ބޭސް ފަރުވާއަށް ޒަކާތު ފަންޑުން ތިން އަހަރު ތެރޭގައި 36.1 މިލިއަން ރުފިޔާ ހަރަދުކޮށްފިއެވެ.

އެކަން އިސްލާމިކް މިނިސްޓްރީން ހާމަކުރީ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ލިއުމުން ހުށަހެޅުއްވި ސުވާލަކަށް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ދެއްވި ޖަވާބުންނެވެ.

ބޮންޑެ ވިދާޅުވީ ބޭސް ފަރުވާއަށް ދާން ބެނުންވާ ފަރާތްތަކަށް ވެސް ޒަކާތު ފަންޑުން ހަރަދު ކުރާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެހެންވެ، އެކަން ހިނގާ އުސޫލާއި އަދި ފާއިތުވި ތިން އަހަރު އެކަމަށް ކުރި ހަރަދުގެ ތަފްސީލު ދިނުމަށް ބޮންޑެ އެދިވަޑައިގެންފައި ވެއެވެ.

އެ ސުވާލަށް ޖަވާބު ދެއްވައިި މިނިސްޓަރު ވިދާޅުވީ ބޭސް ފަރުވާއަށް ދާން ބޭނުންވާ ފަރާތްތަކަށް ޒަކާތު ފަންޑުން ބޭސް ފަރުވާ ކުރުމަށް އެހީ ދެވެނީ ފުދުންތެރިކަން ނެތް މީހުންނަށް ޒަކާތު ފަންޑުން ބޭސް ފަރުވާގެ އެހީ ދޭ އުސޫލުގެ ދަށުން ކަމަށެވެ.

އަދި 2019 އިން ފެށިގެން 2021 ވަނަ އަހަރާ ހަމައަށް އެކަމަށް ކުރި ހަރަދުގެ ތަފްސީލު މިނިސްޓަރު ދެއްވިއެވެ.

އެގޮތުން 2019 ވަނަ އަހަރު 22.6 މިލިއަން، 2020 ވަނަ އަހަރު 6.3 މިލިއަން އަދި 2021 ވަނަ އަހަރު 7.2 މިލިއަން ރުފިޔާ ހަރަދުކޮށްފައި ވެއެވެ.

އެއާއެކު ޖުމްލަ 36.1 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    ޒަކާތުފަންޑުން ބޭސްފަރުވާއައްދާމީހުނައް ހަރަދުކުރިވަރުކަމުގަ ވިދާޅުވި އަދަދުތައް. 2019 ވަނަ އަހަރު 22.6 މިލިއަން، 2020 ވަނަ އަހަރު 6.3 މިލިއަން އަދި 2021 ވަނަ އަހަރު 7.2 މިލިއަން ރުފިޔާ ހަރަދުކޮށްފައި ވެއެވެ. ކޮވިޑްގެހާލަތުގަ ރަށުބަނދުގަ ތިބިދުވަސްވަރުގެ ވާހަކަވެސް މިނިސްޓަރ ވިދާޅުވެއްޖެ މިހަރަދުގެ ތަފްސީލް ރައްޔިތުންނައް ހާމަކުރަންޖެހޭނެ.

  2. ހޮޅި

    ބޮންޑެ ހަނދާން އެބަހުރިތަ ކޮވިޑު ތެރޭ ކިތައް މީހުންނަށް ބޭސްފަރުވާއަށް ބޭރަށް ދަތުރުކުރެވުނުކަން؟ ދައްކާ ހޮޅި ވާހަކަ

  3. Anonymous

    ތިޔައީ ދޮގެއް މަށައް ބޭސްފަރުވާއައް ދޭންބުނި ރުފިޔާ ވަނީ ހަމަޖެހިފަޔޭ ޕާސްޕޯޓްގެ ފޮޓޮއެއް ފޮނުވާށޭ ބުނެގެން އެފޮނުވިގޮތައް ހަބަރެއް ދަބަރެއްނުވި ، އެފައިސާ ދިނީކީނޫން އެމީހުން އެދިންކަމައް ލިޔުންތަކުން ބުނެފަ އެކާލީ.