އައްޑޫ ސިޓީގެ ހިތަދޫ ބޮޑުމަގުގައި މީހަކު އެމްބިއުލާންސެއްގެ ދަށު ވެއްޖެއެެވެ.

މަންޒަރު ދުށް މީހަކު ބުނީ، ސައިރަން އަޅަމުން ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ އެމްބިއުލާންސްއެއް ގޮސް ސައިކަލެއްގައި ޖެހިފައި މީހާ އެމްބިއުލާންސް ދަށުވީ ކަމަށެވެ.

އައްޑޫގައި މީހަކު އެމްބިއުލާންސެއްގެ ދަށު ވެފައި - ވަގުތު އިމޭޖްސް

އެ މީހާ ހޮސްޕިޓަލަށް ގެންދެވިފައި ވަނީ އެކްސިޑެންޓް ހިނގިތާ 15.20 މިނިޓް ފަހުންނެވެ.

މަންޒަރު ދުށް މީހަކު ބުނިގޮތުގައި، އެމްބިއުލާންސް އައުން ލަސްވެފައި ވަނީ ޓްރެފިކް ޖޭމްވެ މަގު ބަންދު ވެފައި އޮތުމުން، މަގު ކްލިއާ ކުރާށެވެ.

މި އެކްސިޑެންޓް ހިނގާފައި ވަނީ، އެހެން އެކްސިޑެންޓެއްގައި އަނިޔާވި މީހަކު ނަގަން ދިޔަ މަގުމަތީގައެވެ.

މި އެކްސިޑެންޓާއި ގުޅިގެން ފުލުހުންގެ ބަހެއް އަދި ނުލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ރާޅު

    އެމްބިއުލާންސްގެ ސައިރަން އަޑަށްވެސް އިޖާބަނުދީ ދުއްވަންޏާ ވާންވީގޮތް ތިއޮތީވެފަ.

    54
    4
  2. ފާތުމާ

    ސައިރެންގައި އެންބިއުލާންސް ދާއިރު އެންބިއުލާންސް އަށް މަގުދެއްކުން ވަރަށް މުހިންމު. ހާއްސަކޮށް ކާރޫބާރު ބޮޑު ވަގުތެއްގައި.

    58
    3
  3. ކިޔުންތެރިޔާ

    އެމްބިއުލާންސް ގެ އަޑަށް ވެސް ވެހިކަލް މަޑު ކޮށް މަގު ދޭން ޖެހޭ. މިވަރު ނޭނގޭ މީހުން އައްޑޫ ގެ މަގުމަތިން ވެހިކަލްތަކުގައި ދުއްވާ މަންޒަރު ފެނޭ. އެމްބިއުލާންސަށް މަގު ނުދީ، ޖެއްސުން ކުރާގޮތަށް މަގު "ހިފައިގެން" ދުއްވާ މީހުން ތިބޭ. އެ އަޑަށް މަޑުމައިތިރި ވާންވީމަ ހަމަ ގޮސް މަގު ހުރަށް މިކުރަނީ. ގައްޑާ ވާން އުޅެގެން ހުރި މޮޅެއް ނެތް. ތިއޮތީ އެކަހަލަ ދުވަހެއް އައިސްފައި

    20
    1
  4. Anonymous

    ސައިރަން އަށް އިޖާބަނުދީ ދުއްވި މީހާއާއި ދެމީހުން ގޮވައިގެން ހޮސްޕިޓަލަށް. ސަޅި ތިގޮތްވެސް

    9
    2
  5. ރަން ރީނދޫ

    އެމްބިއުލާންސް ދުއްވަން ތިބެނީ ގިނައިން ބޯކުދިން. ޕާޓީވީމާ ނިޒާރު ވަޒީފާ ބަހާފަ.

    9
    17
  6. ަސދސަދ

    އައްޑޫގައި އާއްމުކޮށް އަންހެންވެރިން ކާރުގައި ދާއިރު އެމްބިއުލަންސް އަޑުއިވުނަސް އެއްފަރާތަކަށްނުޖެހޭނެ އަދި މަޑުވެސް ނުކުރާނެ. ހަމަ އެއްކަލަ އޮލަ ރާގަށް ދުއްވާފައި ދާނީ.
    ވިސްނަންޖެހޭނެ މީހެއްގެ ފުރާނަ ސަލާމަތް ކުރަން އެމްބިއުލަންސް ދާއިރު އެއަށް ތަންދީ އަވަހަށް ފޮނުވވަން.

    އަހަރެން މިހެން ބުނެގެން އަހަރެން ކާލާނީކީ ނޫން. މިކަންކަން ރަނގަޅުކުރަންވީ.

    16
    2
  7. އަލީ

    (އައްޑޫ ސިޓީގެ ހިތަދޫ ބޮޑުމަގުގައި އެމްބިއުލާންސެއްގެ ދަށުވި ޒުވާނާގެ ސިކުނޑިއަށް ލޭ އެޅިފައިވާ ކަމަށާއި އިތުރު ފަރުވާއަށް އޭނާ މާލެ ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލުން ބުނެފިއެވެ.)

    ނައިބު ރައީސް އަށް ދަންނަވަން އޮތީ ރާއްޖެތެރޭގައި ތިބީ ސިއްޙީ ފަރުވާދޭ ތަންތަނީ މާލޭގައި ހަދާފައިވާ ހަސްފަތާފަލަ ތަކަށް މީހުން ގެންނަން ކަލެކުޓިން ޕޮއިންޓްތޯ؟ ކޮންރަށަކުންތޯ އެތަނަކުން އެކަށީގެންވާ ބޭސްފަރުވާ ރާއްޖެތެރެއިން ލިބިގެން ދަނީ ؟ އައްޑޫ ހަސްފަތާލު ހިނގަން ހަވާލުވެގެން ހުރީ މޮޅު ޑޮކުޓަރް އެއް އޭނެ އެދުނީ ކިތައް ކަމުތޯ ކޮބައިތޯ ވެފައި؟

    4
    1