ރައީސުލްޖުމްހޫރިއްޔާގެ މޮޓޯކޭޑަށް ހުރަސްއަޅާ ހުއްޓުވި މައްސަލައަކީ މިހާތަނަށް ބަލާއިރު ސެކިއުރިޓީ ބްރީޗެއް ކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވީީ، މިއަދު ބޭއްވި ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމިޓީގައި ވާހަކަދައްކަވަމުން ނެވެ.

އާދަމް ޝަރީފް ވިދާޅުވީ، ރައީސްގެ މޮޓޯކޭޑަށް ހުރަސްއެޅުމަކީ ސަލާމަތީ ޚިދުމަތްތަކުގެ ފެއިލިއާއެއް ކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން އެމްއެންޑީއެފް އަދި ފުލުހުންގެ އިންސިޑެންޓް ރިޕޯޓް ކޮމިޓީއަށް ހޯދަން އޭނާ ވަނީ ހުށަހަޅާފައެވެ. އާދަމް ޝަރީފް ވަނީ ފުލުހުންނާއި ސިފައިން ވަކިން ކޮމިޓީއަށް ހާޒިރުކޮށްގެން މިކަން އިތުރަށް ބެލުމަށް އެދިފައެވެ.

"ރޭގަ މިހިނގި ހާދިސާއަކީ ކުޑަކުޑަ ހާދިސާއެއް ނޫން ހަގީގަތުގައި. އެއީ ރައީސުލްޖުމްހޫރިއްޔާގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދޭންޖެހޭ މުއައްސަސާތައް ޝާމިލުވާ ކަމެއްގައި ރައީސް ވަޑައިގެންނެވިއިރު އެމަގު ކްލިއާރ ނުވެ އޮއްވާ ދަތުރުކުރެވުނީ ކީއްވެގެންތޯ. މޯލްޑިވްސް ޕޮލިސް ސާވިސް އާޢި އެމްއެންޑީއެފް އާއި ރަނގަޅަށް ކޮމިއުނިކޭޓް ކުރެވިގެން ދިޔަތޯ، އިންޓެލިޖެންސް ފެއިލްވުމެއްތޯ ކިހިނެއްތޯ މިކަން ވެގެން މިދިޔައީ؟" އާދަމް ޝަރީފް ވިދާޅުވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ، ދިވެހި ފުލުހުންނާއި ސިފައިން ގުޅިގެން މި އޮޕަރޭޝަން ހިންގާއިރު، އެވަގުތަކީ ރައީސް ޔާމީން ޖަލުން މިނިވަންކުރުމަށްޓަކައި އާންމުކޮށް މުޒާހަރާ ކުރާ ވަގުތެއް ކަމަށެވެ.

"އެންމެ މުހިންމު އެއްކަމަކީ ސަލާމަތީ ޚިދުމަތްތަކުން ފުލުހުންނާއި ސިފައިން ގުޅިގެން ހިންގަންޖެހޭ އޮޕަރޭޝަނެއް މި އޮޕަރޭޝަނަކީ. ކުރަންޖެހޭއިރުގައި އެ ވަގުތާ ހާލަތަށް ބަލާއިރު ރައީސް ޔާމީން މިނިވަންކުރުމަށްޓަކައޮ މުޒާހަރާ ކުރަމުންދާ މީހުން އާންމުކޮށް ކުރަމުންދާ ގަޑިތަކެއްގައި އެހިސާބަށް ރައީސް ގެނައީ ކޮން މަގުސަދެއްގައިތޯ. ކިހިނެއްވެގެންތޯ އެއީ އަޅުގަނޑު ދެކޭގޮތުގައި އިތުރަށް ވިސްނަންޖެހޭ ކަމެއް." އާދަމް ޝަރީފް ވިދާޅުވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ، މިހާތަނަށް ލިބިފައިހުރި މައުލޫމާތަށް ބަލާއިރު، މިއީ ސެކިއުރިޓީ ބްރީޗެއް ކަމަށާއި، މިމައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަންޖެހޭ ކަމަށެވެ.

ރޭ ހުޅުމާލޭގައި އޮތް ރަސްމިއްޔާތަކަށް ފަހު، ރައީސް މާލެ ވަޑައިގެން، މުލިއާގެއަށް ވަޑައިގަތުމަށް ބޮޑުތަކުރުފާނު މަގުން ހުޅަނގަށް ދަތުރުކޮށް ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅާއި ހަމައަށް ދިޔަ ތަނުން ޕީޕީއެމް ސަޕޯޓަރުން ވަނީ މޮޓޯކޭޑަށް ހުރަސް އަޅާފައެވެ.

އެ މައްސަލައިގައި މިހާތަނަށް ހަތަރު މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ކޮވިޑް

    100% ވާހަކަ އެއް. ރައީސަކު ދަތުރު ކުރުމަށް އަބަދުވެސް ދެ ރޫޓެއް ކަނޑަ އެޅުމަކީ ސެކިއުރިޓީ ދޭ މީހުން ކުރަން މަޖުބޫރު ކަމެއް. ސަބަބަކީ ދިމާވެދާނެ ކަމަކުން ސަލާމަތް ވުން. ރޭގަ އެމްއެންޑީއެފް އިން ކުރިކަމަކީ މިސާލަކަށް ހަންގުރާމަ އެއް ހިންގާ ސަރަހައްދެއްކަން އެންގި ހުރެ ހަނގުރާމަ ތެރެ އަށް ރައީސް އަކު ގެންދިޔައީ. ރައީސް އަކު ދިޔައީކީ ނޫން ސަލާތީ ބާރުން ރައީސް އަކު ގެންދިޔައީ. މޮޓޯކޭޑް ދާން ވާނެ ގޮތެއް ރައީސް އަކަށް ވެސް ނޭންގޭނެ. އެކަން އެންގޭނީ ސެކްރިޓީ ދޭ ބަޔަކަށް އެކަނި. ދެން މީގަ ކުއްވެރި ވަނީ ކޮން ބައެއް؟

    13
    • ހެހެހ

      ތީ ހަމަ ސެކިއުރިޓީ ފެއިލްވުން ، ރައީސް ދަތުރުތަކަކީ ހަމަ ކުއްލިއަކަށް އޮންނަކަމެއްނޫން ، ސެކިއުރިޓީއަށްވެސް އިންޓެލިޖެންސީއަށްވެސް ކުރިއަށް އެނގިފަ އޮންނަންވާނީ ، އަދި ޓްރެފިކް ކަންކަން ފުލުހުންވެސް އޮންނާނީ ރާވާފަ ، ތީ ހަމަ ފެއިލް

  2. އަބްދޫ

    ރައިސްގެ މަގާމާއި ހވާލުވެ ހުވާކުރި 2 މީހުން އެއްވަގުތަކު ރައީސް އޮފީހުގަ އެބައުޅޭ ފަހުންހުވާކުރި މީހާ ހުރީ ނާއިބުރައިސް ކަމުގާ ފަހުން ހުވާކުރުމުން ކުރިން ކުރި ހުވާ ބާިލްކަން ޔަގީންވެ.ވީމާ ސާލިހަކީ ކާކު

    3
    1
  3. އިއްބެ

    މުޒާހަރާގައި ތިބި ބަޔެއްގެތެރެއިން ދަތުރުކުރުމަކީ ގޯހެއް! އެކަމުގެ ޒިންމާ އެމީހުން ނަގާކަށް ނުޖެހޭނެ!

    2
    1
  4. އަނދޭ

    ބައެއްގެ ދަތްދޮޅި ދުއްވާލަން ޖެހޭ އެތިފަހަރެއް

    2
    3
  5. ޢަޒްރާޢލީ

    މިއަށް ކިޔަނީ ސެކިއުރިޓީ ފެއިލަރއެއް ރައީސެއްގެ ކާރު ސެކިއުރިޓީ ލޯކޮށް މިފެންނަނީ