ޖަލު ބަންދެއްގައި ހުންނެވި ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމް ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި މާފުށީ ޖަލުގައި ހުންނަ ވޯޓް ފޮއްޓަށް ވޯޓް ލުމަށް ރަޖިސްޓްރީ ވެއްޖެއެވެ.
މާފުށީ ޖަލުގެ ފޮއްޓަށް ރައީސް މައުމޫން ރަޖިސްޓްރީ ވެފައިވާކަން އެމަނިކުފާނުގެ ވަކީލުން ވަނީ ކަށަވަރު ކޮށްދެއްވާފައެވެ. ރައީސް މައުމޫން މާފުށީ ޖަލުގެ ވޯޓް ފޮއްޓަށް ރަޖިސްޓްރީ ވެފައި މިވަނީ އެމަނިކުފާނު ރީ-ރަޖިސްޓްރޭޝަން ފޯމް ހުށަހެޅުއްވިތާ މަހެއްހާ ދުވަސް ވީއިރު ވެސް ރަޖިސްޓްރީ ނުވާ ކަމަށް ބުނެ ވަކީލުން މިހަފްތާގައި ކަންބޮޑުވުން ފާޅުކުރައްވާފައި ވަނިކޮށެވެ.
ރައީސް މައުމޫން އެއް އަހަރާއި ހަތް މަސް ދުވަހުގެ ޖަލު ޙުކުމެއް މިހާރު ތަންފީޒު ކުރައްވަމުން ގެންދަވަނީ ފުލުހުންގެ ތަޙްޤީޤަށް ފޯން ދޭން ދެކޮޅު ހެއްދެވުމުން ދައުލަތުން އުފުލި ދައުވާއެއް ސާބިތުވެގެންނެވެ.
މީގެ އިތުރުން ރައީސް މައުމޫންގެ މައްޗަށް ދައުވާ އުފުލާފައިވާ ޓެރަރިޒަމްގެ މައްސަލައެއްގެ ޝަރީޢަތް ކުރިމިނަލް ކޯޓުގައި ދަނީ ހިނގަމުންނެވެ. އެދައުވާ ސާބިތުވެއްޖެނަމަ 17 އަހަރުގެ ޖަލު ޙުކުމެއް ރައީސް މައުމޫންގެ މައްޗަށް އައުން އެކަށީގެންވެއެވެ. ސިއްހީ ހާލަތު ހުރިގޮތުން ޝަރީޢަތް ޣައިރު ހާޒިރުގައި ކުރިއަށް ގެންގޮސް ދިނުމަށް ރައީސް މައުމޫން މިހާރު ވަނީ ކްރިމިނަލް ކޯޓުގައި އެދިވަޑައިގެންފައެވެ.
ރައީސް މައުމޫން މާފުށީ ޖަލުގައި ހުންނަ ވޯޓް ފޮއްޓަށް ރަޖިސްޓްރީ ވެފައި ވާއިރު ރީ-ރަޖިސްޓްރޭޝަން ފޯމްތައް ޕްރޮސެސް ވުން މާބޮޑަށް ލަސްކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދަނީ ފާޑުކިޔަމުންނެވެ. އަދި މާގިނަ މީހުން ރީ-ރަޖިސްޓްރޭޝަން ފޯމް ހުށަހެޅި ކަމަށް ބުނެ ވެސް އިދިކޮޅު ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އިތްޒަތްތެރި ރައީސް، މައުމޫނަށް އަޅިގަނޑުގެ ސުވާލު. މަނިކުފާނު މިފަހަރު ވޯޓް ދެއްވާނީ ކޮންބޭފުޅަކަށްތޯ. ކޮއްކޯ ފުޅަށް ވޯޓެއް ދެއްވައްޗޭ.
މިއަދު ރައީސް މައުމޫނަށް ޖެހިފައިވާ ހާލަށް ހަމްދަރުދީވާން. ތިޔަހާލަތައް ދިޔައީ އަމިއްލަ ފުޅަށް އެހެންނޫންތޯ. ދެންވެސް ގޮތްދޫކުރައްވާ ގައުމާއިގެން ކުރިއަށްދިޔުމަށް ރައީސް ޔާމީން އާއި އަނެއްކާވެސް ގުޅިވަޑައިގަންނަވާ.
ތެދެއް ތިޔަބުނީ ގައުމައިގެން ކުރިއަށް ނުކުމެ ތަރައްގިއަށް މަސައްކަތް ކުރައްވާ
އަލްހަމްދުއްލިﷲ ޝުކުރު އަނިޔާވެރިންނަށް ދުނިޔޭގައި ދިމާވާނެ ކަންކަން މިފެންނަނީ
ގޮތް ދޫނުކުރުުގެ ނަތީޖާ އަކީ މަނިކުފާނު ތިޔަ ހާލުގައި އުމުރުގެ ބާކީ ދުވަސްތައް ހޭދަ ކުރަން ޖެހުން މަނިކުފާނުގެ ކޮއްކޯފުޅު އަތުގައި ހިއްޕަވައި ޤަޢުމު ތަރައްޤީ ކުރުމުގައި މަނިކުފާންވެސް ވަޑައިގަންނަވާ
ހެހޭ: 30 އަހަރު ވޯޓުފޮށިކޮޅުތަކުގައި ބަގުޑިިބައްދަވައިގެން އުޅުއްވަނިކޮން މައުމޫނު ޢަބްދުލް ގައްޔޫމް ގައިދީންގެ ވޯޓު ފޮއްޓަށް ވޯޓުލާން ތިޖެހުނީ ޒަޢީމު ވެރިކަމުން ބޭލި މީހުން ވެރިކަމަށް ގެއްނަން!
ﷲ ދެއްވާ ނިޢުމަތަށް ޝުކުރު ނުކުރުމާ ދަހިވެތިކަމާ ބޮޑާކަމާ ކިބުރުވެެރިކަމުގެ ނަތީޖާ ހިތި ގޮތެއްގައި އަދުގެ ޒައީމަށް ތިފެއްނަނީ.
ﷲ ގެ ކުޅަދުންވަންތަކަމާއޭ!
މައުމޫނަކީ މިދިވެހިރާއްޖެ މިދެކޭ ތަރައްޤީގެ ބާނީ. މިދައުލަތަށް 30 އަހަރު މަސައްކަތް ކޮށްދެއްވި ބޭފުޅެއް.ދިވެހިރައްޔިތުން އބަދާއި އަބަދަށް މިކަން ހަނދާންކުރަން. އެމަނިކްފާނު މިޙާލުގައި ޖެއްސެވުމުގެ މޭސްތިރި އަކީ މުޙައްމަދު ނަޝީދު އެމްޑީޕީ މީހުން އެމަނިކުފާނާއި ދޭތެރޭ ހަދަންބޭނުންވި ގޮތަކީ ވެސް މިއީ. މިއަދު ޢިއްޒަތާއި ޝަރަފުވެރިކަމުގައި ހުންނަން ޖެހޭ ބޭފުޅަކު އަމިއްލަ ދަރީންނާއި ސިޔާސީ ބޭފުޅުންނަށް ބައިޢަތު ހިއްޕަވައިގެން ކުރެއްވި ކަންތަކުގެ ނަތީޖާ ރަނަގަޅެއްނުވި.މިއަދު މިޢުމުރު ފުޅުގައި ޖަލުގައި އޮންނަން ޖެހުނީ އެމަނިކްފާނަށް ހެދުނު ޅައެއްޗަކުން ވީީީކަންތައް.