޔާމީންހޮވަންޖެހޭ... އިންޝާﷲ ރޔާމީންހޮވޭނީ..
ތި ހެލިކޮޕްޓަރ ތައް ކަނޑު ފައްތާ
މިދެން ބޮޑު ނޮހޮރުއްޕާނަކަށް ވެއްޖެ. ތިމާމެން ވަރެއް ނެތި ގެން ތި އުޅެނީ ތިމާމެންހެ އަންހެން ދަރިންނަށް ރައްކާތެރިކަން ނުދީ އަހަރެމެންނަށް ކޯއްޗެއް ހޯދަ ދެންތަ؟ އަހަރެމެން ބޭނުމެއް ނޫނޭ ކަލޭމެންގެ އަޅަކަށް ވާކަށް. އަހަރެމެންނަށް ރިޒުގު ދެއްވަނީ ﷲ އެވެ. ހޭބަލި ވެގެން ތި އުޅެނީ.
އިންޑިޔާއަށް ރާއްޖެއާމެދު ދަތިކުރުމުގެ ފިޔަވަޅު އެޅިދާނެތޯ މިފަދަ ބާރުވެރިކަމެއް އިންޑިޔާގެ ކިބައިއިބައޮތްތޯ މިއީ އުފެދޭ ސުވާލެކެވެ. ފެންނަފެނުމުން ބައިނަލްއަގުވާމީގޮތުން ދަތިކުރުމުގެ ފިޔަވަޅު އަޅަންވީ އިންޑިޔާއަށް! މިގައުމަކީ މިނިޓަކު 6 ރޭޕްގެ މައްސަލަ އުފައްދާ ގައުމެއް! މޯދީ ކަސާއީ އަމިއްލަ ގައުމުގެ މައްސަލަ ހަމަޖައްސާ!
އަޅެ ކުޑައެއް ބޮޑެއް ނުބަލާ ރޭޕް ކުރާތީވެ އދ އިން ވެއްޖެއެއްނު މި ރޭޕިސްތާންގެ މައްސަލަ ބަލަން
ރާއްޖެ އޮތީ ޑިމޮކްރަސިގެ މަގުގާ އެ މަގުން ތަންފުކެއްވެސް ފަހަތައް ގޮސްފައެއް ނެތް . މޯދީ ވެސް ގައުމުގެ އިގްތިސާދަށް އިސްކަންދީބަލަ . މޯދީ ވެރިކަމަށް އައި އިރު 63 ގަ ހުރި ރުޕީސް 70 އަށް ދިއުމުން ގައުމުގެ އިގްތިސާދަ މެދު ވިސްނުމުގެ ބަދަލުގާއެހެން ގައުމުތަކަށް ބިރުދެއްކުން އިތުރުވާކަމާ . މުސްލިމުންނަށް ފުރައްސާރަކުރުމަށް ވިސްނަވާކަމަށް ފެނޭ . ވީމާމިކަނަކަން ދޫކޮށް ގައުމުގެ އިގްތިސާދު ނަގަހައްޓަންފަށާ . ނޫނީ ލަހެއްނުވެ ވެރިކަން އަތުންދޫވެދާނެ.
ކިހާ ބޮޑު ވަބާއެއް އިންޑިޔާއެއީ ކޮންބައެއްތަ ؟ ޑިމޮކްރަސީއަކީ ރޭޕްކުރުމާ ކަރަޕްޝަނާ މީޙުންމެރުމާއި ގެރިޔައށް އަޅުކަންކުރުމާ ވަކިނަސްލެއްގެ ބަޔަކަށް ނޫނީ އިންޑިޔާގަ ނޫޅެވުންތަ؟ މިއައްތަ ކިޔަނީ މުއައްސަސާތަކާއި ޝަރީއަތް ފުރިހަމަވުން ! އަލިފް ދާލުން މިކަންކަން ބަލާ ފިޔަވަޅުއަޅަން އިންޑިޔާގެ އާމުން ނުގޮވާތަ؟ ކީއްކުރާ ނީ މިކަމަށްވެސް ހިއްވަރުދޭ ދިވެހިންނޭކިޔައިގެން އުޅޭ ރެފިއުޖީ ބައިގަނޑުވެސް ތިބޭނެވިއްޔާ !!
ދެންވެސް އިސްލާހުވެބަލަ
ކަލޭމެން ފުރަތަމަ އަމިއްލަ ގައުމުގެ ކަންތައް އިސްލާހު ކޮއްފާ ، އެހެން ކަމަކާ އުޅޭ!
ޢިންޑިޔާ މީހާއަށް ހައްޤު އަދަބުދޭންޖެހޭ
ގައިގައި ގެރިގުއި އުނގުޅާގެން ތިބެގެން ދައްކާ ވާހަކަ!!!!!!! ކީކޭ ކިޔާފައިތަ އދ. ން ރާއްޖެއާމެދު ފިޔަވަޅު އަޅަނީ! ތިހެން އުޅެންޏާ ފެންނާނީ ޗައިނާ މީހުން ކަލޭމެންނާ ފާކުރިތަން!
އިންޑިޔާގަ އެކުރާ ރޭޕް ހުއްޓަން ފިޔަވަޅު އަޅަން ގޮވާބަލަ