މި ސަރުކާރުގައި ހިތްހަމަނުޖެހޭ ކަންކަން އެބަ ހުރި ކަމަށާއި، އެހެން ނަމަވެސް ކޯލިޝަނުން ވަކިވާން ޖެހޭ ހާލަތަކަށް ނުދާ ކަމަށް ކުރީގެ ދިއްގަރު ދާއިރާގެ މެންބަރު އަދި އެމްއާރްއެމްގެ ރައީސް ފާރިސް މައުމޫން ވިދާޅުވެއްޖެއެވެ.
މާއްދާ 27 ނަމުގައި، ހުކުރު އެޑިޝަން (އެމްއާރްއެމް)ގެ ރައީސް ފާރިސް މައުމޫނާއެކު ކްލަބް ހައުސްގައި ކުރިއަށްދިޔަ ޕްރޮގްރާމްގައި ވާހަކަ ދައްކަމުންނެވެ.
ފާރިސް ވިދާޅުވީ، ރައްޔިތުންގެ ކަންބޮޑުވުން ހުރި ކަންކަމާއި ގުޅޭގޮތުން ސަރުކާރުގެ ކޯލިޝަނާއި ހަމައަށް ޖަވާބު ހޯދަން ލިޔުން ފޮނުވި ނަމަވެސް ގިނަ ކަންކަމުގައި އިޖާބާ ލިބިފައި ނުވާ ކަަމަށެވެ. އަދި މާބޮަޑަށް ކަންތައްތައް ގޯސްކޮށް ހިނގައްޖެ ނަމަ، އެކަންކަމާއި ގުޅޭގޮތުން ރަސްމީކޮށްވެސް ހިޔާލު ފާޅުކޮށްފައިވާނެ ކަމަށްވެސް ފާރިސް ވިދާޅުވިއެވެ.
"މިހާތަނަށް އައިއިރު، އަޅުގަނޑުމެންގެ ސީދާ ކޯލިޝަނުން ވަކިވާން ޖެހޭ ވަރުގެ ކަމެއް ކަމަށް، އަޅުގަނޑުމެންގެ އެކްސްކޯއަށާއި، އަޅުގަނޑުމެންގެ އެތެރޭގެ ގުނަވަންތަކުގައި މަޝްވަރާކޮށްގެން، އެވަރުގެ ހާލަތަކަށް އަދި ނުދޭ.". ފާރިސް ވިދާޅުވިއެވެ.
އަދި ކޯލިޝަން އެއްބަސްވުމުގައި ފަސް އަހަރު ދުވަހު އެކުގައި މަސައްކަތް ކުރާނެ ކަމަށް އެއްބަސްވެފައި އޮތް ކަމަށާއި، މި އޮތީ އެގޮތުގެ މަތީގައި ކަމަށްވެސް ފާރިސް ވިދާޅުވިއެވެ. މިހެންތިބި ކަމުގައިވިޔަސް، މި ސަރުކާރުގައި ކަންބޮޑުވާ ވަރަށް ގިނަ ކަންކަން ހުރި ކަމަށްވެސް ފާރިސް ފާހަގަކުރެއްވިއެވެ.
ފާރިސް ފާހަގަކުރެއްވިގޮތުގައި، ސަރުކާރުގައި ހުރި ހިތްހަަމަ ނުޖެހޭ ކަންކަމާއި، ކަންބޮޑުުވުން ފާޅުކޮށްފައި ވަނީ އެންމެ ބޮޑެތި ކަންތައްތަކުގައެެވެ.
"އެމްއާރްއެމް، އެމްއާރްއެމްގެ ލީޑާޝިޕް، އެމްއާރްއެމްގެ އެކްސްކޯ ހިތްހަމަޖެހޭ ފެންވަރަކަށް ކުރިއެރުން ލިބިފައި ނެތް ވާހަކަ ދަންނަވާލަން".
އޭގެ ތެރޭގައި ރައްޔިތުންގެ ހައްގުތައް ގެއްލިގެން ދިއުމާއި، ސިޔާސީ ނުފޫޒު ކަންކަމުގެ ތެރެއަށް ވަދެގެން ދިއުމާއި، ކޮރަޕްޝަންގެ ކަންކަން ފުޅާވެފައި އޮތް މިންވަރާއި ޖިނާއީ އަދުލުގެ ނިޒާމް ދޯދިޔާވެފައި އޮތް މިންވަރު ފާހަގަކުރެއްވިއެވެ. ފާރިސް ވިދާޅުވީ، މިކަންކަމަށް އެކަށީގެންވާ އިޖާބައެއް ސަރުކާރުގެ ފަރާތުން ނުލިބޭ ކަމަށެވެ.
ފާރިސް ވިދާޅުވީ، މަސްތުވަތަކެތީގެ މައްސަލަ އެއްވެސް ވަރަކަށް ކޮންޓްރޯލް ވެގެން ނުދަ ކަމަށެވެ. އަދި ޖިނާއީ އަދަލުގެ ނިޒާމް އެކަންކަމުގެ މައްޗަށް ހިނގާ ގޮތާއި މެދު ހިތްހަމަ ނުޖެހޭ ކަމަށްވެސް ފާރިސް ވިދާޅުވިއެވެ.
"އެމްއެމްޕީއާރްސީ އަދި އެހެނިހެން މައްސަލަތައް އެ ހުރީ އެއްވެސް ކޮޅެއްގައި ނުޖެހި، ދެން ހަމައެކަނި ރައީސް ޔާމީނާއި މެދު، އެންމެ ސިޔާސީ ބޭފުޅަކާއި މެދު ތަހުގީގެއް ހިންގައިގެން ޝަރީއަތް ގެންދިއުމަކީވެސް އަޅުގަނޑުމެން އެދޭ ގޮތެއް ނޫން.".
އެމްެއާރްއެމް އިން މި ސަރުކާރު އުފައްދަން އެއްބަސްވުންތަކެއް އެއްބަސްވެ ސޮއި ކުރެވުނީ ޖޮއިންޓް މެނިފެސްޓޯއަކާއި އެކީގައި ކަަމަށެވެ.
އެކަކު ވަނީ ފާރިސް ގާތުން މި ވެރިކަމަކީ ގާނޫނު އަސާސީ އެއްގޮތަށް ހިނގަމުންދާ ވެރިކަމެއްތޯ ސުވާލު ކުރައްވާފައެވެ.
އެ ސުވާލަށް ޖަވާބުދެއްވަމުން ފާރިސް ވިދާޅުވީ، ރައްޔިތުންގެ މަޖިލީސް ތެރޭގައި އެންމެ ރަނގަޅު ނޫން ގޮތްގޮތަށް ކަންކަން ހިނގަމުންދާ ކަމަށެވެ. އެހެން ނަމަވެސް މިވަގުތު އެކަން ހުއްޓުވޭނެ ބާރެއް "އަޅުގަނޑުމެންގެ" އަތްމައްޗަކު ނެތް ކަމަށް ފާރިސް ވިދާޅުވިއެވެ.
ފާރިސްއަކީ މިހާރު މަޖިލީސް މެންބަރެއް ނޫނެވެ. އަދި އެމްއާރްއެމްގެ ބޭފުޅަކު މަޖިލީސްގައި މިވަގުތު ނެތެވެ.
ފާރިސް ވިދާޅުވި، މަޖިލީހަށް އެ ޕާޓީގެ ފަރާތުން މަދުން ނަމަވެސް ލިޔުންތަކާއި ފޮނުވާފައިވާނެ ކަމަށެވެ.
"އެއީ އަޅުގަނޑުމެންނަށް ފެންނަ ގޮތް، އެހެން ނަމަވެސް އަޅުގަނޑުމެންނަށްވެސް އެނގިގެން މި ދަނީ ނޫސްތަކުން އެނގޭ އެއްޗެއް އެކަނި، ރައްޔިތުންގެ މަޖިލީސް ތެރޭގައި ކަންތައް ހިނގާ ގޮތާއި މެދު އަޅުގަނޑުމެންނަށް ވަރަށް ސާފްކޮށް ދަންނަވާނީ ބައެއް ކަންކަމުގައި ވަރަށް ބޮޑު ކަންބޮޑުވުން އެބަ ހުރި". ފާރިސް ވިދާޅުވިއެވެ.
ކޯލިޝަނުގައި ދެމިތިބޭކަށް ވެސް ބޭނުމެއް ނޫން. ވަކިވާކަށް ވެސް ނުކެރޭނެ.
ތިޔައް ކިޔަނީ ބާރައް ނަގޫފިތުން
ސަރުކާރުގެ ހުރިހާކަމެއް ހުރީ ގޯސްކޮށްނޯ. އެކަމަކު ކޯލިޝަނުން ވަކިވާ ހިސާބަކަށް ނުދެޔޯ. އެހެންވީމާ، އެނގޭ އެއްޗަކީ އަމިއްލަ އެދުމާހެދި ހޭބަލިވެފައިކަން.
ރައީސް ޔާމީނަށް އެކަނި ދައުވާ ކުރަނީޔޭ އެބަކިޔާ. ކިތަންމެ ބަޔަކަށް އެބަދައުވާކުރޭ އެކި ސްޓޭޖްގަ. އަދީބު، ނިހާނު. ޖިހާދު. ޒިޔަތު. މަހުލޫފް…….. އަދިވެސް ކިތަންމެބަޔެއް. އެންމެ ގިނައިން ކޭމީހުންފަހަތުން އެންމެ ފުރަތަމަ ދުވަނީ.
ވަކި ވާނެ ކަމެއްނެތް އެމްއެންޕީއާރްސިގެ ހަރާންފައިސާއިން ކަލެއަށާ ކަލޭގެ ބަފަޔަށާ ކާސިމަށާ ބައިއަޅާވަރައް ބައި އަލާވިއްޔަ ދެންކީއްކުރަން ވަކިވާންވީ
ފުރަތަމަ ކަމަކަށް ފާރިސް ބުނެބަލަ ކަލޭގެ ދައްތަ ޔުމްނާ އަށް މުސާރަ ޙަލާލު ވާނެތަ؟ ހައްދަވައިގެން އެއްވެސް ކަމެއް ނުކޮށް ޔުމްނާ މުސާރަ ގެންދަނީ.
ތީދެން ޕާޓީއެއްތަ ކަލޭމެން ވަކިވިއްޔާ ކޮންކަމެއްވާނީ ކޮޑިއެއްވެސް ހަމަނުވާ ޕާޓީއެއް ނައިބު ރައިސްކަން ނުލިބިގެން ތެޅިފޮޅެނީ މީނަ ރަންގަޅުވާނެ ޖަމިއްޔަތުލް ފަލާހުގެ ރައިސް ކަމައް އޭރުންވެސް ކޮންމެސް ކަހަލަ ރައިސްކަމެއް ލިބުނީތާ.
އެމް އާރު އެމް އަށް ދެން ގެންދަންވީ "ދަނގެތީ ދާއިރާ ރައީސް". ގެންދަމުން ޖެހޭނެ ލިޕުސްޓިކު ކޮޅެއް ހާކުވާލަން.
ދައުރު ނިމުމުން ވަކިވާނަންދޯ؟؟؟؟
ފާރިޝް އަކަށް ސިޔާސީ ބާރުވެރިކަމެއް ރާއްޖެއަކުން ނުލިބޭނެ
ކަލޯ ރީއްޗަށް ބުނަނަް ނުކެރިގެން އުޅެނީ ކީއްވެ. ހަމަ ޔަގީން ނުކެރޭނެ ކޯލިޝަން ވަކިވާކަށް 3 މީހުން ހަމަ ނުވާ ޕާރޓީއެއްވިއްޔާ . އަމިއްލަޔަށް ވެސް ތިމީހުންގެ ސައޒް އެގޭނުން. އެހެންވީމަ ތިބެންޖެހޭނީ ބާރުހުރިބަޔެއްގެ ފަހަތުގަ. ކަލޭމެން ތިޖަހާ ސަކަރާއް ރައްޔިތުްނަށް ވަރަށް ރަގަޅަށް އެނގޭ
މީނަ ކުލަބުހައުސްގަ ސަރުކާރުގަ މައްސަލަ އެއް ހުރިވާހަކައެއް ނޭގުނު ކިޔާކަށް . ހުރި މައްސަލަ ކަމަށް މީނަ ކީ ކުރީ ސަރުކާރުގެ މައްސަލަ. ވޯޓެއް ދޭނެ އެކަކުވެސް ނުހުންނާނެ.