ރާއްޖޭގައި އާ އެއާޕޯޓްތައް ހުޅުވެމުންދާ ވަރަކަށް އިތުރު މަތިންދާ ބޯޓުތައް ގެނައުމަށް މަޝްވަރާތައް ކުރެވެމުންދާކަމަށް ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން ހިންގަމުންދާ އައިލެންޑް އޭވިއޭޝަން އިން ބުނެފިއެވެ.

އައިލެންޑް އޭވިއޭޝަންގެ ހެޑް އޮފް ފެސިލިޓީސް ނަޝާތް ހަމީދު ވިދާޅުވީ، އާ އެއާޕޯޓްތައް ހުޅުވެމުންދާވަރަކަށް މޯލްޑިވިއަން އިން ފްލީޓް ބޮޑުކުރުމުގެ މަސައްކަތްތައް ދަނީ ކުރެވެމުން ކަމަށެވެ.

ނަޝާތް ވިދާޅުވީ، އެކަމުގެ މަޝްވަރާތައް މިހާރު ކުރެވެމުންދާ ކަމަށެވެ. އަދި މިހާރު ކޮމާޝިއަލް ޑިޕާޓްމެންޓުން ފްލައިޓްތައް ޝެޑިއުލް ކުރުމުގެ ދިރާސާތައް ކުރަމުން އަންނައިރު، ގެންނާނީ ކިތައް މަތިންދާ ބޯޓުކަން އިނގޭނީ އެ ދިރާސާތަކަށް ފަހު ކަމަށް ނަޝާތް ވިދާޅުވިއެވެ.

ރާއްޖޭގެ ހުރިހާ އެއާޕޯޓް ތަކަށް މޯލްޑިވިއަން އިން ދަތުރުކުރަމުންދާއިރު ތައިލެންޑް، ޗައިނާ، އިންޑިއާ އަދި ބަންގްލަދޭޝް އަށް ވެސް އަށް މޯލްޑިވިއަން ގެންދަނީ ދަތުރުކުރަމުންނެވެ. މޯލްޑިވިއަންގެ ދަތުރުތަކަށް މިހާރުވެސް 23 މަތިންދާ ބޯޓެއް ބޭނުން ކުރަމުންދެއެވެ.

ރާއްޖޭގައި މިހާރުވެސް އާ އެއާޕޯޓްތައް ތަރައްގީ ކުރުމުގެ މަސައްކަތްތައް ހަލުވިކަމާއެކު ދަނީ ކުރަމުންނެވެ. މިހާރު ބައެއް ރަށްތަކުގައި އެއާޕޯޓް ހެދުމަށް ބިން ހިއްކާ ނިންމާފައިވާއިރު، ބައެއް ރަށްތަކުގައި އެ މަސައްކަތްތައް ދަނީ ކުރެވެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޙޗ

    ގެނޭ 10ބޯޓް އެކަމަކު އަގު ހަމަ އެންމެތަންކޮޅެއްވެސް ހެޔޮނުކުރާތި

  2. ހަސަން ނިޒާރު

    ބޯނަސްގަނޑެއްވެސް ނުދޭ.ބޯޓުގަތުން ނޫން ކަމެއް ނުކުރޭ.

  3. ޝުއައިބު ޝާޙު

    ގުޑް ސްޓަފް! ކުރިއަށް މޯލްޑިވިއަން!